10 November 2013

އާދަމުގެ ދަރީންނާއި ނަޢަމު ސޫފިތައް ބޮއެފައި ހުންނަ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

السُّؤْرُ އަކީ މީހަކު ނުވަތަ ޖަނަވާރެއް ފެން ބުއިމަށްފަހު ކަންވާރުގައި ބާކީ ހުންނަ ފެނެވެ. އާދަމުގެ ދަރީންނަކީ ޠާހިރުބައެކެވެ. އެހެންކަމުން އާދަމުގެ ދަރީން ބޮއިފައި ބާކީ ހުންނަފެނަކީ ޠާހިރުފެނެކެވެ. އެއީ މުސްލިމަކު ކަމުގައިވިޔަސް، ކާފިރަކު ކަމުގައިވިޔަސް، ޖުނުބުވެރިޔަކު ކަމުގައިވިޔަސް، ޙައިޟުވެރިޔަކު ކަމުގައިވިޔަސްމެއެވެ. އޭގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ((المؤمنُ لاَ يَنْجُسُ)) “މުއުމިނަކު ނަޖިހެއް ނުވާނެއެވެ.” [މުސްލިމް 371] އެވެ.

Read more...

ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ހަތަރު ޚަލީފާއިން ރަޟިޔަﷲ ޢަންހުމް

2- ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު

3- ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ


Read more...

ތަފްސީރު ބެހޭ ބައިތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަފްސީރު ބެހެނީ ދެބަޔަކަށެވެ. އެއީ

1: އައްތަފްސީރު ބިލްމައުޘޫރި (ބިއް ރިވާޔާ)

2- އައްތަފްސީރު ބިއްރައުޔި (ބިއް ދިރާޔާ)

ތަފްސީރު ބިލް މައުޘޫރި: އެއީ ކީރިތި ޤުރުއާނުގެ ތަފްސީރު ހަމަ ކީރިތި ޤުރުއާނުން ބަލައިގެންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ނަޤުލުވެފައިވާ ޙަދީޘްތަކަށް އިސްކަންދީގެން އަދި މާތް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށްގެން، ﷲ ތަޢާލާގެ އެ ބަސްފުޅުތަކުގެ މުރާދު ތާބިޢީ ބޭކަލުން ބަޔާންކުރެއްވި ކުރެއްވުމަށްވެސް ސަމާލުކަން ދީގެން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ.


Read more...

ތަފްސީރުގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަފްސީރުގެ ލުޣަވީ މާނަ: އެއީ ބަޔާންކޮށް ދިނުން ނުވަތަ ހާމަކޮށްދިނުން ނުވަތަ ފާޅުކޮށްދިނުން ނުވަތަ ކަޝްފުކޮށްދިނުމެވެ.

Read more...

ތަރުބިއްޔަތުގެ ޢިލްމުގެ މުހިއްމުކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިންސާނާގެ ކަންތައްތައް ހޯދައި ދެނެގަތުމަކީ އޭނާއާ މުޢާމަލާތު ކުރުމަށާއި އޭނާގެ މައްޗަށް އަސަރުކުރުވުމަށްޓަކައި އެހީތެރިވެދޭކަމެކެވެ. ހަމައެގޮތަށް ތަރުބިއްޔަތު ކުރަންޖެހޭ ކުދިންގެ ޢުމުރާއި އެމީހުންގެ ދެނެގަތުމުގެ ފެންވަރު ދެނެގަތުމަކީ އެކުދިންނާ އެކަށޭނަ މަންހަޖެއް ކަނޑައެޅުމަށްޓަކައި އެހީތެރިވެދޭ ކަމެކެވެ. އަދި ތަރުބިއްޔަތުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދެއެވެ. އަދި ހަމަ އެހެންމެ ތަރުބިއްޔަތުގައި ބޭނުންކުރާނޭ މުނާސަބު ތަރުބަވީ ވަސީލަތްތައް ދެނެގަތުމަކީވެސް ތަރުބިއްޔަތު ޢަމަލީގޮތުން ކުރުމުގައި އަދި އަވަހަށް ތަރުބިއްޔަތުގެ އަސަރު ކުރުވުމުގައި އެހީތެރިވާ ކަމެކެވެ.

Read more...

02 November 2013

އިސްތިޢުމާލު ކޮށްފައިވާ ފެން ޠަހާރަތުގައި ބޭނުންކުރުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މި މައްސަލައަކީ ޢިލްމުވެރިން އިޚްތިލާފުވެފައިވާ މައްސަލައެކެވެ. މި މައްސަލާގައި ޞައްޙަގޮތަކީ ޠަހާރަތުގައި އިސްތިޢުމާލުކޮށްފައިވާ ފެން މިސާލަކަށް ވުޟޫކުރުމުގައި ގުނަވަންތަކުން ނުވަތަ ހިނައިގަންނަ މީހާގެ ގުނަވަންތަކުން ވަކިވެގެން ފައިބާ ފެނަކީ ޠާހިރުފެނެކެވެ. އަދި އެހެން އެއްޗިހި ޠާހިރުކުރާ ފެނެކެވެ. އެފެނުން ޙަދަޘް އެރިގަނެވިދާނެއެވެ. އަދި ނަޖިސް ފިލުވައިލެވިދާނެއެވެ. އެކަމަކު އެއީ އޭގެ ތިން ސިފަކަމުގައިވާ ވަހާއި ކުލައާއި ރަހަ ބަދަލުނުވާނަމައެވެ.

Read more...

31 October 2013

އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު އުފެދިގެން އައިގޮތް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީނަކީ ތަރުބިއްޔަތަށް ވަރަށްބޮޑަށް ބާރުއަޅާ ދީނެކެވެ. އިސްލާމީ ޝަރީޢަތުގެ ވަރަށް ގިނަ ބައިތަކަކީ ތަރުބަވީ ޢަމަލުތަކެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިލްމާ މަޢުރިފާގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޢަމަލީ ދީނެކެވެ. ޢިލްމަކީ އެ ޢަމަލަށް ވާޞިލްކޮށްދޭ މެދުވެރިޔާއެވެ. މާތް ﷲ މި ބިންމައްޗަށް އަޅުގަނޑުމެން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބިއްޔުންނާއި ރަސޫލުން ކުރެއްވި ހަމައެކަނި ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުން މެދުވެރިކުރައްވައި އުންމަތްތަކުގެ މައްޗަށް ބާވައިލެއްވި ފޮތްތައް ކިޔަވައިދިނުމާއި ޝަރީޢަތް ކިޔަވައިދިނުން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ އެބޭކަލުން ޢަމަލީގޮތުން އެ ޝަރީޢަތްތައް ތަޠުބީޤުކުރެއްވިއެވެ. ހަމައެކަނި ﷲ އެއްކައުވަންތަކުރުމަށާއި ޝިރުކުރުން އެއްކިބާވުމަށް ގޮވާލެއްވީއެއް ނޫނެވެ. ﷲ ފިޔަވާ އަޅުކަންވެވޭ ބުދުތައް މުގުރާލެއްވުމުގެ މަތިވެރިވެގެންވާ ޢަމަލުގެ ނަމޫނާވެސް ދެއްކެވީއެވެ. އެހެންކަމުން އިސްލާމްދީނުގައި ޢަމަލީ ބަޔަށް ދެވިފައިވާ މަތިވެރި ދަރަޖަ ކިތަންމެ ރަނގަޅަކަށްވެސް އެބޭކަލުންގެ ޙަޔާތްޕުޅަށް ބަލައިލުމުން ދޭހަވެއެވެ.

Read more...

ތަރުބިއްޔަތުގެ މުޞްޠަލަޙުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަރުބިއްޔަތުގެ ޢިލްމުގައި ބޭނުންކުރާ ޚާއްޞަ ބަސްތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ބަސްތަކަކީ ތަރުބިއްޔަތު މިލަފުޒާ އެއް މާނައެއް ދޭހަވާ ބަސްތަކެވެ. އަނެއްބައި ބަސްތަކަކީ ތަރުބިއްޔަތުގެ ކޮންމެވެސް ވަރެއްގެ މާނައެއް ހިމެނޭ ނުވަތަ އެއާ ގުޅޭ ބަސްތަކެކެވެ. ތަރުބިއްޔަތާ ބެހޭގޮތުން ލިޔެފައިވާ ފަހުގެ ފޮތްތަކުންނާއި އަދި ކުރީގެ ފޮތްތަކުންވެސް މިފަދަ ބަސްތައް ބޭނުންކުރެވިފައިވާތީ ފެންނާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ބަސްތަކާއި އޭގެ މާނައެވެ.

Read more...

28 October 2013

ޢާއްމު ތަރުބިއްޔަތާއި ޚާއްޞަ ތަރުބިއްޔަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ ތަރުބިއްޔަތަކީ ދެދުނިޔޭގެ އުފާވެރިކަމަށް މަގުދައްކާ ތަރުބަވީ ނިޒާމެކެވެ. އެ ނިޒާމަކީ ﷲ ތަޢާލާގެ ފަރާތުން ވާ ނިޒާމެކެވެ. އަހަރެމެން ދެނެގަންނަންވީ ކަމަކީ ހުރިހާ އިންސާނުން ތަރުބިއްޔަތު ކުރައްވާ ފަރާތަކީ ﷲ ތަޢާލާކަމެވެ. ﷲ ތަޢާލާގެ ތަރުބިއްޔަތު އެއިލާހުގެ އަޅުތަކުންގެ މައްޗަށް ވާގޮތުގައި ދެ ބަޔަކަށް ބެހިގެންވެއެވެ.

Read more...

26 October 2013

ޠާހިރު އެއްޗަކާ އެކުވެފައިވާ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފެން ޠާހިރު އެއްޗަކާ، މިސާލަކަށް ގަސްގަހާގެހީގެ ފަތް ނުވަތަ ސައިބޯނި ނުވަތަ އުޝްނާނު (އުޝްނާނަކީ އަތް އަދި ފޭރާން ދޮވުމަށްޓަކައި އޭގެ ފަތް ބޭނުންކުރާ ގަހެކެވެ) ނުވަތަ ކުންނާރުފަތް ނުވަތަ އެނޫންވެސް ޠާހިރު އެއްޗަކާ، އެކުވެއްޖެނަމަ އަދި އެ އެކުވި އެކުވުން އޭގައި ހުރި ފެނުގެ މައްޗަށް ގަދަވެނުގެންފި ނަމަ، އެއީ ޠަހޫރު ފެނެކެވެ. ޙަދަޘް އެރިގަތުމަށާއި ނަޖިސް ފިލުވާލުމުގައިވެސް އެފެން ބޭނުންކުރުމަކީ ހުއްދަކަމެކެވެ.

Read more...

ތަރުބިއްޔަތުގެ އިޞްޠިލާޙީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަލްބައިޟާވީ އޭނާގެ ފޮތް އަންވާރުއް ތަންޒީލް ވަ އަސްރާރުއް ތައުވީލުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ މަޑުމަޑުން އެއްޗެއް ފުރިހަމަވަމުން އައުމެވެ.

އައްރާޣިބުލް އަޞްފަހާނީ އޭނާގެ ފޮތް މުފްރަދާތު ފީ ޣަރީބިލް ޤުރުއާނުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައި އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވަމުން ގޮސް ފުރިހަމަވުމެވެ.


Read more...

21 October 2013

ކީރިތި ޤުރުއާނުގައި ތަރުބިއްޔަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަރުބިއްޔަތު މި ލަފުޒު އަދި މި ލަފުޒުން ނެގޭ ބައެއް ލަފުޒުތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އެއީ ދާދި ގާތްވެގެންވާ މާނަތަކެއްގައެވެ.

Read more...

09 October 2013

ތަރުބިއްޔަތުގެ ލުޣަވީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަރުބިއްޔަތު މިލަފުޒަކީ ލުޣަވީ އެތައް މާނަތަކެއް ހިމެނޭ ލަފުޒެކެވެ. އޭގެ ތެރޭގައި
1- الإِصْلاَحُ އިޞްލާޙުކުރުން: ޢަރަބި ބަހުގައި ރައްބަ މި ބަހުގެ އެއްމާނައަކީ އިޞްލާޙުކުރުމެވެ. އިޞްލާޙުކުރުމުގެ ތެރޭގައި އޭތި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަނގަޅުކުރުން ނުހިމެނިދާނެއެވެ. އަދި ކުރިން ހުރި ވަރަށްވުރެ ބޮޑަށް އުނިވެފައިވާނަމަ އަރާ ހަމަކުރުމާއި، ރަނގަޅުކުރުން ހިމެނެއެވެ. އެއީ ފުރިހަމަކަމާއި ޢަދުލުވެރިކަމެވެ. އިޞްލާޙުގެ އިދިކޮޅަކީ ފަސާދައެވެ.


Read more...

08 October 2013

ނަޖިހާ އެކުވެފައިވާ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފެން ނަޖިހާ އެކުވެ އޭގެ ވަސް ނުވަތަ ރަހަ ނުވަތަ ކުލަ މި ތިނެތީގެ ތެރެއިން އެކަތި ނަމަވެސް ބަދަލުވެއްޖެނަމަ ޢިލްމުވެރިން އިޖުމާޢުވެފައިވާ ގޮތުގައި އެއީ ނަޖިސްފެނެވެ. އަދި އެފެން ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ. އެފެނުން ޙަދަޘް އެރިނުގަނެވޭނެއެވެ. އަދި ނަޖިސްވެސް ފިލުވާ ނުލެވޭނެއެވެ. އެއީ ގިނަ ފެން ކަމުގައިވިޔަސް ނުވަތަ މަދުފެންކަމުގައިވިޔަސް މެއެވެ.

Read more...

ޠަހާރަތު ޙާޞިލުކުރެވޭ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އެއްޗެއް ޠާހިރު ކުރުމަށްޓަކައި ނުވަތަ ޠާހިރުކަން ލިބިގަތުމަށްޓަކައި ޠާހިރުކުރާނެ އެއްޗަކަށް ބޭނުންވެއެވެ. އޭގެން ނަޖިސް ފިލުވާލައި އަދި ޙަދަޘް އެރިގަތުމަށެވެ. އެއީ ފެނެވެ. ފެނުގެ ތެރެއިން ޠަހާރަތު ޙާޞިލުކުރެވެނީ ޠަހޫރު ފެނުންނެވެ. އެއީ އޭގެ ޒާތުގައި ޠާހިރުފެނެވެ. އަދި އެހެނިހެން ތަކެތި ޠާހިރުކުރާ ފެނެވެ. އެއީ އެ ފެން އުފެއްދެވި ގޮތަށް ހުރި ނުވަތަ އޭގެ އަޞްލަށް ބަދަލު ނާންނަ ފެނެވެ. އެއީ ވާރޭފެން، ގަނޑުފެން އަދި ސްނޯ ފަދަ އުޑުން ވެހޭ ފެންކަމުގައިވިޔަސް އަދި ކޯރާއި އާރާއި ވަޅާއި ކަނޑުގެ ފެންފަދަ ބިމުން ނުކުންނަ ފެންކަމުގައިވިޔަސް މެއެވެ.

Read more...

ޠަހާރަތުގެ ތަޢުރީފާއި އަހައްމިއްޔަތާއި ޠަހާރަތުގެ ބައިތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޠަހާރަތަކީ ނަމާދުގެ ތަޅުދަނޑިއެވެ. ނަމާދުގެ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.

ޠަހާރަތު ބެހެނީ ދެބަޔަކަށެވެ.


Read more...

29 September 2013

ބިދުޢަ

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އަލަށް ކަމެއް ނުވަތަ އެއްޗެއް އުފެއްދުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އިސްލާމް ދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައި ނުވާކަމެއް އެނަބިއްޔާއަށް ފަހު، ދީނުގެ ކަމެއް ކަމުގައި ހަދައިގެން ކުރުމެވެ.

Read more...

26 August 2013

ﷲ ގެ ރަސޫލާގެ ސުންނަތް ސާފުކޮށް ފެންނާން އެބައޮތެވެ.

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ

ޔަހޫދީންނާއި ނަސާރާއިން އެބައިމީހުންގެ ނަބީންގެ ސުންނަތްތައް ބަދަލުކޮށް ހެދުމުގެ ސަބަބުން، އެދެ ދީނުގެ އަސްލު ގެއްލި އޮޅުންފިލާން ނެތްކަމުގައިވީ ނަމަވެސް މުސްލިމުންގެ މާތް ނަބިއްޔާގެ ސުންނަތް އާދެ، އެނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލު ފުޅުތަކުގެ ޚަބަރު އަދި އަދަށް ދާންދެންވެސް ނުހަނު ސާފުކޮށް ފެންނާން އެބައޮތެވެ. އަދި ޤިޔާމަތާ ޖެހެންދެންވެސް އޮންނާނެއެވެ.

Read more...

23 August 2013

ސުންނަތަށް ޢަމަލުކުރުން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ސުންނަތަށް ޢަމަލު ކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުން ސުންނަތް ވާޖިބުކަން ރަނގަޅަށް އެނގެއެވެ.

Read more...

11 August 2013

ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލް ޣަފޫރު

ޖަވާބު: ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ދޫވާ ނަމާދު ނިދިން ހޭލެވުނުހާ އަވަހަކަށް ނުވަތަ ހަނދާންވިހާ އަވަހަކަށް ކުރަންވާނެއެވެ. އެއީ ނަމާދު ކުރުން ނަހީ ވަޤުތެއްކަމުގައިވީނަމަވެސް މެއެވެ. ފަރުޟު ނަމާދެއްކަމުގައި ވިޔަސް ސުންނަތް ނަމާދެއްކަމުވިވިޔަސް އޮތީ މި ޙުކުމެވެ.

Read more...

02 August 2013

ރޯދަމަހު ކުރެވޭ ބައެއް ކުށްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
1- ރޭގަނޑުގެ ގިނަވަގުތު ނުނިދާ އުޅުން
2- ދުވާލުގެ ވަގުތުތަކުގައި މާ ގިނައިން ނިދުން
3- ބައެއްފަހަރަށް ޖަމާޢަތުގެ ނަމާދު ދޫވުން


Read more...

29 July 2013

ސުންނަތް

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ސުންނަތޭ ބުނެވުނު ބަހުގެ މާނައީ މަގު ނުވަތަ ގޮތެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ސުންނަތޭ ބުނެވޭ ބަހުގެ މާނައީ ﷲ ތަޢާލާގެ އިޒުނަފުޅަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުންމަތަށް ދައްކަވާފައިވާ ރަނގަޅު ހެޔޮ މަގެވެ.

Read more...

07 July 2013

ބަދަލުވަމުން އައި ދުޢާ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަހަރެން ކުޑައިރު، ހުކުރު ޚުޠުބާގައި އިމާމު ދުޢާކުރާ އަޑުއަހަމެވެ.
اللّهم انصر إخواننا في فلسطين ..!
އޭ ﷲ، ފަލަސްޠީނުގައި ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!
**********************



Read more...

އަންހެން ފިރިހެން ވަކީން ކިޔަވައިދިނުމުގެ ދަލީލު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

Read more...

لا اله الا الله محمد رسول الله ގެ މާނަ

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ

ފުރިހަމަ މުއުމިނަކަށްވެ އިސްލާމަކަށް ވެވޭނީ މި ދެ ކަލިމައިގެ މާނަ ދަސްކޮށް ހިތުގެ އަޑީން ޤަބޫލުކޮށް، ދުލުން ކިޔައި އެ ދެ ކަލިމައިން އެދެވޭ މުރާދެއް ތިމާގެ ޢަމަލުތަކުން ގެނެސް ގަނެގެންނެވެ. ވީއިރު މިދެ ކަލިމައިގެ މާނަ އެންމެން އުނގެނުން ލާޒިމުއެވެ.

Read more...

އެންމެ ބޮޑު ފާފަ

އައްޝައިޚް އަބޫބަކްރު އިބްރާޙިމް ޢަލީ ރަޙިމަހުﷲ

އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅާއި އެހެން ފަރާތަކާއި އެއްވަރުކޮށްދީ އެއިލާހުގެ ރަސްކަންފުޅާ ބައިވެރި ކުރުމެވެ. ޚާއްސަކޮށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތަކާއި ބައިވެރި ކުރުމެވެ.

Read more...

އަޅުކަން ކުރުމުގައި ޝިރުކު ކުރުން (2)- ކުދި ޝިރުކު

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

އަޅުކަން ކުރުމުގައި ޝިރުކު ކުރުމުގެ ދެވަނަ ވައްތަރަކީ ކުދި ޝިރުކު ކުރުމެވެ.

ކުދި ޝިރުކު ނުވަތަ ކުޑަ ޝިރުކު އަކީ “الرياء” އެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމަށް ނުވަތަ އިއްވުމަށް އަޅުކަން ކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު ބަހައްޓަންވީ އިޚްލާސްތެރިކަމާއި އިޙްސާންތެރިކަން ނުބަހައްޓާ އަޅުކަން ކުރުމެވެ. އޭގެ މިސާލަކީ ތިމާ ނަމާދު ކުރާއިރު ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ތިމާ ނަމާދު ކުރާކަން ދައްކަން ނަމާދު ކުރުމެވެ. އަދި ސަދަޤާތް ދޭއިރުވެސް ތިމާއީ ދީލަތި މީހެއްކަން މީހުންނަށް ދެއްކުމަށް ސަދަޤާތް ދިނުމެވެ. ނުވަތަ ތިމާ ޤުރުއާން ކިޔަވާއިރު ތިމާއީ އަޑު ރީތި މީހެއް ނަމަ މީސްތަކުން އެއަޑު އަހާނެ ކަމުގެ ފަޚުރު ހާސިލު ކުރުމުގެ ގޮތުން މީހުންނަށް އިއްވަން ޤުރުއާން ކިޔެވުމެވެ. ފަހެ މިފަދައިން އަޅުކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލް ނުކުރައްވާނެއެވެ.


Read more...

އަޅުކަން ކުރުމުގައި ޝިރުކުކުރުން (1) ބޮޑު ޝިރުކު

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

އަޅުކަން ކުރުމުގައި ޝިރުކު ކުރުންހުރީ ދެބާވަތަކަށެވެ. އެއީ:

* ބޮޑު ޝިރުކު ކުރުން

* ކުދި ޝިރުކު ކުރުން މިދެވައްތަރެވެ.

ބޮޑު ޝިރުކުއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ފަދައިން އެއިލާހު ފިޔަވާ އެހެން އެއްޗިއްސަށް އަޅުކަން ކުރުމެވެ. މިސާލަކަށް ކަންކަމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރާ ފަދައިން އެހެނިހެން ތަކެއްޗަށްވެސް ދުޢާ ކުރުމެވެ. އަދި އެއިލާހުގެ ހަޟްރަތަށް ޙާއްސަކޮށް ބިރުވެތިވާން ޖެހޭ ކަންކަމުގައި އެހެނިހެން ތަކެއްޗަށް ބިރުގަތުމެވެ. އެއިލާހުގެ ހަޟްރަތަށް ލޯބިވާންވީ ފަދައިން އެހެނިހެން ތަކެއްޗައްވެސް ލޯބި ވުމެވެ. އަދި މިނޫންވެސް މިފަދަ ކަންކަމެވެ.


Read more...

ޝިރްކު

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ޝިރުކު އޭ ބުނެވޭ ބަހުގެ މާނައީ ބައިވެރިވުމެވެ. ޝަރީކަކު ބައިވެރި ކުރުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ޝިރުކުކުރުމޭ ބުނެވޭ ބަހުގެ މާނައީ؛ ތައުޙީދުގެ ތިން ބައިން ކުރެ ބައެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރި ކުރުމެވެ. ވަކިން ޚާއްސަކޮށް ތައުޙީދުލް އުލޫހިއްޔާގައި ޔަޢުނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއެކު އެހެން ތަކެތި ބައިވެރި ކުރުމެވެ. ޝިރުކުކުރުމަކީ ތައުޙީދުގެ އިދިކޮޅެވެ.

Read more...

05 July 2013

ރަސޫލުﷲ صلى ﷲ عليه و سلم ގެ މައްޗަށް ޞަލަވާތްކިޔެވުމުގެ މާތްކަމާއި ޞަލަވާތް ކިޔަވާނޭ ގޮތް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޞަލަވާތް ކިޔެވުމުގެ މާތްކަން

رسول الله صلّى الله عليه وسلّم حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތްކިޔަވައިފިމީހާ ދަންނައެވެ. މާތްﷲ އޭނާގެ މައްޗަށް ދިހަފަހަރު ރަޙުމަތްލައްވާނެއެވެ.” – أخرجه مسلم.

އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ މަހާނަފުޅު ޢީދުކުރާތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ފޯރާނެއެވެ. އެއީ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސްމެއެވެ.” رواه أبو داود وأحمد وصحّحه الألباني.


Read more...

29 June 2013

އަޅުކަމުގެ ވައްތަރުތައް

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ

އަޅުކަމުގެ ނަންތަކާއި ވައްތަރުތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން މިބަޔާންކުރާ ކަންތައް ވެއެވެ. ނަމާދު ކުރުން، ޒަކާތްދިނުން، ރޯދަ ހިފުން، ޙައްޖުވުންވުން، ޛަބަޙަކުން (ކަތިލުން)، ނަދުރު ބުނުން، ޠަވާފުކުރުން، ތައުބާ ވުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަހައްޓަންވާ ލޯބިވެތިކަން ބެހެއްޓުން،

Read more...

07 June 2013

ނަބިއްޔާ صلى الله عليه وسلمއަށް ތަބަޢަވުމާމެދު އަހަރެމެން އިމްތިޙާނުކުރެވެމުންދަނީ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ވަނީ ވާޖިބުކުރައްވާފައެވެ.

Read more...

13 May 2013

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.

Read more...

11 May 2013

ޝިރުކަކީ އެންމެ ބޮޑު ފާފައެވެ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޝިރުކަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައެވެ. އަދި އެންމެ ހުތުރުކަން ބޮޑު ފާފަވެސް މެއެވެ. ޝިރުކަށްވުރެ ބޮޑު އެހެން އެއްވެސް ފާފައެއް ނުވެއެވެ.

Read more...

ކައިވެނި

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ގިނަގުނަ ޘަނާއާއި ޙަމްދު، ގަދަ ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވަމެވެ. ޞަލާވާތާއި ސަލާމް، އެއިލާހުގެ ލޮބުވެތި ޙަބީބު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލެއްވުން އެދި އެއިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި މިޞަލަވާތުގައި އެރަސޫލާގެ ލޮބުވެތި މާތް ޞަޙާބީންނާއި ޤިޔާމަތާ ހަމައަށް އެރަސޫލާއަށް ތަބާވި އެންމެހާ މުސްލިމުން ޝާމިލުކުރައްވާށި!

Read more...

08 May 2013

ޣާފިލުކަމުގެ ޢަލާމާތްތަކާއި ސަބަބުތަކާއި ފަރުވާ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

إِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ*أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ – يونس 7-8 ހަމަކަށަވަރުން، ތިމަންއިލާހާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންއިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.

Read more...

06 May 2013

އިސްލާމްދީނުގެ ކުރީގައި ޢަރަބީން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޖޯގުރަފީގެ ޢިލްމު (ކާއިނާތުގެ ޤުދުރަތީ ސިފަތަކާ ބެހޭގޮތުން ކިޔަވާ ޢިލްމު) ގައި ޖަޒީރާއަކީ ވަށައިގެން ކަނޑު، މޫދު ނުވަތަ ފެން އޮންނަ ބިން ގަނޑެކެވެ. އެ ޤައުމެއްގެ ހަތަރު ފަރާތުން (އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުންނާއި އުތުރު ފަރާތުން އަދި ދެކުނު ފަރާތުން) ކަނޑު ނުވަތަ މޫދު ނެތްކަމުގައިވިޔަސް އެ ޤައުމެއްގެ ތިން ފަރާތުން ކަނޑު ނުވަތަ މޫދު އޮންނަ ޤައުމުތަކަށްވެސް ޖޯގުރަފީގެ ޢިލްމުގައި ޖަޒީރާ ކިޔައެވެ.

Read more...

05 May 2013

ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދާ ސަބަބުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދަނީ އަންނަނިވި ކަންތައްތަކުގެ ސަބަބުންނެވެ.

1- އޭގައި ވަނީ އުފެއްދެވި ފަރާތާއި އުފެއްދުން ތައް އެއްގޮތް ކުރުމެވެ. ޚާލިޤާއި މަޚްލޫޤް އެއްގޮތް ކުރުމެވެ. އެހެނީ އެއްވެސް ފަރާތަކާ ﷲ އާ ޝިރުކުކޮށްފި މީހަކު ﷲ ގެ މަޚްލޫޤް ތަކުންގެ ތެރެއިން މަޚްލޫޤަކާ ﷲ އެއްފަދަކޮށްފިއެވެ. މިއީ އަނިޔާވެރިކަމުގެ ތެރެއިން ވާ އެންމެބޮޑު އަނިޔާއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ[1] މާނައީ: “ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެوَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللهِ[2] މާނަ: “އަދި ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކޮށްގެން އުޅޭބަޔަކު (އެބަހީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެ ތެރޭގައިވެއެވެ. އެމީހުން އެމީހުންގެ އެޝަރީކުންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ.” فَلاَ تَجْعَلُواْ لِلهِ أَندَاداً وَأَنتُمْ تَعْلَمُونَ[3] “ފަހެ ތިޔަބައިމީހުން ދެނެތިބި ޙާލުގައި އެއިލާހަށް ޝަރީކުންތަކެއް ނުލާށެވެ.”


Read more...

03 May 2013

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތުމުގެ ކުރީގައި ފާރިސީންގެ ހާލަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ދީނީ ޙާލަތު

ފާރިސީންނަކީ އަލިފާނަށް އަޅުކަން ކޮށް އުޅުނު ބައެކެވެ. އެބައިމީހުން ހީކުރިގޮތުގައި އަލިފާނަކީ ބާރު ލިބިގެންވާ އެއްޗެކެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ހިނގަނީ އަލިފާނުގެ ބާރުންނެވެ. އަޅުކަންކޮށް އުޅުމަށްޓަކައި ބޮޑެތި އަލިފާންގަނޑުތައް ރޯކޮށް އުޅުނެވެ. އަދި ރޭގަނޑާއި ދުވާލުގައި ނިވުމެއް ނުވާ ގޮތަށް އަބަދު އަލިފާންގަނޑުތަކަށް ދަރުއަޅައި އަންދާ ހެދިއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް އުފަންވެވަޑައިގަތުމާއެކު ފާރިސީން އަޅުކަން ކުރަމުންއައި ބޮޑު އަލިފާންގަނޑު ނިވުނު ވާހަކަ އިމާމް ބައިހަޤީ ރިވާކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ “އައްޞާބިޢީން” އަކީ މިބައިމީހުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ލިޔުއްވަތެވެ.


Read more...

01 May 2013

ޖިނާޔާތުގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الجنايات އަކީ جناية ގެ جمع އެވެ. މިބަސް ފާފަކުރުމުގެ މާނައިގައި ބޭނުންކުރެވެއެވެ. އަދި ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށްވެސް جناية ކިޔެއެވެ.

Read more...