ކީރިތި ޤުރްއާން އަޑުއެހުމާއި، ކީރިތި ޤުރްއާން ކިޔެވޭ ހިނދު ހަނުހިމޭންވެ ކަނުލާ އަޑުއެހުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ ވާޖިބެއްތޯ ނުވަތަ ނޫންތޯ އެއީ އެކަމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ބަސްފުޅަކީ އެއީ ވާޖިބެއް ނޫންކަމުގައި ބުނެވޭ ބަސްފުޅެވެ. ނަމާދުގައި ފިޔަވައެވެ. ނަމާދުގައި އިމާމު މީހާ ކީރިތި ޤުރްއާން ކިޔަވާ ހިނދު އަޑު އެހުމަކީ ވާޖިބެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
Read more...