30 October 2020

ބާޠިލު ދުއްވާލުމަށްޓަކައި، ބާޠިލުގެ އަހުލުވެރިންގެ އިޤްތިޞާދު ދުއްވާލުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ -
سورة يونس 88

Read more...

25 October 2020

ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

Read more...

ހަތަރު ޤަވާޢިދު 5

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

 الْقَاعِدَةُ الرَّابِعَةُ

 


أَنَّ مُشْرِكِي زَمَانِنَا أَغْلَظُ شِرْكًا مِنَ الأَوَّلِينَ، لأَنَّ الأَوَّلِينَ يُشْرِكُونَ فِي الرَّخَاءِ، وَيُخْلِصُونَ فِي الشِّدَّةِ، وَمُشْرِكُو زَمَانِنَا شِرْكُهُمْ دَائِمٌ فِي الرَّخَاءِ وَالشِّدَِّة؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴾

Read more...

ހަތަރު ޤަވާޢިދު 4

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الْقَاعِدَةُ الثَّالِثَةُ

 أَنَّ النَّبِيَّ ـ صَلَّى اللهُ عَلَيْهِ وَسَلَّمَ ـ ظَهَرَ عَلَى أُنَاسٍ مُتَفَرِّقِينَ فِي عِبَادَاتِهِمْ، مِنْهُمْ مَنْ يَعْبُدُ الْمَلائِكَةَ، وَمِنْهُمْ مَنْ يَعْبُدُ الأَنْبِيَاءَ وَالصَّالِحِينَ، وَمِنْهُمْ مَنْ يَعْبُدُ الأَشْجَارَ وَالأَحْجَارَ، وَمِنْهُمْ مَنْ يَعْبُدُ الشَّمْسَ وَالْقَمَرَ، وَقَاتَلَهُمْ رَسُولُ اللهِ ـ صَلَّى اللهُ عَلَيْهِ وَسَلَّمَ ـ وَلَمْ يُفَرِّقْ بَيْنَهُمْ؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلّه ﴾. وَدَلِيلُ الشَّمْسِ وَالْقَمَرِ؛ قَوْلُهُ تَعَالَى: ﴿ وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لاَ تَسْجُدُوا لِلشَّمْسِ وَلاَ لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾. وَدَلِيلُ الْمَلائِكَةِ؛ قَوْلُهُ تَعَالَى:﴿ وَلاَ يَأْمُرَكُمْ أَن تَتَّخِذُواْ الْمَلاَئِكَةَ وَالنِّبِيِّيْنَ أَرْبَاباً… ﴾. وَدَلِيلُ الأَنْبِيَاءِ؛ قَوْلُهُ تَعَالَى: ﴿ وَإِذْ قَالَ اللّهُ يَا عِيسَى ابْنَ مَرْيَمَ ءَأَنتَ قُلتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـهَيْنِ مِن دُونِ اللّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ﴾


Read more...

ހަތަރު ޤަވާޢިދު 3

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


الْقَاعِدَةُ الثَّانِيَةُ

أَنَّهُمْ يَقُولُونَ: مَا دَعَوْنَاهُمْ وَتَوَجَّهْنَا إِلَيْهِمْ إِلا لِطَلَبِ الْقُرْبَةِ وَالشَّفَاعَةِ، فَدَلِيلُ الْقُرْبَةِ؛ قَوْلُهُ تَعَالَى: ﴿ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَآءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لاَ يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴾. وَدَلِيلُ الشَّفَاعَةِ، قَوْلُهُ تَعَالَى: ﴿ وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاءِ شُفَعَاؤُنَا عِندَ اللّهِ ﴾.


Read more...

ހަތަރު ޤަވާޢިދު 2

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


الْقَاعِدَةُ الأُولَى

أَنْ تَعْلَمَ أَنَّ الْكُفَّارَ الَّذِينَ قَاتَلَهُمْ رَسُولُ اللهِ  صَلَّى اللهُ عَلَيْهِ وَسَلَّمَ  مُقِرُّونَ بِأَنَّ اللهَ  تَعَالَى هُوَ الْخَالِقُ، الْمُدَبِّرُ، وَأَنَّ ذَلِكَ لَمْ يُدْخِلْهُمْ فِي الإِسْلامِ؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ فَقُلْ أَفَلاَ تَتَّقُونَ ﴾


Read more...

23 October 2020

ހަތަރު ޤަވާޢިދު 1

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


الحمد لله والصلاة والسلام على رسول الله. و بعد

ތަޢާރަފު

އަލްޤަވާޢިދުލް ޢަރްބަޢު (ހަތަރު ޤަވާޢިދު) އަކީ ޝައިޚުލް އިސްލާމްގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދިލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ.

މަތަނާއި މަތަނުގެ ތަރުޖަމާ

أَسْأَلُ الله الْكَرِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَتَوَلاَّكَ فِي الدُّنْيَا وَالآخِرَةِ. وَأَنْ يَجْعَلَكَ مُبَارَكًا أَيْنَمَا كُنْتَ، وَأَنْ يَجْعَلَكَ مِمَّنْ إِذَا أُعْطِيَ شَكَرَ، وَإِذَا ابْتُلِيَ صَبَرَ، وَإِذَا أَذْنَبَ اسْتَغْفَرَ. فَإِنَّ هَؤُلاَءِ الثَّلاثَ عُنْوَانُ السَّعَادَةِ.

ކަރީމްވަންތަ ﷲ، މަތިވެރިވެގެންވާ ޢަރުޝީގެ ރައްބުގެ ޙަޟްރަތުން އަހަރެން މި އެދެނީ ދުނިޔޭގައި އަދި އާޚިރަތުގައި ތިބާ ރައްކާތެރިކުރެއްވުމަށެވެ. އަދި ތިބާ ވީ ކޮންމެ ތަނެއްގައި ތިބާއަކީ ބަރަކާތްލެއްވިގެންވާ މީހެއްކަމުގައި ލެއްވުމަށެވެ. އަދި ތިބާއީ (ނިޢުމަތް) ދެއްވިއްޖެނަމަ ޝުކުރުވެރިވާ މީހުންގެ ތެރެއިން، އިމްތިޙާންކުރެއްވިއްޖެނަމަ ކެތްތެރިވާ މީހުންގެ ތެރެއިން، ފާފައެއް ކުރެވިއްޖެނަމަ ފާފަފުއްސެވުން އެދި ދަންނަވާމީހުންގެ ތެރެއިން ލެއްވުމަށެވެ. ފަހެ ހަމަކަށަވަރުން މި ތިންކަމަކީ އުފާވެރިކަމުގެ ޢަލާމާތެވެ.

اعْلَمْ أَرْشَدَكَ الله لِطَاعَتِهِ: أَنَّ الْحَنِيفِيَّةَ مِلَّةَ إِبْرَاهِيمَ: أَنْ تَعْبُدَ الله، وَحْدَهُ مُخْلِصًا لَهُ الدِّينَ، كَمَا قَالَ تَعَالَى: ﴿ وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ ﴾.  الذاريات:56

ދަންނާށެވެ! ﷲ އަށް ކިޔަމަންގަތުމަށް އެއިލާހު ތިބާއަށް މަގުދައްކަވާށި! ހަމަކަށަވަރުން ޙަނީފިއްޔާ (ޝިރުކުން އެއްކިބާވެ ތައުޙީދާ ތިމާއަށް ލެނބުން) އަކީ އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތެވެ. އެއީ ހަމަކަށަވަރުން ހަމައެކަނި ﷲ އަށް ދީން ޚާލިޞްކުރާ ޙާލު އެއިލާހަށް އަޅުކަންކުރުމެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ [الذاريات:56]. މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

فَإِذَا عَرَفْتَ أَنَّ اللهَ خَلَقَكَ لِعِبَادَتِهِ؛ فَاعْلَمْ أَنَّ الْعِبَادَةَ لاَ تُسَمَّى عِبَادَةً إِلاَّ مَعَ التَّوْحِيدِ، كَمَا أَنَّ الصَّلاةَ لاَ تُسَمَّى صَلاةً إِلا مَعَ الطَّهَارَةِ، فَإِذَا دَخَلَ الشِّرْكُ فِي الْعِبَادَةِ فَسَدَتْ، كَالْحَدَثِ إِذَا دَخَلَ فِي الطَّهَاَرِة، فَإِذَا عَرَفْتَ أَنَّ الشِّرْكَ إِذَا خَالَطَ الْعِبَادَةَ أَفْسَدَهَا، وَأَحْبَطَ الْعَمَلَ، وَصَاَر صَاحِبُهُ، مِنَ الْخَالِدِينَ فِي النَّارِ. عَرَفْتَ أَنَّ أَهَمَّ مَا عَلَيْكَ مَعْرِفَةُ ذَلِكَ لَعَلَّ الله أَنْ يُخَلِّصَكَ مِنْ هَذِهِ الشَّبَكَةِ، وَهِيَ الشِّرْكُ بِاللهِ الَّذِي قَالَ الله تَعَالَى فِيهِ: ﴿ إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ ﴾. وَذَلِكَ بِمَعْرِفَةِ أَرْبَعِ قَوَاعِدَ ذَكَرَهَا الله تَعَالَى فِي كِتَابِهِ.

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާ ހެއްދެވީ އެއިލާހަށް އަޅުކަންކުރުމަށްޓަކައި ކަން ތިބާއަށް އެނގުމުން، ދަންނާށެވެ! ހަމަކަށަވަރުންވެސް ތައުޙީދާއެކު މެނުވީ އަޅުކަމަކަށް އަޅުކަމެކޭ ނުކިޔޭނެއެވެ. (ތައުޙީދާ ނުލައި އަޅުކަން އެއީ އަޅުކަންކަމުގައި ނުބެލެވޭނެއެވެ) އެއީ ހަމަކަށަވަރުން ޠަހާރަތާ ނުލައި ނަމާދު އެއީ (ޤަބޫލުކުރެވިގެންވާ) ނަމާދެއްކަމުގައި ނުބެލެވޭ ބީދައިންނެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެއްޖެއެވެ. އެއީ ޠަހާރަތުގެ ތެރެއަށް ޙަދަޘްވެރިކަން ވަނުމުން އެޠަހާރަތު ފާސިދުވާ ބީދައިންނެވެ. ޝިރުކު އަޅުކަމުގެ ތެރެއަށް ވަދެ މަސްހުނިވުމުން އެއަޅުކަން ފަސާދަވާކަމާއި، ޢަމަލުތައް ބާޠިލުވާކަމާއި އެ ޢަމަލުތައް ކުރާމީހާ ދާއިމީ ނަރަކަވަންތަވެރީންގެ ތެރެއިން ވާ ކަން ތިބާއަށް އެނގިއްޖެނަމަ ތިބާއަށް އެންމެ މުހިއްމުވަނީ އެޝިރުކު މަޢުރިފާކޮށް ދެނެގަތުންކަން ތިބާއަށް އެނގޭނެއެވެ. އެއީ ﷲ ތަޢާލާ މި ދާގަނޑުން ތިބާ ސަލާމަތްކުރެވުމަށްޓަކައެވެ. އެއީ އެކަމަކާ ބެހޭގޮތުން ﷲ ތަޢާލާ މިފަދައިން ވަޙީކުރެއްވި، އެއިލާހަށް ޝިރުކުކުރުމެވެ. ވަޙީކުރެއްވިއެވެ. ﴿ إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ ﴾- النساء 48- މާނައީ : “ހަމަކަށަވަރުން  ﷲ، އެއިލާހަށް ޝިރުކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވާދެއްވާނެއެވެ.”

އެކަންތައް މަޢުރިފާކޮށް ދެނެގަންނާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ޛިކްކުރައްވާފައިވާ ހަތަރު ޤަވާޢިދުގެ ޛަރީޢާއިންނެވެ.

=ނުނިމޭ=


Read more...

ކަށްވަޅަކީ ތިބާގެ ގޮޅިއެވެ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


އޭ ލޮބުވެތި އުޚުތެވެ! ﷲ އަށް ބިރުވެތިވާށެވެ. އަބަދުވެސް ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހަނދާންކުރާށެވެ. ތިބާގެ ކޮންމެ ޢަމަލެއް ލިޔެވެމުން ދާކަން ހަނދާން ނައްތާނުލާށެވެ. މިއަދު ތިބާ ބޭނުންކަމެއް ކުރެވިދާނެއެވެ. ބޭނުންގޮތަކަށް އުޅެވިދާނެއެވެ. ތިބާގެ ވަށައިގެންވާ މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ޝައިޠާނާގެ އަވާގައި ޖެހިފައެވެ. ޝައިޠާނާވަނީ އެމީހުން ހެއްލުންތެރި ކޮށްފައެވެ. މީސްތަކުން މަގުފުރެދުމުގައި ޝައިޠާނާވަނީ އޭނާގެ ވަޢުދު ކިތަންމެ ރަނގަޅަށްވެސް ފުއްދާފައެވެ. އެކަމަކު މާދަމާ ތިބާޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މާދަމާ އަލުން ދިރުއްވާ ދުވަހުން ފެންނާނީ މިއަދު ތިބާ ކުރި ހެޔޮ ޢަމަލެކެވެ. އެދުވަހުން ކުރެވޭނެ އެއްވެސްކަމެއް ހަމަހިލާ ނޯންނާނެއެވެ.

Read more...

ބިރުވެތިކަމާއެކު ނަމާދު ޤާއިމްކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ

Read more...

20 October 2020

ފަރްޟު ނަމާދު ކުރެވެނުކަމާ މެދު ޝައްކުވެއްޖެ ނަމަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފަރްޟު ނަމާދެއް ކުރެވުނުތޯ ނުވަތަ ނުކުރެވޭތޯ ޝައްކު އުފެދިއްޖެމީހާ ޢަމަލު ކުރަންޖެހޭނީ ކޮން ގޮތަކަށްތޯ ސުވާލު ކުރެވުމުން، ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.

Read more...

18 October 2020

ނަމާދު ވަޤުތު ވަނުމުގެ ކުރިން، ނަމާދު ވަޤުތު ވީކަމަށް ހީކޮށް އޮޅިގެން ނަމާދު ކުރެވިއްޖެނަމަ އަލުން އެނަމާދު ކުރަން ޖެހޭނެތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢަޞްރު ނަމާދު ވަޤުތު ވީކަމަށް ހީކޮށް އޮޅިގެން ނަމާދު ކުރަން ހުއްޓާ ޢަޞްރު ނަމާދަށް ބަންގި ގޮވީ، ދެން ކިހިނެއްތޯ ހަދަން ޖެހޭނީ، ނުވަތަ ނަމާދުކޮށް ނިމުނު ފަހުން މި އެނގުނީ ނަމާދު މި ކުރެވުނީ ނަމާދު ވަޤުތު ނުޖެހެނީސް ކަން ދެން މިޙާލަތުގައި ކިހިނެއްތޯ ހަދަން ޖެހޭނީ؟

Read more...

ޢަޤީދާގެ އެންމެ ދަރުސްއެއް އުނގަންނަވައިދެއްވުމަށްޓަކައި ސަތޭކަ އަހަރަށް މީހަކު މަރުގެންނެވިއެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

{قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا فَأَمَاتَهُ ٱللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ} ‏[البقرة : 259] އޭނާ ބުންޏެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) ﷲ، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ. ދެން، ﷲ، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި ޙަޔާތަށް ފޮނުއްވިއެވެ.

Read more...

16 October 2020

ދުލުން ބުނާ ބަސްތަކާމެދު ސަމާލުވާށެވެ. އެއީ ތިބާގެ ޖަންނަތެވެ. ނުވަތަ ތިބާގެ ނަރަކައެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

فَأَثَابَهُمُ اللَّـهُ بِمَا قَالُوا جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَٰلِكَ جَزَاءُ الْمُحْسِنِينَ -– المائدة 85

Read more...

15 October 2020

އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މުޠްލަޤުގޮތެއްގައި ބަލާއިރު ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަކީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.

Read more...

އެންމެ ފަހުން ބާވައިލެއްވުނު އާޔަތް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އެންމެ މަޝްހޫރު ބަސްފުޅުތައް ތިރީގައި އެވަނީއެވެ.

Read more...

ކީރިތި ޤުރްއާން ބާވައިލެއްވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދު ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އުޑުން، ބިމަށް ކީރިތި ޤުރްއާން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވުމެވެ.

Read more...

14 October 2020

ހުވައިގެ ކައްފާރާގެ ރޯދަ ހިފުމުގައި ޖައްސަޖައްސައިގެން ހިފުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ހުވައިގެ ކައްފާރަ ރޯދަ ހިފުމުގައި ތިންދުވަހު ރޯދަ ހިފާއިރު، ޖައްސަޖައްސައިގެން ހިފުން ވާޖިބެއް ނޫނެވެ. ވަކި ވަކީން އެ ރޯދަ ހިފިކަމުގައިވިޔަސް ފުދޭނެއެވެ.

Read more...

ޢުލޫމުލް ޤުރްއާނާ ބެހޭގޮތުން ލިޔެފައިވާ ބައެއް ފޮތްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ކުރީގެ ފޮތްތައް

المختزن في علوم القرآن

أبو الحسن الأشعري (ت324هـ)

الاستغناء في علوم القرآن

محمد بن علي الأدفوي (ت388هـ)

فنون الأفنان في عجائب علوم القرآن.

ابن الجوزي (ت597هـ)

الجامع الحريز الحاوي لعلوم كتاب الله العزيز

القزويني (ت625هـ)

المرشد الوجيز إلى علوم تتعلق بالكتاب العزيز

أبو شامة المقدسي (ت665هـ)

مقدمة في أصول التفسير

ابن تيميه (ت827هـ)

البرهان في علوم القرآن

بدر الدين الزركشي (ت794هـ)

التحبير في علوم التفسير

جلال الدين السيوطي (ت911هـ

الفوز الكبير في أصول التفسير

ولي الله الدهلوي (ت1176هـ)

الزيادة والإحسان في علوم القرآن

ابن عقيله (ت1150هـ)

މިހާރުގެ ފޮތްތައް

مناهل العرفان في علوم القرآن

محمد عبد العظيم الزرقاني

المدخل لدراسة القرآن الكريم

محمد محمد أبو شهبه

مباحث في علوم القرآن

صبحي الصالح

مباحث في علوم القرآن

مناع القطان

علوم القرآن الكريم

عدنان زرزور

المنار في علوم القرآن

محمد علي الحسن

التبيان لبعض المباحث المتعلقة بالقرآن على طريقة الإتقان

طاهر الجزائري

لمحات في علوم القرآن

محمد الصباغ

المحرر في علوم القرآن الكريم

مساعد بن سليمان بن ناصر الطيار

المقدمات الأساسية في علوم القرآن 

عبد الله بن يوسف الجديع



Read more...

ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ސުވާލު: އަހަރެން ދިރިއުޅެމުން މި އަންނަ އަވަށުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅު ލިޔެފައިވާ ޓީޝާރޓް ލާ މީހުން ގިނަވެއްޖެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މި ފަދަ ޓީޝާރޓް ލާ ބައެއް މީހުން އެއަށް އިހާނަތްތެރިކޮށް ކަންތައްކޮށްފާނެއެވެ. އެ ލުމުގެ ތެރޭގައި ނުވަތަ އެ ބިންމައްޗަށް އެއްލާލުމުންނެވެ. އަދި އެފަދަ ޓީޝާރޓެއް ލުން ހުއްދަނަމަ އެލައިގެން ފާޚާނާއަށް ވަންނާނީ ކިހިނެއްތޯއެވެ؟ މިކަމުގައި ތިބާގެ ރައުޔަކީ ކޮބައި ހެއްޔެވެ؟

Read more...

ނަރަކައިގެ ޢަޛާބު ހަމައެކަނި ފެނިލުންވެސް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޤިޔާމަތްދުވަހު ނަރަކައިގެ އަހުލުވެރިންނަށް ނަރަކައިގެ ޢަޛާބު ހަމައެކަނި ފެނިލުންވެސް، ހެޔޮ ޢަމަލުތައް ކުރުމަށްޓަކައި ދުނިޔެއަށް އަނބުރާ ފޮނުއްވުމަށް އެދޭ ސަބަބަކަށްވެއެވެ. އެއީ އެ ޢަޛާބުގެ ގަދަފަދަ ކަމުން އެ ޢަޛާބުގެ ރަހަ ނުލިބޭ މީހާއަށްވެސް އެކަން އިޙްސާސްކުރެވޭ ފަދަ ވަރުގަދަ ވޭން ދެނިވި ޢަޛާބެކެވެ.

Read more...

13 October 2020

ޢުލޫމުލް ޤުރްއާން ލިޔެވެން ފެށުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢުލޫމުލް ޤުރްއާނަކީ އެންމެ ޝަރަފުވެރި އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭންޖެހޭ ޢިލްމަށްވީނަމަވެސް، އެހެނިހެން ޢިލްމުތަކާ އަޅާ ބަލާއިރު ޢުލޫމުލް ޤުރްއާން ލިޔަން ފެށުނީ ލަހުންނެވެ. އެކަން އެހެން މެދުވެރިވެ އެއްސަބަބަކީ ދެން ހުރި ޢިލްމުތައް އުވިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި އެ ޢިލްމުތަކަށް ތަޞްނީފުކުރުމުގައި މުހިއްމުކަން ދިނުމެވެ. އަދި ކީރިތި ޤުރްއާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރައްކާތެރިކުރައްވާފައިވާ ފޮތަކަށްވުމެވެ.

Read more...

ޢުލޫމުލް ޤުރްއާންގެ ފެށުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މިޢިލްމުގެ ފެށުން ގުޅިފައިވަނީ ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވުމާއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިރާ ފަރުބަދައިގެ ހޮހޮޅާގައި އިންނަވަނިކޮށް އެކަލޭގެފާނަށް ބާވައިލެއްވި ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތާ އެކުގައެވެ.

Read more...

ޢުލޫމުލް ޤުރްއާންގެ ތަޢާރަފު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢުލޫމުލް ޤުރްއާން މިއީ "ޢުލޫމް" އަދި "ޤުރްއާން" މި ދެލަފުޒުން އެމުނިއެކުލެވިފައިވާ ދެނަމެވެ. ޢުލޫމު އެއީ ޢިލްމު މި ލަފުޒުގެ ގިނަގޮތެވެ. ޢިލްމުގެ މާނައަކީ މަޢުރިފާކޮށް ދެނެގަތުމެވެ. އެނގުމެވެ. ނުވަތަ ދަސްކުރުމެވެ. ޤުރްއާން މި ލަފުޒުގެ ލަފުޒީ މާނައަކީ ކިޔެވުމެވެ. އިޞްޠިލާޙީ މާނައަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެއިލާހުގެ ކަލާމްފުޅެވެ.

Read more...

08 October 2020

ހެޔޮލަފާ ޞާލިޙް އަންބެއްގެ ޞިފަތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އޭނާގެ އަޤީދާ: އޭނާގެ ޢަޤީދާއަކީ ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއެވެ. އެއީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ.

Read more...

04 October 2020

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާ ކަމެކެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އެކަލޭގެފާނުގެ ގާތްމީހުން ބުނީ މިފަދައިންނެވެ.

Read more...

އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީނުގައި އަންހެނުން އަދާކުރާ ދައުރަކީ ފިރިހެނުން އަދާކުރާ ދައުރަށްވުރެ ކުޑަދައުރެއްނޫނެވެ. އަނބިމީހާއަކީ ގޭގެ އޮޅިގަނޑެވެ. އެހެންކަމުން، މުޖްތަމަޢުގެ އޮޅިގަނޑަކީ އަންހެނުންނެވެ. ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމެއްގެ ބިންގަލަކީ ދީންވެރި، ހެޔޮލަފާ، ޞާލިޙް އަންބެކެވެ. ޢާއިލާއެއްގެ އުފާވެރިކަމާއި ހަމަޖެހުން ބިނާވެފައިއޮންނާނީ އަނބިމީހާގެ ސުލޫކާއި އަޚްލާޤުގެ މައްޗަށެވެ.

Read more...

03 October 2020

ހަމައެކަނި ސަބަބަކީ އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ސަބަބުތަކުގައި ހިފުމަކީ ވަކީލުކުރުމުގެ އެއްރުކުނެވެ. ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ.

Read more...