25 December 2012

ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ދާއޫދުގެފާނުގެ ރޯދަ - ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَحَبُّ الصِّيَامِ إِلَى اللهِ صِيَامُ ‏ ‏دَاوُدَ ‏‏ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا -رواه البخاري މާނައަކީ: " ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ."

Read more...

12 December 2012

ފަރުބަދަ


ފަރުބަދަތަކަކީ ﷲ ތަޢާލާ ދުނިޔެމަތީގައި ލައްވާފައި ވާ ވަރަށް ފުރިހަމަ މަޚްލޫޤެކެވެ. އެއިލާހުގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަން ހާމަވާ ފުރިހަމަ މިސާލެކެވެ.

ކީރިތި ޤުރުއާނުގައި ސޫރަތުލް އަންބިޔާގެ 31 އާޔަތުގައި ﷲސުބުޙާނަހޫވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.


Read more...

07 December 2012

އިސްލާމްކަން ގެއްލޭ ކަންކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ދަންނާށެވެ! އިސްލާމްކަން ގެއްލޭ ދިހަކަމެއް ވެއެވެ.

1- ފުރަތަމަ ކަންތައް: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ- النساء 48 ”ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. إنَّهُ مَنْ يُشْرِك بِاللهِ فَقَد حَرَّمَ اللهُ عَلَيْه الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِيْن مِنْ أنْصَارٍ- المائدة 72 “ހަމަކަށަވަރުން، މާތްﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން، މާތްﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އަދި އޭނާ ގޮސް އޮންނާނޭ ތަނަކީ، ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުވެރީން ކަމުގައިވާނޭ ބަޔަކު ނުވެއެވެ.”


Read more...

03 December 2012

މުދާހޯދަން މަސައްކަތްކުރުމުގެ މަތިވެރިކަން

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު

އިސްލާމްދީން ވަނީ މުދާ ހޯދުމަށްޓަކައި ވަރަށްބޮޑަށް ބާރު އަޅުއްވާފައެވެ. އަދި މުދާ ހޯދާނެ ޙަލާލު މަގުތައް ދައްކަވާފައެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމުން ހިތަށްއެރި ކޮންމެ ގޮތަކަށް މުދާ ހޯދުމަކީ އަޅުގަނޑުމެންނަށް ހުއްދަ ވެގެންވާ ކަމެއްނޫނެވެ.

Read more...