Showing posts with label ރަޤާއިޤް. Show all posts
Showing posts with label ރަޤާއިޤް. Show all posts

03 January 2021

ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ފާފައެއް ކުރަން ހިތަށް އަރައިފިނަމަ ނުވަތަ ފާފައެއް ކުރުމަށް ދަޢުވަތު ދެވުނު ނަމަ ކީރިތި ޤުރްއާނުގެ މި އާޔަތް ހަނދާންކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި ހިތަށް އެރުވުމަށްޓަކައި މި ދެ އާޔަތް ހިތުދަސްކޮށްލާށެވެ. މާނައާއެކުގައެވެ.

Read more...

17 September 2020

ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔަން އެންމެ ރަނގަޅު ވަޤުތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ.

Read more...

01 September 2020

ދުޢާ އިޖާބަވުމުގެ ޝަރްޠުތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ﷲ ގެ ޙަޟްރަތުން އިޖާބަވަނިވި ޤަބޫލުކުރެވިގެންވާ ދުޢާއެއް ކުރުމަށްޓަކައި ބައެއް ޝަރްޠުތައް އެދުޢާގައި ހުންނަންޖެހޭނެ ކަމަށް އަންނަނިވި ދަލީލުތަކުގެ އަލީގައި، ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

Read more...

16 August 2020

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 4

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
26- ޢަރަފާތް ދުވަހަކީ ޢާޝޫރާ ދުވަހަށްވުރެ މާތް ދުވަހެކެވެ. ޢަރަފާތްދުވަހުގެ ރޯދައަކީ ދެއަހަރުގެ ފާފަ ފުހެލޭ ރޯދައެކެވެ.

Read more...

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 3

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
17- ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. ފުރަތަމައީ ތިންދުވަހު ރޯދަ ހިފުމެވެ. އެއީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހެވެ.

Read more...

15 August 2020

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 2

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
9- ސަލަފުންނާއި ޚަލަފުން (ކުރީގެ މީހުންނާއި ފަހުގެ މީހުން) ގެ އަރިހުގައި ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. ޙަދީޘްތަކުގެ ބޭރުފުށުގެ މާނަވެސް ހުރީ އެގޮތަށެވެ. އަދި ލަފުޒުން ދޭހަވަނީވެސް އެމާނައެވެ. ބަހުގެ ޢިލްމުވެރިންގެ އަރިހުގައިވެސް މަޝްހޫރުގޮތަކީ މިއީއެވެ. ())) انظر: شرح النووي على مسلم 12 /8( » (، و «المجموع 383/6( » (.)

Read more...

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 1

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
الحمد لله، والصلاة والسلام على رسول الله މިއީ މުޙައްރަމް މަހާއި ޢާޝޫރާއާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ.

Read more...

15 July 2020

ދުޢާކުރާއިރު ޙަމްދު ޞަލަވާތް ކިޔާނީ ކޮން އިރަކު؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ދުޢާކުރާއިރު ﷲ ތަޢާލާއަށް ޙަމްދުކުޅައުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުމަކީ ދުޢާކުރުމުގެ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބުތަކެވެ.

Read more...

04 April 2014

ﷲ ލޯބިވެވޮޑިގަންނަވާ މީހުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الحمد لله والصلاة والسلام على رسول الله
ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވަނީ އަހަރެމެންގެ ކިބައިގައި ކޮންކޮން ޞިފަތަކެއް ހުރެގެން ހެއްޔެވެ؟
الإحــــســـــــان : އިޙްސާންކަން:

އިޙްސާންތެރިންނަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އެއިލާހަށް އަޅުކަންކުރާ މީހުންނެވެ. އެހެނީ އެމީހާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު އޭނާ ދެކެދެނެވޮޑިގެންވެއެވެ. އިޙްސާންތެރިކަމަކީ އެއީ ސިއްރާއި ފާޅުގައި ﷲ ތަޢާލާ ތިބާ މުރާޤަބާކުރައްވާކަން ޤަބޫލުކުރުމެވެ. އަދި ބަސްބުނުމުގަޔާއި ޢަމަލުކުރުމުގައި އެކަމަށް ރިޢާޔަތްކުރުމެވެ. އެއީ ޢަމަލުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ﷲ ގެ ވަޖުހަފުޅު އަދައިގެން އެއިލާހުގެ ރުހިވޮޑިގަތުން އެދިގެން ކުރުމެވެ. އިޙްސާންތެރިން ނުވަތަ މުޙްސިނުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން ކީރިތި ޤުރުއާނުގައި 5 ފަހަރު އެއިލާހު ވަޙީކުރައްވާފައިވެއެވެ. އެއީ މި ދަންނަވާ އާޔަތްތަކުގައެވެ.


Read more...

19 January 2014

އޭ ނަފްސާއެވެ! މިހާރު ފުދޭވަރު ވެއްޖެއެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަހަރުތައް ފާއިތުވެގެން ދަނީއެވެ.

ދުވަސްތައް މާޒީވެ ދަނީއެވެ.

މީސްތަކުން ވަނީ ކުޅިވަރާ މަޖަލުގެ ތެރެއަށް ގެނބިފައެވެ.

މީސްތަކުން ވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ.


Read more...

01 December 2013

ނަފްސު މުޙާސަބާކުރަމާ ހިންގަވާށެވެ.

އައްޝައިޚް މުޙައްމަދު ޝަމްޢޫނު

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

ދުވަސްތައް މިހިރަ ފާއިތުވަނީއެވެ. އެކިމީހުންގެ އަޖަލުތައް އައިސް އެބައިމީހުންނާއި ބައްދަލުކުރަނީއެވެ. އެތައްހާސް ބައެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ ދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. މަންމަގެ އުގުން ކަށްވަޅަށް މީސްތަކުން ދަތުރު ކުރަނީއެވެ. ދުނިޔަވީ ލައްޒަތުތަކާއި މަލައްޒާތުތަކަށް އެބައިމީހުން އަލްވަދާއު ކިޔަނީއެވެ. 40 އަހަރުވުމުން ތައުބާވުމަށް ޢަޒުމްކޮށްގެން، ޣާފިލުކަމުގެ ނިދިން ނިދާފައި ތިއްބާ ނަރަކައިގެން އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށް ދާންޖެހެނީއެވެ. ނަމަވެސް މިއިން ޢިބްރަތް ޙާޞިލްކޮށް، އަމިއްލަ ނަފްސު މުހާސަބާކޮށް ތައުބާވުމަށް އަވަސްވެގަންނަނީ ފަހެ ކޮންބައެއްތޯއެވެ؟


Read more...

23 November 2013

ތިބާގެ ނަފްސަށް އާމަންކަން ލިބޭ ކަމެއް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ މަންހަޖުގެ މަތީގައި ޤާއިމްވެފައިވާ ތަރުބިއްޔަތަކީ ނަފުސުގެ އަމާންކަމާއި ހަމަޖެހުމަށް ވަރަށް ގިނަ ކަންތައްތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. އެއީ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ މީހަކަށް އެހެން އެއްވެސް މީހަކަށް ނުލިބޭ ހިތުގެ ހަމަޖެހުން ލިބޭނެއެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއިލާހު ދެނެގަތުމަށާއި އެއިލާހަށް ތައުބާވުމަށާއި، އެއިލާހު ދެކެ ލޯބިވުމަށާއި އެއިލާހަށް އިޚްލާޞްތެރިވުމަށެވެ. ހިތްތަކުގެ ހަމަޖެހުން ވަނީ އެއިލާހު ހަނދުމަކުރުމުގައެވެ. ނަފުސުތަކުގެ ހަމަޖެހުންވަނީ އެއިލާހު ހަނދުމަކުރުމުގައެވެ.

Read more...

08 May 2013

ޣާފިލުކަމުގެ ޢަލާމާތްތަކާއި ސަބަބުތަކާއި ފަރުވާ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

إِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ*أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ – يونس 7-8 ހަމަކަށަވަރުން، ތިމަންއިލާހާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންއިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.

Read more...

19 April 2013

ތަރުބަވީ ނަފްސާނީ ޢިލްމުގެ އަސާސްތަކުގައި އިސްލާމްދީނާ ހުޅަނގާ ދެމެދު ހުރި ފަރަޤު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު އަސާސްތައް

1- ތައުޙީދު

2- އިންސާނާގެ އަޞްލަކީ އާދަމް ޢަލައިހިއްސަލާމެވެ. އާދަމް ޢަލައިހިއްސަލާމް އުފެއްދެވުނީ ވެލިންނެވެ.

3- އިންސާނާއަކީ ކަރާމާތްތެރިކުރެވިގެންވާ މަޚްލޫޤެކެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ – الإسراء: ٧٠ މާނަ: “ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ.”


Read more...

17 April 2013

ނަފްސުގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ބަހުގެ ގޮތުން ބަލާއިރު ނަފްސު މިލަފްޒުގައި އެތައް ބައިވަރު މާނަތަކެއް އެކުލެވިގެންވެއެވެ.

1- ފުރާނަ، (ރޫޙު) – يُقَالُ خَرَجَتْ نَفْسُهُ ބުނެވެއެވެ. އޭނާގެ ނަފްސު ނުކުމެއްޖެއެވެ. މިތާނގައި ނަފްސުގެ މާނައަކީ ރޫޙެވެ. (ފުރާނަ އެވެ)

2- އަލްޢައިން – (އެސްފީނާ) – يُقَالُ أَصَابَهُ نَفْس ބުނެވެއެވެ. އޭނާއަށް އެސްފީނާ ޖެހިއްޖެއެވެ.

3- ނިޔަތް – يُقَالُ فِي نَفْسِ فُلاَنٍ كَذَا وَكَذَا ބުނެވެއެވެ. އެވެނި މީހެއްގެ ނިޔަތުގައި އެވެނި މިވެނި ކަމެއްވެއެވެ.

4- އިންސާނީ ޛާތު – މިއީ އިންސާނާގެ ނަފްސަށް ނިސްބަތްކުރުމެވެ. ތަރުބަވީ ނަފްސާނީ ޢިލްމުގައި ނަފްސު މާނަކުރަނީ މިމާނައިގައެވެ.


Read more...

16 April 2013

ތަރުބަވީ ނަފްސާނީ ޢިލްމު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ނަފްސާނީ ޢިލްމުގެ ތަޢާރަފު

ނަފްސާނީ ޢިލްމަކީ އިންސާނާގެ ސުލޫކު ދިރާސާކޮށް ދެނެގަތުމުގެ ޢިލްމެވެ. އެއީ އޭނާގެ ފެންނާންހުންނަ (ޡާހިރީ) ކަންތައްތަކާއި ފޮރުވިފައި ހުންނަ(ބާޠިނީ) ކަންތައްތައް ހިމެނޭގޮތުންނެވެ. ފެންނާން ހުންނަ ކަންތައްތަކުގެ މިސާލަކީ ވާހަކަދެއްކުމާއި، ޙަރަކާތްތެރިވުން ފަދަ ކަންތައްތަކެވެ. ފެންނާން ނުހުންނަ ކަންތައްތަކުގެ މިސާލަކީ ވިސްނުމާއި، ޚިޔާލުކުރުމާއި، ހަނދާންކުރުން ފަދަ ކަންތައްތަކެވެ.


Read more...

08 March 2013

ތައުބާގެ ދޮރުން ވަންނާށެވެ

ފަތްތޫރަ

ﷲއަށް ޙަމްދު ހުއްޓެވެ. އެކަލާނގެ މެދުވެރި ކުރައްވާ ކޮންމެ ކަމަކީ އިންސާނުންނަށް ޢިބުރަތުން ފުރިގެންވީ ދަރުސް ތަކެކެވެ. އިންސާނުން ހަމަބިމަށް ފޭބުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުނިޔެއަކީ އެއްވެސް ތަނެއް ނޫންކަމާއި ހަމަޖެހުން ގެނެސްދޭނެ ތަނެއްވާކަމުގެ އިޙްސާސް ކުރުވައެވެ.

Read more...

05 February 2013

ފަސްކަމެއްގައި މެނުވީ އަވަސްވުން ވަނީ ޝައިޠާނާގެ ފަރާތުންނެވެ

ތަރުޖަމާ:މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

قَالَ حَاتِمُ كاَنَ يُقَالُ العَجَلَةُ مِنَ الشَّيطَانِ إِلاَّ فِي خَمْسٍ
ޙާތިމް ވިދާޅުވިއެވެ. ފަސްކަމެއްގައި މެނުވީ އަވަސްވުން ވަނީ ޝައިޠާނާގެ ފަރާތުންނޭ ބުނެވެއެވެ.



Read more...

28 November 2012

ނިޢުމަތްތަކުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތު

އަލްއަޚް މުޙައްމަދު ޝަމްޢޫން

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އާދެ! ދުޅަހެޔޮ ޞިއްޙަތަކީ، ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ.


Read more...

04 November 2012

ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައްކުރާނެ ގޮތް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ.

Read more...