16 June 2014

އެންމެ ރަނގަޅު ފުރުޞަތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މާ ގިނަ ދުވަސްތަކެއް ނުވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޛުނަފުޅާއެކު އަޅުގަނޑުމެންނާ އެއިލާހު މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ބައްދަލުކުރާނެއެވެ.
ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ވަނީ އެ މައްސަރުގައެވެ. ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތް އުންމަތްތަކުގެ ތެރެއިން އެންމެ މާތް އުންމަތުގެ، ރަސޫލުންގެ ތެރެއިން އެންމެ މާތް ރަސޫލާގެ މައްޗަށް ބާވައިލެއްވުނީ އެރޭގައެވެ.


Read more...

ޚުއްފާއި ފަގުޑިއާއި ބެންޑޭޖުގެ މަތީގައި (ފެން) ފުހުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الخُفُّ އަކީ ހަމުން ނުވަތަ އެފާޑުގެ އެއްޗަކުން ހަދާފައި ހުންނަ، ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެކެވެ. އޭގެ ޖަމްޢުއަކީ خِفَافٌ އެވެ. ހަމުން ނޫން އެއްޗަކުން މިސާލަކަށް ވޫލުން ނުވަތަ ކޮޓަން ފަދަ އެއްޗަކުން ހަދާފައިވާ އެއްޗެއް ކަމުގައި ވިޔަސް އެއީ ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެއްނަމަ އެ ބެލެވެނީ ޚުއްފުކަމުގައެވެ.

Read more...

08 June 2014

ޞާލިޙުންގެ ޤަބުރުތަކާ ޝިރުކާ ހުރި ގުޅުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ الدُّعَاءَ هُوَ الْعِبَادَةُ)) ‌[رواه أحمد]‏. މާނައީ: “ހަމަކަށަވަރުން ދުޢާކުރުމަކީ އެއީ އަޅުކަމެވެ.” ﷲ ނޫން ފަރާތަކަށް އަޅުކަން އަނބުރާލުމަކީ ޝިރުކުކުރުމެވެ. ވަލީވެރިއަކަށް ނުވަތަ ނަބިއްޔަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ދުޢާކޮށްފި މީހަކު ﷲ ތަޢާލާއަށް ޝިރުކުކޮށްފިއެވެ. މި ޝިރުކަށް ވާޞިލުކޮށްދޭ އެންމެ ބޮޑުކަމަކީ ޞާލިހުން މަތިވެރިކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމެވެ. ޞާލިޙުން ދެކެ ލޯބިވުމަކީ އެއީ ﷲ ތަޢާލާއަށް އެކަމުން ކުއްތަންވެވޭ ކަމެކެވެ. އެކަމަކު އެކަމުގައި ޙައްދުފަހަނަ އަޅާ ދިޔުމަކީ އެއީ ލޯބިވުމެއް ނޫނެވެ. ޙައްދުފަހަނަ އަޅައި ދިޔުމަކީ އެމީހުންނަށް ލިބިގެންވާ މަޤާމަށްވުރެ އެމީހުން މަތިވެރިކުރުމާއި، ﷲ ފިޔަވައި އެމީހުންގެ ކިބައިން ކަންތައްތަކަށް އެދި ދުޢާކުރުމާއި، އެމީހުންނަށް ޣައިބު އެނގޭކަމަށް ހީކުރުމާއި، ބަލާ މުޞީބާތުން ސަލާމަތްކޮށްދިނުމުގެ ބާރު އެމީހުންނަށް ލިބިގެންވާކަމަށް ޤަބޫލުކުރުމާއި، ބޭޤަރާރުވެފައިވާ މީހާގެ ދުޢާ އެފަރާތްތަކުން އިޖާބަކުރައްވާކަމަށް ޤަބޫލުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Read more...

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރުދިނުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އޭ ﷲ ގެ މުއުމިނު އަޅާއެވެ. މި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވާ، ތަބާވާ މީހުންގެ ތެރެއިން ވާށެވެ. ކާފިރުންނަށް ވާގިވެރިނުވާށެވެ. އަދި ކިއެއްތަ ކާފިރުންނީ ޢާލަމްތަކުގެ ވެރި ﷲ އެބަޔަކުދެކެ ކޯފާއިސްކުރައްވާފައިވާ ބައެކެވެ. އެމީހުންނާ ވައްތަރުނުވާށެވެ. ހަމަކަށަވަރުންވެސް ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެމީހުންގެ ތެރެއިންނެވެ. ތިބާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ތަބާވުމުންނާއި، ލޯބިވުމުންނާއި މުޝްރިކުންނާ ގުޅުންކެނޑުމުން، ނަޞްރުދޭށެވެ. ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރުދެއްވާނެއެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅު މަތިވެރިކުރައްވާނެއެވެ. މުޝްރިކުން ނުރުހުނުކަމުގައިވިޔަސް މެއެވެ. މުނާފިޤުން ނުރުހުނު ކަމުގައިވިޔަސް މެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [آل عمران، الآية: 85] މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.”

Read more...

فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް (ތިންވަނަ ބައި)

މުޙައްމަދު ޝާފިޢު ޢަބްދުލްޣަފޫރު

ﷲ ގެ ޙައްޤު: އެއީ ހުރިހާ ބާވަތެއްގެ އަޅުކަންކުރުމުގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ﴾ [البقرة: ١٦٣] މާނައީ: “އަދި ތިޔަބައިމީހުންގެ އިލާހީ، އެއްކައުވަންތަ އިލާހެވެ. އެއިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ ރަޙްމާންވަންތަ ރަޙީމުވަންތަ އިލާހެވެ.” އަދި ހަށިގަނޑާއި ދުލާއި ހިތުގެ ޢަމަލު ކުރުމުގައިވެސް އެއިލާހާ އެހެން އެއްވެސް ފަރާތަކާ ޝަރީކު ނުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا﴾ [النساء: ٣٦] މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާހުށިކަމެވެ.”

Read more...

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ ނިޢުމަތެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَهْلَ الْكِتابِ قَدْ جاءَكُمْ رَسُولُنا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتابِ وَيَعْفُوا عَنْ كَثِيرٍ قَدْ جاءَكُمْ مِنَ اللَّهِ نُورٌ وَكِتابٌ مُبِينٌ (15) يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوانَهُ سُبُلَ السَّلامِ وَيُخْرِجُهُمْ مِنَ الظُّلُماتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلى صِراطٍ مُسْتَقِيمٍ (16) [المائدة، الآيتان: 15، 16] މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް ޢަފޫކުރައްވާ ޙާލު، ހަމަކަށަވަރުން، ތިމަންއިލާހުގެ ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުން ނޫރަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. (15) ﷲ އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.”(16)

Read more...

ނިޔަތުގެ ޙަދީޘްގެ ފައިދާތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الحمد لله وكفي، وصلى الله وسلم على نبيه المصطفي، وعلى آله وأصحابه أهل البر والوفا ، أما بعد:

عن أميرِ المؤمنينَ أبي حفصٍ عمرَ بنِ الخطَّابِ رَضِي اللهُ عَنْهُ قالَ: سَمِعْتُ رسولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يقولُ: « إِنَّمَا الأَعْمَالُ بالنِّيَّاتِ وإِنَّمَا لِكُلِّ امْرِئٍ ما نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ فَهِجْرَتُهُ إِلى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَو امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ». رواه إماما المحدثين : أبو عبد الله محمد بن إسماعيل بن إبراهيم بن المغيرة بن بَرْدِزْبَه البخاري، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة [صحيح البخاري (1) وفي مواضع أخرى ، ومسلم (1907) (155).]


Read more...

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވާފައިވަނީ ޖިންނީންނާއި އިންސީންގެ ގާތަށެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޢާއްމު ރިސާލަތެކެވެ. އެކަލޭގެފާނަށްފަހުގައި އައު ނަބިއްޔަކު ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Read more...

ބޮޑު ޝިރުކުގެ ބައެއް މިސާލުތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޝިރުކު ބެހެނީ މައިގަނޑުގޮތެއްގައި ދެބަޔަށްކަން އަހަރެމެންނަށް އެނގިއްޖެއެވެ. އެއީ ބޮޑު ޝިރުކާއި ކުޑަޝިރުކެވެ. ޝިރުކުގެ މި ދެބާވަތް ބަޔާންކުރެވޭތޯ ބަލާނަމެވެ.

Read more...

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހިކިޔުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މުސްލިމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހި ކިޔައިފިނަމަ އެމީހާ މުރުތައްދުވެއްޖެއެވެ. އަދި އަހަރެމެންގެ ކައިރީގައި (އެބަހީ ޙަންބަލީ މަޒުހަބުގައި) އެމީހާއަށް ތައުބާއެއް ނުވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Read more...