11 December 2014

ކުރުސި، ކީރިތި ޤުރުއާނުގެ އާޔަތްތައް ފާރުގައި އެލުވާފައި/ތަތްކޮށްފައި ބެހެއްޓުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ސުވާލު: ބައެއް މުސްލިމުންގެ ގެތަކަށް ޒިޔާރަތްކުރާ އިރު، އެކި އެކި ފާރުތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ﷲ ތަޢާލާގެ ރިވެތި ނަންފުޅުތަކާއި އަދި އެނޫންވެސް މިފަދަ ތަކެތި ލިޔެފައިވާ ޕޯސްޓަރުތަކާއި ބޯޑުތައް ހިއްޕާފައިވާތީ ފެނެއެވެ. މިކަމާމެދު އިސްލާމީ ޝަރީޢަތުގެ ޙުކުމަކީ ކޮބައިތޯއެވެ؟

Read more...

ޚިތާނުނުކުރާ މީހެއްގެ އިމާމުކަން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ސުވާލު: ޢުމުރުން ތިރީސް އަހަރުވުމަށްފަހުގައި ނުވަތަ އެއަށްވުރެ ޢުމުރުގެ ގޮތުން ދަށް ނުވަތަ އެއަށްވުރެ ޢުމުރުން ގިނަދުވަސްވުމަށް ފަހުގައި ފިރިހެނަކު ނުވަތަ އަންހެނަކު އިސްލާމްވެއްޖެނަމަ އެ މީހުންނަށް ޚިތާނުކުރުން ލާޒިމުވާނޭ ހެއްޔެވެ؟ އަދި ޚިތާނުނުކުރާ މީހެއްގެ އިމާމުކަން ޞައްޙަވާނޭ ހެއްޔެވެ؟

************************************************************
ޖަވާބު: އަލްޙަމްދު ލިﷲ
ހަމަކަށަވަރުން، ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ ފިޠުރަތުގެ ގެ ސުންނަތްތަކުގެ ތެރެއިންވާ ކަމެކެވެ. ޢުމުރުން ދުވަސްވުމަށްފަހުވެސް އެކަން ނުކޮށްހުރިނަމަ އޭނާގެ މައްޗަށް އެއްވެސްކަމެއް ނެތެވެ. އޭނާގެ އިމާމުކަން ދަންނައެ، ފަހެ އެކަން ޞައްޙަވެގެންވެއެވެ.

فتاوى اللجنة الدائمة5/117

Read more...

“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

"އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ." ޙަދީޘުގެ ފައިދާތައް
عنْ أبي عبدِ الرَّحمنِ عبدِ اللهِ بنِ عُمرَ بنِ الخطَّابِ -رَضِي اللهُ عَنْهُما- قالَ: سَمِعْتُ رسُولَ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - يَقُولُ:)) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقامِ الصَّلاَةِ، وإِيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمَضَانَ((. رَوَاهُ البُخَارِيُّ ومُسْلِمٌ. [رواه البخاري (8) ومسلم (16) (19).]


Read more...

ވަދާޢުގެ ޠަވާފުކުރުމުގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ނަޙްރުގެ ދުވަހުގައި ހިލައުކުމުގެ ކުރިން މިނާއިން މައްކާއަށް އައިސް ވަދާޢުގެ ޠަވާފުކުރުން އަދި އޭގެ ފަހުގައި މިނާއަށް އެނބުރި ގޮސް ޖަމުރާތަކަށް ހިލައުކުމަށްފަހު އެމީހުންގެ ޤައުމަށް ފުރައިގެން ދިޔުން: މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

Read more...

ވަދާޢުގެ ޠަވާފުކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޞަޙީޙައިންގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. أُمِرَ النَّاسُ أَنْ يَكُونَ، آخِرُ عَهْدِهِمْ بِالْبَيْتِ إِلاَّ أَنَّهُ خُفِّفَ عَنِ الْحَائِضِ‏.‏ މާނައީ: “އެބައިމީހުން މައްކާގައި ކުރާ އެންމެ ފަހު ކަމަކީ ގެފުޅުގެ ކައިރީގައި ޠަވާފުކުރުން ކަމުގައި ހެދުމަށް މީސްތަކުންނަށް އަމުރުވެވިގެންވެއެވެ. އެކަމަކު ޙައިޟުވެރިންވަނީ އެކަމުން އިސްތިސްނާވެގެންނެވެ.”

Read more...

ޖަމުރާއަށް ހިލައުކުމުގެ ތެރޭގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ކޮންމެ ގޮތަކުންވެސް މުދުދަލިފާއިން ހިލަ ހޮވަންޖެހޭނެ ކަމަށް އިޢުތިޤާދުކުރުން: އެހެންކަމުން އެބައިމީހުން ރޭގަނޑުގެ ވަގުތުތަކުގައި ހިލަހޮވުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއިން ހިލަކޮޅެއް ގެއްލިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކޮށް، އެބައިމީހުންގެ ރައްޓެހިން ގާތުން، މުޒުދަލިފާއިން ހޮވާފައި ހުރި ހިލައިން ހިލަ ދިނުމަށް އެދެއެވެ.

Read more...

ޖަމުރާއަށް ހިލައުކުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޖަމުރާއަށް ހިލައުކުން


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަމުރަތުލް ޢަޤަބާއަށް (އެއީ އެންމެ ދުރު ޖަމުރާއެވެ. ނުވަތަ މައްކާއާ އެންމެ ކައިރި ޖަމުރާއެވެ.) ހަތް ހިލަކޮޅު، ނަޙްރުގެ ދުވަހުގެ ހެނދުނުގައި އުއްކެވި ކަމަށް ޘާބިތުވެފައިވެއެވެ. އެއިން ކޮންމެ ހިލަކޮޅަކީ އަތުގެ އިނގިލިތަކުން ހިފޭވަރުގެ ކުޑަ ހިލަކޮޅެކެވެ. ނުވަތަ ސަނާމުގުފުކަކަށްވުރެ ކުޑަތަންކޮޅެއް ބޮޑު ހިލަކޮޅެކެވެ.

Read more...

ޢަރަފާތުގައި ތިބުން އަދި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢަރަފާތުގައި ތިބުން

ޢަރަފާތު ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމިރާގައި، އިރު މެދު ޖެހެންދެން މަޑުކުރައްވާ، އޭގެ ފަހުގައި ސަވާރީގައި ދަތުރުކުރައްވާ، ފައިބާވަޑައިގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދު، އެއް ބަންގިއާއި ދެޤަމަތް ދެއްވައި އިސްކޮށް ޖަމުޢުކުރެއްވިކަން ޘާބިތުވެފައިވެއެވެ.


Read more...

ޞަފާ އަދި މަރުވާއަށް އެރުމާއި، އެދެތަނުގައި ދުޢާކުރުމާއި، ދެފެހިލައިޓުގެ ދެމެދުގައި ދުވުމާއި، މިކަންކަމުގެ ތެރޭގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފާ ފަރުބަދައާ ކައިރިވެވަޑައިގަތުމުން {إِنَّ الصَّفَا وَالْـمَرْوَةَ مِنْ شَعَائِرِ اللهِ}މިފަދައިން ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ.

Read more...

ޠަވާފުގެ ފަހުގައި ކުރާ ސުންނަތް ދެ ރަކްޢަތް ކުރުމުގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުން އަވަދިވެވަޑައިގެން، މަޤާމު އިބުރާހީމުގެ ކައިރިއަށް ވަޑައިގެން {وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى} [البقرة:125] މާނައީ: “އަދި އިބުރާހީމު ޢަލައިހިއްސަލާމު ހުންނެވިތަން އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ހަދާށެވެ.”މިފަދައިން ވިދާޅުވިކަމުގައި ޘާބިތުވެފައިވެއެވެ. އަދި މަޤާމު އިބުރާހީމުގެ ފަހަތުގައި ހުއްޓިވަޑައިގެން ދެ ރަކްޢަތް ކުރެއްވިއެވެ. ފުރަތަމަ ރަކްޢަތުގައި ފާތިޙާ ސޫރަތަށްފަހު ކާފިރޫން ސޫރަތް އަދި ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތަށް ފަހު އިޚްލާޞް ސޫރަތް ކިޔަވާވިދާޅުވިއެވެ.

Read more...

ޠަވާފުކުރާއިރު ދުޢާކުރުމާއި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުގެ ތެރޭގައި ޙަޖަރުލް އަސްވަދުގެ ކައިރިއަށް ވަޑައިގެންނެވި ކޮންމެ ފަހަރަކު އެކަލޭގެފާނު ތަކްބީރު ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ.

Read more...