Read more...
14 April 2021
09 February 2021
ސަބަބުއް ނުޒޫލް
19 December 2020
ނިދާގަޑީގައި ކީރިތި ޤުރްއާން ޖެހުން
ކީރިތި ޤުރްއާން އަޑުއެހުމާއި، ކީރިތި ޤުރްއާން ކިޔެވޭ ހިނދު ހަނުހިމޭންވެ ކަނުލާ އަޑުއެހުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ ވާޖިބެއްތޯ ނުވަތަ ނޫންތޯ އެއީ އެކަމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ބަސްފުޅަކީ އެއީ ވާޖިބެއް ނޫންކަމުގައި ބުނެވޭ ބަސްފުޅެވެ. ނަމާދުގައި ފިޔަވައެވެ. ނަމާދުގައި އިމާމު މީހާ ކީރިތި ޤުރްއާން ކިޔަވާ ހިނދު އަޑު އެހުމަކީ ވާޖިބެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
Read more...
13 November 2020
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2
“رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ” (آل عمران8)
އަޅަމެންގެ ރައްބު! އަޅަމެންނަށް ތެދުމަގު ދެއްކުމަށްފަހު އަޅަމެންގެ ހިތްތައް އެމަގުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އިބައިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން (ނިޢުމަތް) ދެއްވާ އިލާހެވެ.
Read more...
12 November 2020
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 1
30 October 2020
ބާޠިލު ދުއްވާލުމަށްޓަކައި، ބާޠިލުގެ އަހުލުވެރިންގެ އިޤްތިޞާދު ދުއްވާލުން
16 October 2020
ދުލުން ބުނާ ބަސްތަކާމެދު ސަމާލުވާށެވެ. އެއީ ތިބާގެ ޖަންނަތެވެ. ނުވަތަ ތިބާގެ ނަރަކައެވެ.
15 October 2020
14 October 2020
ޢުލޫމުލް ޤުރްއާނާ ބެހޭގޮތުން ލިޔެފައިވާ ބައެއް ފޮތްތައް
ކުރީގެ ފޮތްތައް |
|
المختزن في علوم القرآن |
أبو الحسن الأشعري (ت324هـ) |
الاستغناء في علوم القرآن |
محمد بن علي الأدفوي (ت388هـ) |
فنون الأفنان في عجائب علوم القرآن. |
ابن الجوزي (ت597هـ) |
الجامع الحريز الحاوي لعلوم كتاب الله
العزيز |
القزويني (ت625هـ) |
المرشد الوجيز إلى علوم تتعلق بالكتاب
العزيز |
أبو شامة المقدسي (ت665هـ) |
مقدمة في أصول التفسير |
ابن تيميه (ت827هـ) |
البرهان في علوم القرآن |
بدر الدين الزركشي (ت794هـ) |
التحبير في علوم التفسير |
جلال الدين السيوطي (ت911هـ |
الفوز الكبير في أصول التفسير |
ولي الله الدهلوي (ت1176هـ) |
الزيادة والإحسان في علوم القرآن |
ابن عقيله (ت1150هـ) |
މިހާރުގެ ފޮތްތައް |
|
مناهل العرفان في علوم القرآن |
محمد عبد العظيم الزرقاني |
المدخل لدراسة القرآن الكريم |
محمد محمد أبو شهبه |
مباحث في علوم القرآن |
صبحي الصالح |
مباحث في علوم القرآن |
مناع القطان |
علوم القرآن الكريم |
عدنان زرزور |
المنار في علوم القرآن |
محمد علي الحسن |
التبيان لبعض المباحث المتعلقة بالقرآن
على طريقة الإتقان |
طاهر الجزائري |
لمحات في علوم القرآن |
محمد الصباغ |
المحرر في علوم القرآن الكريم |
مساعد بن سليمان بن ناصر الطيار |
المقدمات الأساسية في علوم القرآن |
عبد الله بن يوسف الجديع |
Read more...
ނަރަކައިގެ ޢަޛާބު ހަމައެކަނި ފެނިލުންވެސް
ޤިޔާމަތްދުވަހު ނަރަކައިގެ އަހުލުވެރިންނަށް ނަރަކައިގެ ޢަޛާބު ހަމައެކަނި ފެނިލުންވެސް، ހެޔޮ ޢަމަލުތައް ކުރުމަށްޓަކައި ދުނިޔެއަށް އަނބުރާ ފޮނުއްވުމަށް އެދޭ ސަބަބަކަށްވެއެވެ. އެއީ އެ ޢަޛާބުގެ ގަދަފަދަ ކަމުން އެ ޢަޛާބުގެ ރަހަ ނުލިބޭ މީހާއަށްވެސް އެކަން އިޙްސާސްކުރެވޭ ފަދަ ވަރުގަދަ ވޭން ދެނިވި ޢަޛާބެކެވެ.
Read more...
13 October 2020
ޢުލޫމުލް ޤުރްއާން ލިޔެވެން ފެށުން
ޢުލޫމުލް ޤުރްއާނަކީ އެންމެ ޝަރަފުވެރި އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭންޖެހޭ ޢިލްމަށްވީނަމަވެސް، އެހެނިހެން ޢިލްމުތަކާ އަޅާ ބަލާއިރު ޢުލޫމުލް ޤުރްއާން ލިޔަން ފެށުނީ ލަހުންނެވެ. އެކަން އެހެން މެދުވެރިވެ އެއްސަބަބަކީ ދެން ހުރި ޢިލްމުތައް އުވިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި އެ ޢިލްމުތަކަށް ތަޞްނީފުކުރުމުގައި މުހިއްމުކަން ދިނުމެވެ. އަދި ކީރިތި ޤުރްއާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރައްކާތެރިކުރައްވާފައިވާ ފޮތަކަށްވުމެވެ.
Read more...
ޢުލޫމުލް ޤުރްއާންގެ ތަޢާރަފު
ޢުލޫމުލް ޤުރްއާން މިއީ "ޢުލޫމް" އަދި "ޤުރްއާން" މި ދެލަފުޒުން އެމުނިއެކުލެވިފައިވާ ދެނަމެވެ. ޢުލޫމު އެއީ ޢިލްމު މި ލަފުޒުގެ ގިނަގޮތެވެ. ޢިލްމުގެ މާނައަކީ މަޢުރިފާކޮށް ދެނެގަތުމެވެ. އެނގުމެވެ. ނުވަތަ ދަސްކުރުމެވެ. ޤުރްއާން މި ލަފުޒުގެ ލަފުޒީ މާނައަކީ ކިޔެވުމެވެ. އިޞްޠިލާޙީ މާނައަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެއިލާހުގެ ކަލާމްފުޅެވެ.
Read more...