31 March 2013

ޝިރުކުގެ ތަޢުރީފު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޝިރުކަކީ ﷲ ގެ ރައްބުވަންތަކަން ނުވަތަ އެއިލާހުގެ އުލޫހިއްޔަތުގައި އެހެން ފަރާތެއް އެއިލާހާ ބައިވެރިކުރުމެވެ.

މީސްތަކުން އެންމެ ގިނައިން ކުރަނީ ﷲގެ އިލާހުވަންތަކަމުގައި ކުރާ ޝިރުކެވެ. މިސާލަކަށް ﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށް ދުޢާ ދަންނަވާ މީހުންނާއި ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށާއި، ޙާޖަތްތައް ފުއްދަވާދެއްވުން އެދި އެފަރާތްތަކަށް ފަރިޔާދުކުރެތެވެ.


Read more...

27 March 2013

މަލާއިކަތުން ސަފުހައްދަވަނީ ކިހިނެއް؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الصُّفُوفِ ، فَقَالَ : ” أَلا تَصُفُّونَ كَمَا تَصُفُّ الْمَلائِكَةُ عِنْدَ رَبِّهِمْ ؟ ” قَالُوا : وَكَيْفَ تَصُفُّ الْمَلائِكَةُ عِنْدَ رَبِّهِمْ ؟ ، قَالَ : ” يُتِمُّونَ الصُّفُوفَ الْمُقَدَّمَةَ وَيَتَرَاصُّونَ فِي الصَّفِّ ” . أَخْرَجَهُ مُسْلِمٌ مِنْ حَدِيثِ أَبِي مُعَاوِيَةَ ، عَنِ الأَعْمَشِ .

Read more...

ޢާޝޫރާ ދުވަހުގެ ރޯދަހިފުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއް؟
އެއީ ކޮންމެ އަހަރެއްގެ މުޙައްރަމްމަހުގެ ދިހަވަނަ ދުވަހެވެ

އެދުވަހުގެ ރޯދަހިފަނީ ކީއްވެ؟
އެދުވަހުގައި ފިރުޢައުނާއި އޭނާގެ ޤައުމުގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ނަޖާކުރެއްވި ކަމުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.


Read more...

18 March 2013

ޖިންނި މޮޔަވުމާއި މާސް ހިސްޓީރިއާ؟

އަލްއަޚް އާދަމް ނިޝާން އަލްމާލްދީފީ

ޖިންނި އަވަލުމަކީ ނުވަތަ މޮޔަވުމަކީ ހަމަ ޙަޤީޤަތެކެވެ. ޖިންނި މޮޔަވުމަކީ ކުޑައިރުއްސުރެ ކުއްޖާއަށް ޖިންނީގެ ވާހަކަތައް ކިޔައިދީގެން "ސުޕަ ނެޗުރަލް" ކަމަކަށް ކުއްޖާގެ ސިކުނޑި ލަންބުވައިގެން ވާކަމެއް ނޫނެވެ. އަދި ގަސްގަހުގައި އުޅޭ ޖިންނިއާއި ޖިންނި އަވަލާ ވާހަކައާއި ހަންޑިފަދަ ވާހަކަތައް ކިޔައިދިނުމަކީ ކުއްޖާގެ ސިކުނޑި ދޮވެލުމެއްވެސް ނޫނެވެ.

Read more...

މާތް ﷲގެ ޙައްޤާއި އަޅުތަކުންގެ ޙައްޤު

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ﷲ ރުއްސުންލެއްވި މުޢާޒް ބިން ޖަބަލުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިށީނދެވަޑައިގެންނެވި ޙިމާރުގެ ފަހަތު ބައިގައި ތިމަން އިނީމެވެ. ތިމަން އެހެން އިންނަވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

Read more...

14 March 2013

މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެގޮތުން ކުރެވިދާނެ ބައެއް ކަންކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- މައިންބަފައިންނަށް ދީން އޮޅުންފިލުވައިދިނުން، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ބެހޭގޮތުން އޮޅުން ފިލުވައިދިނުމާއި ސުންނަތަށް ތަބަޢުވުމަށް ބާރުއެޅުން

2- ޙާލު އަހުވާލު ބެލުން، ދުރުގައި ހުންނަން ޖެހިއްޖެ ޙާލަތެއްގައި ފޯނުން ގުޅާލުން.


Read more...

08 March 2013

ތައުބާގެ ދޮރުން ވަންނާށެވެ

ފަތްތޫރަ

ﷲއަށް ޙަމްދު ހުއްޓެވެ. އެކަލާނގެ މެދުވެރި ކުރައްވާ ކޮންމެ ކަމަކީ އިންސާނުންނަށް ޢިބުރަތުން ފުރިގެންވީ ދަރުސް ތަކެކެވެ. އިންސާނުން ހަމަބިމަށް ފޭބުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުނިޔެއަކީ އެއްވެސް ތަނެއް ނޫންކަމާއި ހަމަޖެހުން ގެނެސްދޭނެ ތަނެއްވާކަމުގެ އިޙްސާސް ކުރުވައެވެ.

Read more...