Showing posts with label ހުވާ. Show all posts
Showing posts with label ހުވާ. Show all posts

07 March 2021

ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ބޮޑު ޝިރްކުގެ ޢަމަލެއްތަ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ނަހީވެގެންވާ ކަމެކެވެ. އެއީ ފާފައެކެވެ.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:   أَلاَ مَنْ كَانَ حَالِفًا فَلاَ يَحْلِفْ إِلَّا بِاللَّهِ، فَكَانَتْ قُرَيْشٌ تَحْلِفُ بِآبَائِهَا، فَقَالَ: لاَ تَحْلِفُوا بِآبَائِكُمْ   رواه البخاري (3836) ومسلم (1646).

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ރިވާކުރެއްވިއެވެ. “ހުވާކުރާ މީހާ، ﷲ ގަންދީ މެނުވީ ހުވާނުކުރާހުށިކަމެވެ.” ޤުރައިޝުންގެ މީހުން އެބައިމީހުންގެ ކާބަފައިން ގަންދީ ހުވާކުރޫއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ކާބަފައިން ގަންދީ ތިޔަބައިމީހުން ހުވާނުކުރާށެވެ.”


Read more...

14 October 2020

ހުވައިގެ ކައްފާރާގެ ރޯދަ ހިފުމުގައި ޖައްސަޖައްސައިގެން ހިފުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ހުވައިގެ ކައްފާރަ ރޯދަ ހިފުމުގައި ތިންދުވަހު ރޯދަ ހިފާއިރު، ޖައްސަޖައްސައިގެން ހިފުން ވާޖިބެއް ނޫނެވެ. ވަކި ވަކީން އެ ރޯދަ ހިފިކަމުގައިވިޔަސް ފުދޭނެއެވެ.

Read more...

12 July 2020

ހަތިމުގައި އަތްލާފަ ހުވާކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަހަރެންގެ އަތް ހަތިމުގެ މަތީގައި ބާއްވާފައި، ހަތިމުގައި އަތްލާފައި ހުވާކުރީމެވެ. އެ ހުވާކުރިކަންތައް އަހަރެންނަކަށް ނުކުރެވުނެވެ.ކައްފާރާއެއް ދޭންޖެހޭނެ ހެއްޔެވެ؟ 


Read more...