14 January 2015

ޢަރަބި ބަސް ދަސްކުރުން



ޢަރަބިބަހަކީ ކީރިތި ޤުރުއާނުގެ ބަހެވެ. އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެބަހަކުން ވާހަކަދެއްކެވި ބަހެވެ. ﷲ ތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ބަޔާންވެގެން އައި ބަހަކީ ޢަރަބި ބަހެވެ. ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ޢަރަބި ބަސްވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް ދެެނެގަތުމަކީ ފަރުޟުވެގެންވާ ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތާއިި އަދި ސުންނަތް ދެނެގަތުމަކީ ވާޖިބެކެވެ. އެދެކަންތައްތައް ޢަރަބި ބަސް ނޭންގޭނަމަ ދެނެނުގަނެވޭނެއެވެ. ވާޖިބެއް ފުރިހަމަކުރުމަށް ކުރަންޖެހޭ ކޮންމެ ކަމަކީވެސް ވާޖިބެކެވެ."


ކޮންމެ މުސްލިމަކަށް ވެވުނު މިންވަރަކުން ޢަރަބި ބަސް ދެނެގަތުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންވާ ކަމެކެވެ. އެއީ އަޅުކަމުގެ އެންމެހާ ކަންތައްތަކުގައި ދެމިހުރުމަށްޓަކައެވެ. އަދި އެބަސްދެނެގަތުމުން ޙަރާމް ޙަލާލްވަކިކުރުމަށާއި އަދި ﷲ ސުބުހާނާހޫ ވަތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފަހައްޓައިގެން ހުރުމަށް ހުޅުވިގެންދާ މަގެކެވެ.

އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ އަންހުވިދާޅުވެފައިވެއެވެ. ތިޔަބައިމީހުން ސުންނަތާއި އަދި ތަރިކަމުދަލުގެ ޢިލްމު އުގެނޭފަދައިން ނަޙޫ(ޢަރަބި ބަހުގެ ޤަވާއިދު) އުގެނޭށެވެ.

ވީމާ މި ބުލޮގުގެ ފަރާތުން ޢަރަބި ބަސް އުގެނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ބައެއް ޤައުމުތަކުގައި ޢަރަބިބަސް ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތްތަކާއި އެނޫންވެސް ބައެއް މުހިއްމު ފޮތްތައް މިވަނީ (ﷲ ގެ ރަޙުމަތްފުޅާއެކު) ޑައުންލޯޑްކުރެވޭ ގޮތަށް ހަދާފައެވެ. އަދިވެސް ފޮތްތައް ލިބުނުވަރަކުން އިންޝާﷲ އިތުރު ކުރަމުން ގެންދާނަމެވެ.

اللُّغَةُ الْعَرَبِيَّةُ بَيْنَ يَدَيْكَ (ތިބާގެ އަތްފޯރާފަށަށް ޢަރަބިބަސް)
كِتَابُ الطَّالِبِ 1 (ދަރިވަރުގެ ފޮތް 1) 159 އެމްބީ
كِتَابُ الطَّالِبِ 2 (ދަރިވަރުގެ ފޮތް 2) 131 އެމްބީ
كِتَابُ الطَّالِبِ 3 (ދަރިވަރުގެ ފޮތް 3) 131 އެމްބީ

مَنَاهِجُ مَعْهَدِ تَعْلِيمِ اللُّغَةِ الْعَرَبِيَّةِ بِالْجَامِعَةِ الإِسْلاَمِيَّةِ بِالْمَدِيْنَةِ المُنَوَّرَةِ
(މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ މަޢުހަދު ތަޢްލީމުލް ލުޣާ ޢަރަބިއްޔާގެ މަންހަޖު)

المُسْتَوَى الأَوَّل (ފުރަތަމަ މަރުޙަލާ)
1- دُرُوسُ اللُّغَةِ الْعَرَبِيَّةِ لِغَيرِ النَّاطِقِينَ بِهَا (10 އެމްބީ)
2- القِرَاءَةُ
3- التَّعْبِيْرُ
4- الكِتَابَةُ

(ފުރަތަމަ މަރުޙަލާގެ ފޮތަށް ދިވެހި ބަހުން އެހީތެރިކަން)

المُسْتَوَى الثَّانِي (ދެވަނަ މަރުޙަލާ)
1- دُرُوسُ اللُّغَةِ الْعَرَبِيَّةِ لِغَيرِ النَّاطِقِينَ بِهَا 2 (16 އެމްބީ)
2- القِرَاءَةُ 2
3- التَّعْبِيْرُ 2
4- الحَدِيْثُ 2
5- الفِقْهُ 2
6- التَّدْرِيْبَاتُ الصَّوتِي 2
7- الإِمْلاء 2
8- القِصَصُ الأَنْبِيَاء 2
المُسْتَوَى الثَّالِثُ (ތިންވަނަ މަރުޙަލާ)
1- دُرُوسُ اللُّغَةِ الْعَرَبِيَّةِ لِغَيرِ النَّاطِقِينَ بِهَا 3 (25 އެމްބީ)
2- القِرَاءَةُ 3
3- التَّعْبِيْرُ 3
4- التَّوحِيْدُ 35- الإملاء 36- الْحَدِيْثُ
7- الفِقْهُ
8- السِّيْرَة النِّبَوِيَّة
9- صُوَرُ مِنْ حَيَاةِ الصَّحَابَةِ
10- التَّجْوِيْدُ

Read more...