24 March 2014

ވުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންތައްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތިރީގައިމިވާ ކަންކަމަކީ ޥުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންކަމެވެ.

1- ﷲ އަށް ޛިކުރުކުރާ ހިނދުގައްޔާއި ޤުރްއާން ކިޔަވާއިރު.

2- ކޮންމެ ނަމާދަކަށް. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން އެގޮތަށް ކުރެއްވުމުގައި ދެމިހުންނެވީތީއެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. قَالَ أَنَسٌ “كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ عِنْدَ كُلِّ صَلاَةٍ” [أخرجه البخاري برقم (214)] މާނައީ: އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ނަމާދަކަށް ޥުޟޫކުރައްވައެވެ.”


Read more...

ވުޟޫކުރުން ވާޖިބުވެގެންވާ ކަންތައްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތިރީގައިމިވާ ކަންތައްތައް ކުރުމަށްޓަކައި ޥުޟޫ ކުރުން މުކައްލަފުންގެ މައްޗަށް ވާޖިބުވެގެންވެއެވެ.
1 – ނަމާދު ކުރުން: މީގެ ދަލީލަކީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ މަރުފޫޢު ޙަދީޘެވެ .


Read more...

07 March 2014

ވުޟޫ ގެއްލޭ ކަންތައްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޥުޟޫ ގެއްލޭކަންތައްތަކަކީ ޥޫޟޫ ބާޠިލުވާ ނުވަތަ ފާސިދުވާ ކަންތައްތަކެވެ. ޥުޟޫ ގެއްލޭ ކަންތައް ހައެކެވެ.

Read more...

ވުޟޫގެ ސުންނަތްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ވުޟޫކުރުމުގައި މުސްތަޙައްބު ވެގެންވާ ކަންތައްތައްވެއެވެ. އެއީ އެކަން ކުރާ މީހާ އަށް އަޖުރު ލިބޭ ކަންކަމެވެ. އަދި އެކަންތައްތައް ދޫކޮށްލިޔަސް މައްސަލައެއް ނެތް ކަންކަމެވެ. މި ކަންކަމަށް ކިޔެނީ ވުޟޫގެ ސުންނަތްތަކެވެ.

Read more...

فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް (ދެވަނަ ބައި)

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ސުބްޙާނަހޫ ވަތަޢާލާ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެހެން ފަރާތަކުން އިސްލާމްދީން ތަފްސީރުކޮށް ނުވަތަ އެދީނުގެ ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މުރާދު ބަޔާންކޮށްގެން ނުވާނެއެވެ. ފަހެ އެ ތަފްސީރު ބަޔާންވެފައިވަނީ އެހެންޏާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފޮތުގައެވެ. ނުވަތަ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައެވެ. މީސްތަކުންގެ ތެރޭގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވުރެ މާތް މީހަކު ނުވެއެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނަކީ އެކަލޭގެފާނުގެ ރައްބުގެ ފަރާތުން ކަންކަން ފޯރުކޮށްދެއްވާ ބޭކަލެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Read more...

06 March 2014

ވުޟޫގެ ފަރުޟުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޥުޟޫގެ ފަރުޟުތައް ހައެކެވެ. އެއީ:
1- މުޅި މޫނު އެއްކޮށް ދޮވުން. މިކަމުގެ ދަލީލަކީ ﴿إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ﴾ [المائدة :٦] މާނައީ: “ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، )އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ.” އަނގަދޮވުމާއި ނޭފަތަށް ފެންލުން ހިމެނެނީ މޫނުދޮވުމުގެ ތެރެއިންނެވެ. އެހެނީ އަނގައާއި ނޭފަތްވަނީ މޫނުގެ ތެރެއިންނެވެ.


Read more...

ވުޟޫ ޞައްޙަވުމުގެ ޝަރުޠުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ވުޟޫ ޞައްޙަވުމުގެ ޝަރުޠުތައް
1- އިސްލާމަކުކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރުމާއި ބާލިޢުވުން. (ކާފިރުންނާއި މޮޔައިންނާއި ކުޑަކުދިންގެ ތެރެއިން ތަންދޮރު އެނގޭ ޢުމުރަށް ވާޞިލުނުވާ ކުދިން ކުރާ ވުޟޫ ޞައްޙައެއް ނުވާނެއެވެ.)


Read more...

ވުޟޫގެ ތަޢުރީފާއި އޭގެ ޙުކުމް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޥުޟޫގެ ބާބު
ވުޟޫގެ ތަޢުރީފާއި އޭގެ ޙުކުމް:
ޥުޟޫގެ ލުޣަވީ މާނަ: ޥުޟޫ ނެގިފައިވަނީ “الوَضَاءَةُ” މިބަހުންނެވެ. އެއީ ރީތިކަމާއި ސާފުކަމެވެ.
ޥުޟޫގެ ޝަރުޢީ މާނަ: ﷲ ތަޢާލާއަށް އަޅުކަން ކުރުމުގެ ގޮތުން، ޝަރުޢުގައި ޚާއްޞަ ކުރެވިފައިވާ ޞިފައެއްގައި، ހަތަރު ގުނަވަނެއްގައި އެބަހީ މޫނާއި ދެއަތާއި ބޮލާއި ދެފައިގައި ފެން އިސްތިޢުމާލު ކުރުމެވެ.


Read more...

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ނޫނިއްޔާގައި ވިދާޅުވެފައިވެއެވެ. [شرح النونية للهراس (2/134).]

شرطُ المحبةِ أن توافِقَ مَنْ تحبَّ
على محبَّته بلا عصيان
ތިބާ އެފަރާތެއްދެކެ ލޯބިވާ ފަރާތުގެ ލޯބީގެ މަތީގައި އެއްވެސް އުރެދުމެއް ނެތި ތެދުވެރިވުމީ ލޯބިވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.


Read more...

ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

3- ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ
އޭގެ މާނައަކީ އެ ޢަމަލުކުރާ މީހާގެ އެއްވެސް ޢަމަލެއް ޤަބޫލުކުރެވިގެންނުވުމެވެ. އޭނާ ކުރާ ނަމާދެއް ދޭ ޒަކާތެއް އަދި މިނޫންވެސް އޭނާ ކުރާ އެއްވެސް ޢަމަލެއް އޭނާގެ ކިބައިން ޤަބޫލުކުރެވިގެން ނުވެއެވެ. ސަބަބަކީ އޭނާ އެވަނީ ބޮޑު ޝިރުކުގެ މަތީގައެވެ.


Read more...