Showing posts with label އަދަބު އަޚްލާޤު. Show all posts
Showing posts with label އަދަބު އަޚްލާޤު. Show all posts

12 May 2021

ﷲ އާ ކުއްތަންވުމަށްޓަކައި މާއިރާ ނިދުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ކޮންމެ ދުވަހެއްގައިވެސް ﷲ ތަޢާލާ ލައްވާފައިވާ އެންމެ މާތް ވަޤުތަކީ ރޭގަނޑުގެ ފަހު ބައެވެ. އެ ވަޤުތަކީ އެއީ އަޅުކަންކުރުމަށް އެންމެ މާތްކަންބޮޑު ވަޤުތެވެ.

Read more...

04 October 2020

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާ ކަމެކެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އެކަލޭގެފާނުގެ ގާތްމީހުން ބުނީ މިފަދައިންނެވެ.

Read more...

28 July 2020

‏ފެންނަ ނުބައި ހުވަފެންތަކާއި ނިދީގައި ކުރިމަތިވާ އުނދަގޫތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ހުވަފެން ބެހޭ ބައިތައް
އިންސާނުންނަށް ފެންނަ ހުވަފެން ތިން ބަޔަކަށް ބެހެއެވެ.

Read more...

01 July 2020

އިރު އޮއްސޭ ވަގުތު ކުޑަކުދީން ބޭރަށް ނެރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
އިރު އޮއްސޭ ވަޤުތު ކުޑަކުދީން ބޭރަށް ނެރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ. ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. 

Read more...

04 June 2020

ޙަސަދަ އަދި އެސްފީނާއިން ރައްކާތެރިވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޙަސަދައަކީ ނުބައި ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. މީހާގެ ހިތަށް ޖެހޭ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ޙަސަދައާ ވީހާވެސް ދުރުގައި ހުރުމަށް މުއުމިނު އަޅާ އަބަދުވެސް ސަމާލުކަން ދޭންޖެހޭނެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}. މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”

Read more...

21 February 2014

އިސްލާމްދީނުގައި ޙައްދެއް ޤާއިމުކުރަން ވެއްޖިއްޔާ މީހަކު ނުވަތަ ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެތޯ؟

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ޖަވާބު: މިސުވާލުގެ ޖަވާބު ފަސޭހައެވެ. މިސުވާލުގެ ޖަވާބަކީ އެންމެ ޙައްދެއްގައި ނޫނީ ރުހުން ހޯދާކަށް ނުޖެހޭނެއެވެ. އެއީ ހަމައެކަނި މަރަށް މަރުހިފުމުގައެވެ. މަރަށް މަރުހިފަން ވެއްޖެނަމަ މަރުވިމީހާގެ ވާރުތަވެރިޔާގެ ބަހެއް ހޯދަން ޖެހެއެވެ. އޭނާ މަޢާފުކޮށްފިއްޔާ ޤާތިލުގެ ބޯ ނުކަނޑައި ދޫކޮށްލެވިދާނެއެވެ. އެވާހަކަ ޤުރުއާނުންވެސް ސާބިތުވެއެވެ.

Read more...

01 December 2013

މުސްލިމުންގެ ހައިބަތު

އައްޝައިޚް މުޙައްމަދު ޝަމްޢޫން

މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ. ޚަލީފާއަށް ސަލާމްގޮވުމަށްފަހު، އޭނާ ބުންޏެވެ. ” އޭ މުއުމިނުންގެ އަމީރެވެ. އަޅުގަނޑު މި އައީ ޢައްމޫރިއްޔާއިންނެވެ.

Read more...

28 November 2013

ޙައްޤުތައް ހޯދުމުގައި ރިވެތި އަޚުލާޤު ބޭނުންކުރުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީނުގައި އިއްވޭ ނިޔަތަކާއި މަތިވެރި އަޚްލާޤު ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ކުރެވޭ ދަޢްވާއެއްގައި ދެ ޚަޞްމުންކުރެ ޚަޞްމެއްގެ މޮޅުވާހަކަ ދެއްކުމުންނާއި ދިފާޢުވުމުގެ ކުޅަދާނަކަމުން އެމީހަކަށް ލިބެންނުވާ ޙައްޤެއް ލިބުމަކީ އިންޞާފުވެރި ގޮތެއްކަމަކަށް އިސްލާމްދީން ނުދެކެއެވެ.

Read more...

25 November 2013

ސުންނަތާ އެއްގޮތަށް ކެއުމާއި ބުއިން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

* ކެއުމުގެ ކުރިން
1- ދެއަތްތިލަ ރަނގަޅަށް ދޮވުން
2- ކާއެއްޗަކީ ޙަލާލު އެއްޗެއްތޯ ޔަޤީންކުރުން - يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ- البقرة 172- "އޭ އީމާންވީ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުކުރެއްވި (ދެއްވި) ޙަލާލުތަކެތިން ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ!"


Read more...

23 November 2013

އިސްލާމީ އަޚުލާޤު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެކަނި މާއްދިއްޔަތަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި، އިންސާނީ ތާރީޚަކީ ކާބޯތަކެތި ހޯދުމުގެ ތާރީޚެކެވެ. އާދެ ޝަހުވަތުގެ ތާރީޚެވެ. މާއްދީ އަދި އިޤުތިޞާދީ ބާރަކީ އިންސާނާގެ ޙަޔާތުގެ މިޞްރާބު ޢައްޔަން ކޮށްދޭ އަދި ފިކުރުތަކާ ޢަޤީދާތައް އޭގެ މަތީގައި ބިނާވެފައިވާ ބާރެކެވެ. އެފަދަ މުޖުތަމަޢެއްގައި ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ އިންސާނާގެ މާއްދީ ޝަހުވަތު ފުއްދުމުގެ މައްޗަށެވެ. ޙަލާލެއް ޙަރާމެއް، ގޮތެއް ފޮތެއް ބެލުމެއް ނެތިއެވެ. މީހެއްގެ ޙައްޤެއް ބެލުމެއް ނެތިއެވެ. އަޚްލާޤުގެ ކަންފުޅެއްވެސް ނެތިއެވެ.

Read more...

01 May 2013

ޖިނާޔާތުގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الجنايات އަކީ جناية ގެ جمع އެވެ. މިބަސް ފާފަކުރުމުގެ މާނައިގައި ބޭނުންކުރެވެއެވެ. އަދި ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށްވެސް جناية ކިޔެއެވެ.

Read more...

03 December 2012

މުދާހޯދަން މަސައްކަތްކުރުމުގެ މަތިވެރިކަން

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު

އިސްލާމްދީން ވަނީ މުދާ ހޯދުމަށްޓަކައި ވަރަށްބޮޑަށް ބާރު އަޅުއްވާފައެވެ. އަދި މުދާ ހޯދާނެ ޙަލާލު މަގުތައް ދައްކަވާފައެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމުން ހިތަށްއެރި ކޮންމެ ގޮތަކަށް މުދާ ހޯދުމަކީ އަޅުގަނޑުމެންނަށް ހުއްދަ ވެގެންވާ ކަމެއްނޫނެވެ.

Read more...

04 November 2012

ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައްކުރާނެ ގޮތް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ.

Read more...

28 May 2012

މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމުގެ ޙުކުމް

އައްޝައިޚް އާދަމް ނަސީމް ބީއޭ
ﷲ ގެ އިސްމުފުޅުން ފަށަމެވެ. ފަޟީލަތުއްޝައިޚު އިސްމާޢީލު ބުނު މުޙައްމަދުލް އަންޞާރީ، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ފައްޅިއެޅުމުގެ މަސްއަލައާމެދު އަގުހުރި ފޮތެއް ލިޔުއްވާފައިވެއެވެ. ފޮތުގެ ނަމަކީ "ޙުކުމު ބިނާއިލް ކަނާއިސި ވަލްމަޢާބިދިއްޝިރްކިއްޔަތި ފީ ބިލާދިލް މުސްލިމީން" މިއެވެ. މިފޮތާމެދު ސަމާޙަތުއް ޝައިޚު ޢަބްދުލް ޢަޒީޒު އިބްނު ޢަބްދުﷲ އިބްނު ބާޒުގެ ތަޢުރީފުގެ ބަސްކޮޅެއް ފޮތްފެށޭ ތާނގައި ލިޔުއްވާފައިވެއެވެ. ޙަމްދު ޞަލަވާތަށްފަހު މި މުހިއްމު މަސްއަލައާމެދު ލިޔުއްވާފައިވާ ފައިދާހުރި ލިޔުއްވުމުގެ ތެރޭގައި އޮންނަ ބަސްކޮޅެއްގެ މާނައިގައިވެއެވެ.

"މުސްލިމުންގެ ރަށްރަށުގައި ފައްޅި ބިނާކުރުމަކީ، ﷲއަށް ޝަރީކުކުރާ ތަންތަން ހެދުމަކީ ޙަރާމްކަމެއްކަމާއި، އަލަށް ފައްޅިއެއް ބިނާކޮށްފިނަމަ އެތަނެއް ހަލާކު ކޮށްލުމަކީ ވާޖިބުކަމެއްކަމާއި، އަދި ޚާއްޞަކޮށް ޖަޒީރަތުލް ޢަރަބުގައި ފައްޅިއެޅުމާއި ﷲއަށް ޝަރީކު ކުރާ ތަންތަން ހެދުމުގެ ފާފަ މާބޮޑުވެގެންވާ ކަމުގެ މައްޗަށް ހަމަކަށަވަރުން ދަންނަބޭކަލުން އިޖްމާޢުވެފައި ވެއެވެ." އެބޭކަލުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ! އާމީން!

ދެންފަހެ، ދަންނަބޭކަލުންގެ އިޖްމާޢަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. މަސްއަލާއެއްގައި ދަންނަބޭކަލުންގެ އިޖްމާޢަކީ ބާރުގަދަ ދަލީލެކެވެ. ދަންނަބޭކަލުން މަސްއަލާއަކާމެދު އިޖްމާޢު ވެއްޖެނަމަ ފަހުންއަންނަ ބައަކަށްވެސް އެކަމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލުގެނައުމަކީ ހުއްދަކަމެއްނޫނެވެ. އިޖްމާޢުވެފައިވާ މަސްއަލާއެއްގައި އިޚްތިލާފެއް ނުކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި ދެގޮތަކަށް ސާބިތުވާ ޙުކުމް ހުރެއެވެ. ވީމާ ދެ ޙުކުމްވެސް ޞައްޙަވާނެއެވެ. މިފަދަ ކަންކަމުގައި ޤުރުއާނުގެ އެހެން އާޔަތަކުން ނުވަތަ ޙަދީޘަކުންނެގޭ މާނައެއްގެ މައްޗަށް ބިނާކޮށް، މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއްގެ މައްޗަށް އިޖްމާޢުވެއްޖެނަމަ އެމަސްއަލާއެއްގައި ދަލީލެއްކަމުގައި ބެލެވޭނީ ދަންނަބޭކަލުން އިޖްމާޢުވީ ގޮތެވެ. އިޖްމާޢު ނުވާނަމަ ދެގޮތްވެސް ހަމަހަމަ ވެގެންވެއެވެ. މިސާލު: ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ.

"ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ހަށިތަކައިގެން އިންތިޒާރުކުރާނީ ތިން “ޤުރްއު” އަށެވެ." ޔަޢުނީ: ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތަކީ ތިން “ޤުރްއު” އެވެ. (2/228)

މިއާޔަތުގައި މިއޮންނަ “ޤުރްއު” އަކީ ޢަރަބިބަހުގައި ދެމާނައެއް އެކުލެވިގެންވާ ލަފްޒެކެވެ. އެއީ: (1) ޙައިޟު. (2) ޠުހްރު މިއެވެ.

އެހެންކަމުން ބައެއް ދަންނަ ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޙައިޟެވެ. ބައެއް ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޠުހްރެވެ. އަދި ބައެއް ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޙައިޟުއާއި ތިން ޠުހްރެވެ. މިހުރިހައި ގޮތަކީވެސް ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތު ސާބިތުވާ ގޮތްގޮތެވެ. ޞައްޙަ ގޮތްގޮތެވެ. ވުމާއެކު މަޛްހަބުތަކުވެއިވެސް މި އިޚްތިލާފުތައް ހުރެއެވެ. މިގޮތްގޮތުގެ ތެރެއިން ކޮންމެ ގޮތެއްވެސް ރަނގަޅުމެއެވެ. މީގެތެރެއިން އެއްވެސް ގޮތެއްގެ މައްޗަކަށް އިޖްމާޢުވެފައެއްނެތެވެ. އިޖްމާޢުވެފައިވާނަމަ މަސްއަލާގައި ދަލީލުގެ ގޮތުންބެލޭނީ އިޖްމާޢުވެފައިވާ ގޮތެވެ. ޝަރުއީދަލީލަކީ އެއީއެވެ. ފަހެ، ﷲއަށް އުރެދޭކަމެއްގެ މައްޗަކަށް މިއުއްމަތުގެ ދަންނަބޭކަލުން އިޖްމާޢެއް ނުވާނެކަން ޙަދީޘުން ސާބިތުވެއެވެ. މިޒަމާނުގައި އިސްލާމީ ޤަޥްމުތަކުގެ ކޮންފަރަންސުގައި އިއްތިފާޤުން ފާސްކުރާ ކަންތަކަކީ ދަންނަ ބޭކަލުންގެ އިޖްމާޢުކަމަށް ބެލެވޭނެ ކަންކަމެއްނޫނެވެ. އެހެނީ މިފަދަ ކޮންފަރަންސުތަކުގައި ތިއްބަވަނީ ހަމައެކަނި މުޖްތަހިދުންގެ ފެންވަރުގެ ދަންނަބޭކަލުން ކަމުގައި ނުވާތީއެވެ. އިޖްމާޢުވުމުގައި ނުހަނުގިނަ ޝަރުޠުތައް ފުރިހަމަކުރަން ޖެހެއެވެ.

ދެންފަހެ، ފައްޅިއެޅުމުގެ މަސްއަލާއަށް ބަލާއިރު، އިސްލާމުންގެ ރަށްރަށް ބެހިގެންވަނީ ތިންބާވަތަކަށެވެ. އެއީ:

(1) ފުރަތަމަ ބާވަތަކީ މީހުންނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށްދިރުވައި، އިމާރާތްކޮށްގެން އުފައްދާފައިވާ ރަށްރަށް.

(2) ދެވަނަ ބާވަތަކީ ކާފިރުން އުޅެމުންއައި ރަށްރަށް ކަމަށްވެފައި އެއަށްފަހު، މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ކުރެވިފައިވާ ރަށްރަށް.

(3) ތިންވަނަ ބާވަތަކީ ޞުލްޙަނާމާގެދަށުން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްރަށް. މިއެވެ.

ތަފްޞީލު:

(1) މީހުން ނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށް ދިރުވައި، ޢިމާރާތްކޮށްގެން ހަދާފައިވާ ރަށްރަށުގެ މިސާލަކީ އަލްބަޞްރާއާއި، އަލްކޫފާއާއި، ބަޣްދާދުގެ މެދުތެރެއާއި އަލްޤާހިރާ އާއި މިފަދަ ރަށްރަށެވެ. މުސްލިމުންގެ މިބާވަތުގެ ރަށްރަށުގައި ޖިޒީދީގެން އެހެން ދީންދީނުގެ މީހުން ދިރިއުޅެން އެދޭނަމަ، (ނުވަތަ މުސްލިމުންގެ ވެރިކަން ޤަބޫލުކޮށްގެން މުސްލިމުންގެ ވެރިކަމުގެ ދަށުގައި ދިރިއުޅެން އެދޭނަމަ،) އެބަޔަކަށް އެރަށްރަށުގައި ދިރިއުޅުމުގެ ހުއްދަ ދިނުމަކީ ޙާކިމާއަށް ހުއްދަކަމެކެވެ. މިފަދަ ރަށްރަށުގައި ފައްޅި އަޅަން އެބައިމީހުން އެދޭނަމަ، އެކަންކުރުމަށް ހުއްދަ ދިނުމަކީ ޙާކިމާއަށް ޙަރާމްވެގެންވާ ކަމެކެވެ. ޛިއްމީން މިކަމުގެ މައްޗަށް އެގްރީމެންޓެއް ކުރިކަމުގައިވިއަސް، އެއީ ފާސިދު އެއްބަސްވުމެއްކަމުގައި އުއްމަތުގެ ދަންނަ ބޭކަލުން އިއްތިފާޤުވެފައިވެއެވެ. މިކަމާމެދު އިޚްތިލާފުވުމެއް ނެތެވެ.

(2) ކާފިރުން އުޅެމުން އައިރަށް ރަށް ކަމަށްވެފައި އެއަށްފަހު، މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގައި، މުސްލިމުންނަށް ފަތަޙަ ކުރެވިފައި ހުންނަ ރަށުގައި ފަތަޙަ ކުރުމުގެ ކުރީގައި އަޅާފައި ހުންނަ ފައްޅިތައް، ހަލާކުކޮށް ނުލައި ބެހެއްޓުމާމެދު ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުއާއި އެހެނިހެން މަޛްހަބުގައި ދެގޮތަކަށް ބެލެވިފައިވެއެވެ.

ފުރަތަމަ ބަހަކީ މިފަދަ ރަށްރަށުގައި ހުންނަ ފައްޅިތައް ހަލާކުކޮށްލުމަކީ ވާޖިބުކަމެއްކަމާއި ބެހެއްޓުމަކީ ޙަރާމްކަމެއް ކަމުގައިވުމެވެ. އެހެނީ މިރަށްރަށަކީ މުސްލިމުންގެ މިލްކިއްޔަތެކެވެ. ވީމާ، ކާފިރުންގެ ޝިޢާރު ފާޅުކުރާ ތަންތަން ކަމުގައި މިތަންތަން ވުމަކީ ޖާއިޒުކަމެއްނޫނެވެ. ޞައްޙަ ބަހަކީ މިބަސްކަމުގައި މިފޮތުގައި ދަލީލާއެކު ބަޔާންކުރައްވާފައިވެއެވެ.

ދެވަނަ ބަހަކީ މިފަދަ ތަންތާނގައި ހުންނަ ފައްޅިތައް ހަލާކުކޮށްނުލައި ބެހެއްޓުމަކީ ހުއްދަކަމެކެވެ. އެހެނީ ޚައިބަރު ފަތަޙަ ކުރައްވާފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފައްޅިތައް ހަލާކު ކުރައްވާކަށް އަމުރުފުޅެއް ނުކުރައްވައެވެ. ކޮންމެއަކަސް މިކަމަކީ މަސްލަޙަތަށް ބައްލަވާފައި، ޙާކިމާއަށް އޮންނަ ކަމެކެވެ. ހަލާކު ނުކުރައްވައި ދޫކުރެއްވިއަސް އެތަންތަނަކީ އެކާފިރުންގެ މިލްކުވެރިކަމުގެ ދަށުގައި ހުންނަ ތަންތަނެއްނޫނެވެ. އެތަންތަން މަރާމާތު ކުރުމަކީވެސް އެމީހުނަށް ލިބިގެންވާ ޙައްޤެއްނޫނެވެ. މަސްލަޙަތަށް ބައްލަވާފައި އެތަންތަން ހަލާކު ކުރެއްވުމަކީ އޮތްކަމެކެވެ. ޚުލަފާއުއް ރާޝިދުންނާއި، އިމާމުވެރި ބޭކަލުން މިބާވަތުގެ ތަންތަން މަސްލަޙަތަށްޓަކައި ހަލާކު ކުރައްވާފައި ވެއެވެ. އަދި މަސްލަޙަތަށްޓަކައި ހަލާކު ނުކުރައްވައި ދޫކޮށްލައްވާފައިވެސް ވެއެވެ.

(3) ޞުލްޙަ ނާމާގެ ދަށުން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްރަށުގައި ދެ ޙާލަތެއް މެދުވެރިވެއެވެ.

ފުރަތަމަ ޙާލަތަކީ ރަށަކީ އެބައިމީހުންގެ ރަށެއް ކަމުގައި އޮތުމަށް އެއްބަސްވުމާއެކު، މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެމީހުންގެ ރަށުގައި ކުރާކަމެއް މުސްލިމުންނަކަށް މަނާއެއް ނުކުރެވޭނެއެވެ. ބިމުގެ މިލްކުވެރިފަރާތަކީ އެބައިމީހުންނެވެ. މީގެ މިސާލަކީ ނަޖްރާނުގެ އަހުލުވެރިންނެވެ.

ދެވަނަ ޙާލަތަކީ ޞުލްޙަ ނާމާގައި ތަނުގެ ބިމަކީ މުސްލިމުންގެ މިއްކެއްކަމަށް އެއްބަސްވުމާއެކު، މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެތާނގައި ހުރި ފައްޅިތަކުގެ ޙުކުމް ބިނާވެފައިވާނީ ޞުލްޙަ ނާމައިގައި އެއްބަސްވެފައިވާ ގޮތުގެ މައްޗަށެވެ.

(ނޯޓް: މިލިޔުމުގައި ފައްޅީގެ މާނަކަމުގައި ލިޔެފައިމިވަނީ ﷲ ފިޔަވައި އެހެނިހެން ފަރާތްފަރާތަށް އަޅުކަންކުރާ ތަންތަނަށެވެ. އެއީ ބުދަށް އަޅުކަންކުރާ ތަންތަނާއި އަލިފާނަށް އަޅުކަންކުރާ ތަންތަން ފަދަ ތަންތަނެވެ.)

މުތަރުޖިމުގެ ބަސް:

އިސްވެދިޔަ ބަޔާންތަކުގެ ނަތީޖާއަކީ މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމަކީ ދީނީގޮތުން ބަލާއިރު، ކަނޑައެޅިގެން ޙަރާމްކަމެއްކަން ސާބިތުވުމެވެ. ދެންފަހެ، އިންޓަރނޭޝަނަލް ޤަވާޢިދު ތަކުގެ ތެރެއިން ޤަވާޢިދަކާއި، އިސްލާމްދީނުގެ ޙުކުމްތަކުގެ ތެރެއިން ޙުކުމަކާއި ފުށުއަރާ ޙާލަތެއްގައި ދީނީ ހަމައިން ބަލާއިރު ދީނުގެ ޙުކުމަށް އިސްކަންދިނުމަކީ ވާޖިބުކަމެކެވެ. އެހެން ނުހަދައިފިނަމަ، އެކަންވެގެންދާނީ މަގުފުރެދުމެއްކަމާ މެދަކު ޝައްކެއްނެތެވެ.

ދިވެހިރާއްޖެއަކީ ރާއްޖޭގެ މީހުން ކޮންމެ ގޮތެއްގައި ކަމަށްވިޔަސް، އިސްލާމްދީނަށް ވަނުމަށްފަހު ޕޯޗްގީޒުންގެ ވެރިކަން ފިޔަވައި އެތައް އެތައް ޤަރުނެއް ވާންދެން، ސައްތައިން ސައްތަ މުސްލިމު ޤަޥްމެއްގެ ގޮތުގައި އޮތުމުގެ މިނިވަންކަމާއި ބާއްޖަވެރިކަން ލިބިފައިވާ ޤަޥްމެކެވެ. މިކަމަކީ ކީރިތިވަންތަﷲ، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި އެންމެބޮޑު ނިޢުމަތެވެ. މި މަތިވެރި ނިޢުމަތަށް ޝުކުރުއަދާކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއްކަމާމެދަކު ޝައްކެއްނެތެވެ. އެހެންދީންތަކުގެ މީހުންނަށް އެބައިމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ތަންތަން ރާއްޖޭގައި ހެދުމާއި، އަދި ދީނީ މިނިވަންކަން ޤާނޫނީގޮތުން ލިބިގެން އެބައިމީހުން ރާއްޖޭގައި އުޅެންފަށައި ގަތުމަކީ ދުނިޔޭގައި މިޒަމާނުގައި ކަންތައް ހިނގަމުންދާގޮތަށް ބަލާއިރު، ފަންސާހަކަށް އަހަރުވެސް ނުވަނީސް ރާއްޖެ ދީނީގޮތުން ބައިބައިވެ ހީވެސް ނުކުރާފަދަ ފިތުނަވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމެކެވެ. އެފަދަ ޙާލަތެއްގައި، މިލިޔަން މިލިޔަން ޑޮލަރުގެ އެހީއާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގެދަށުން އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެހެންދީން ދީނުގެ މީހުން ދިވެހި މުސްލިމުންގެ މައްޗަށް ރާއްޖޭގައި ވެރިވެ ގަތުމަކީ ނުވުމަށްވުރެ ވުން ކައިރީގައި އޮތް ކަމެކެވެ. މިފަދަ ނިކަމެތި ޙާލަތެއް މިރާއްޖެއަށް ﷲ މިންވަރު ނުކުރައްވާށި! އާމީން!

އިންސާނީ ޙައްޤުތަކާއި، އެނޫން ނަންނަމުގައި، މިޒަމާނުގައި މުސްލިމުންނާމެދު ޣައިރު މުސްލިމުން ހިންގާ ޢުދްވާނީ ޙަރަކާތްތަކާމެދު ވިސްނައި ފިކުރުކުރުމަކީ މި މަސްއަލާގައި މުހިއްމުކަމެކެވެ. ބުއްދީގެ އަހުލުވެރީންނޭވެ! މުސްލިމުންނަށް ލިބިފައިވާ އެއްވެސް ޙައްޤެއް އިންސާނީ ޙައްޤުތަކުގެ ނަމުގައި މުސްލިމުންގެ ކިބައިން ނިގުޅައިގަނެ، އެހެންދީނެއްގެ އަހުލުވެރިންނަށް އެޙައްޤެއް ދިނުމަކީ ސަލާމަތް ބުއްދި ގަބޫލުކުރާ ކަމެއްތޯއެވެ؟ މާދިއްޔަތަށް ހެއްލިގެންގޮސް ކަންކަމުގައި ތާށި ވުމުގައިއޮތީ ކޮން ބާއްޖަވެރިކަމެއްތޯ؟...
---------------------------------------------------
ދީނީ ނިއުސް.ކޮމް އިން ނަގާފައި

Read more...

20 June 2011

ސާދަ ޤަރުނު ކުރީގެ ޤާނޫނުތަކެއް މިޒަމާނުގައި ޤާއިމް ކުރާނީ ކިހިނެއް؟

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
ބައެއް މުސްލިމުންނާއި ޢައިރު މުސްލިމުން މިއަދު ކުރަމުންދާ ސުވާކލަކީ 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިއަދު އަޅުގަނޑުމެން ޤާއިމްކުރާނީ ކިހިނަކުން ހެއްޔެވެ. އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާ މީހަކަށް މިފަދަ ސުވާލެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ސުވާލުތައް އުފެދިފައިވާ މީހުން ހަނދާން ނެތިފައިވާ ކަމެއް ވެއެވެ.
އެއީ އިންސާނުންވެސް އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ޤާނޫން އަސާސީތަކެއް ހަދާފައިވާކަމެވެ. އިންސާނުންނަށް މިފަދަ ކަމެއް ކުރެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަށްވުރެ ގިނަ ދުވަހަށް ދެމިގެންވާ ޤާނޫންތަކެއް އުފެއްދެވުމަށް ކުޅަދުންވަންތަވެދޮޑިގެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ތަނަކާއި ހުރިހާވަގުތެއްގައި ހިނގާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
މިފަދަ ސުވާލެއްކުރާ މުސްލިމެއް ޙުކުމަކީ ކޮބައިތޯއެވެ؟
މިފަދަ ސުވާލެއްކުރާ މުސްލިމްމީހާ ޤަބޫލުކުރަންވީ ޙަޤީޤަތަކީ ޤިޔާމަތާއި ޖެހެންދެން ދެމިގެންވާ ޤާނޫނުތަކެއް ހެއްދެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުޅަދުންވަންތަ ކަމެއްކަމެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދާއިމަށް ދެމިގެންވާ ޤުދުރަތީ ޤާނޫނުތަކެއްވެސް ހައްދަވާފައެވެ. އެހެންކަމުން އެއްވެސް އަސްލެއް ނެތް ވާހަކަތަކުގައި ނުވަތަ ކުފުރުގެ ދަންތުރަ ތަކުގައި ނުޖެހުމަށް މުސްލިމުން ސަމާލުވާން ޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (سورة النساء65) މާނައި: " އެހެންނަކުން ނޫނެވެ! ފެހެ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު އެމީހުންގެ މެދުގައި ޙުކުމްކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަ ވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޙުކުމްތަކުން އޭނާ ހިތްއެދޭ ޙުކުމްތަކުގައި ހިފައި އޭނާ ނުރުހޭ ޙުކުމްތައް ދޫކޮށްލުމުގެ އިޚްތިޔާރު އޭނާއަށް ލިބިފައި ނުވާކަންވެސް އޭނާ ވަނީ ހަނދާން ނެތިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴾ (سورة البقرة: 85) މާނައީ: " ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާއިމެދު ޢާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

މިތާނގައި މިބަޔާންކޮށްލަނީ طاعة (ކިޔަމަންތެރިކަމުގެ) ގެ 3 ވައްތަރެކެވެ.
1- ފުރިހަމަޔަށް ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ ކަންތައް.
މިއީ ﷲ ތަޢާލާގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތަށް އައިސްފައިވާ ހުރިހާ އަމުރުފުޅަކަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. މިގޮތަށް ކިޔަމަންވުމުގައި އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
2- އިސްލާމްދީނުގައި ޤުރުއާނާއި ޙަދީޘުން ނައްޞުން ބަޔާންވެގެންވާ ކަންކަމަށް ފުރިހަމަޔަށް ކިޔަމަންވުން.
މި ގޮތަށް ކިޔަމަންވުމުގައިވެސް އެއްވެސް އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
3- އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އިމާމަކަށް ނުވަތަ އިމާމުންތަކަކަށް ތަބާވުން.

މިގޮތަށް ތަބާވާއިރު ވަކި އިމާމަކަށް ތަބާވުން ލާޒިމެއް ނޫނެވެ. ސަބަބަކީ އިމާމުންގެ މެދުގައި އުފެދިފައިވަނީ ޙައްޤު ޚިލާފުތަކެއް ކަމުގައި ވާތީއެވެ. މިޙާލަތުގައި އޭނާ އެ ތަބާވާގޮތަކީ ޞައްޙަ ޚިލާފެއްކަމުގައިވާނަމަ އެގޮތެއް އޭނާއަށް އިޚްތިޔާރު ކުރެވިދާނެއެވެ.
އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމް ކުރެވިއްޖެނަމަ ޙިސާބުބެއްލެވޭނެ ހުރިހާ މަޚްލޫޤުންގެ މިދުނިޔޭގެ ދިރިއުޅުން ބާއްޖެވެރި ވެގެންދާނެކަން ޙަޤީޤީ މުސްލިމަކު ޤަބޫލުކުރާނެއެވެ. އަދި އިސްލާމީ އުސޫލުތަކަށް މުސްލިމުންގެ ދިރިއުޅުމުގައި ޢަމަލު ކުރުމުން އުޚްރަވީ ޙަޔާތް ބާއްޖެވެރި ވެގެންދާނެކަމުގެ ގެރެންޓީ ލިބެއެވެ.
އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތުގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި މިދުނިޔޭގެ ވަގުތީ ދިރިއުޅުމަކަށް ނޫނެވެ. އެހެނެއްކަމަކު އުޚްރަވީ ޙަޔާތްވެސް ބާއްޖެވެރިކޮށްދެއެވެ. އެއްވެސް މުސްލިމަކު މިކަން ހަނދާންނުނެތޭނެއެވެ. ސަބަބަކީ އިންސާނުން އަތުން ހަދާފައިވާ ހުރިހާ ޤާނޫނަކަށްވުރެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޤާނޫންތައް ފުރިހަމަކަމަށް އޭނާ ޤަބޫލުކުރާނެއެވެ.
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ކަނޑައެޅިބަޔާންވެގެންވާ ޤާނޫންތަކެއްގެ މައްޗަށެވެ. އަދި މީގައި ވަނީ ﷲއާއި އެކަލާނގެ ހެއްދެވި ތަކެތީގެ ގުޅުމާއި މަޚްލޫޤުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތަކީ ބޮޑު ޕެކޭޖެކެވެ. މި ޕެކޭޖުގައިވަނީ އަޤީދާއާއި އަޅުކަންތަކާއި، ފުރިހަމަ ވެގެންވާ ޤާނޫނުތަކާއި އެންމެ ރިވެތި އަޚްލާޤެވެ.
މީގެ 14 ޤަރުނު ކުރިން އިސްލާމީ ޝަރީޢަތް ވަނީ އެތަކެއް ނިކަމެތިންނެއްގެ ޙައްޤުތަކެއް ހޯދައިދީފައެވެ. މިއީ ވޭތުވެދިޔަ ޤަރުނާ ހަމަޔަށްވެސް އިންސާނުން ހަދާ ޤާނޫނުތަކަށް ކޮށްނުދެވުނު ކަމެކެވެ. މި ރޮނގުގައި އިސްލާމީ ޝަރީޢަތާ އެއްހަމަ އަށް އައުމަށް އަދިވެސް އިންސާނުންހަދާ ޤާނޫންތައް ވަނީ ނުކުޅެދިފައެވެ.

Read more...

12 April 2011

އިސްލާމީ ޝަރީޢަތުގެ ތަޢުރީފު

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި އަޅުވެތިވުމަށްޓަކައި ތަބަޢަވުމަށް، ރުހިވޮޑިގެން ކަނޑަ އަޅުއްވާފައިވާ މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކާއި، ދައުލަތް ހިންގުމުގެ ނިޒާމު އެޝަރީއަތުގައި ފުރިހަމައަށް ލައްވާފައިވެއެވެ.

ޝިރުކުގެ ނުބައިކަމާ ޖަހާލަތުގެ އަނދިރިކަމުގެތެރެއަށް މިދުނިޔެ ޣަރަޤުވެފައިވަނިކޮށް، އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނިއްޔަތަށް ބޭނުންވާ އަދި، އެންމެ ފައިދާހުރި ހުރިހާ ކަމަކާއިގެންނެވެ. އެއީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތުގެ މަތިން ބާވާލެއްވިފައިވާ ޝަރީޢަތެކެވެ.

މިޝަރީޢަތް ބާވާލެއްވުނުއިރު އިންސާނިއްޔަތުގެ ޙާލަތު އޮތީ ކޮންފަދަގޮތަކަށްތޯއެވެ؟ ދަރީން، މައިން ފަދަ މީހުންނާ ކައިވެނިކުރެއެވެ. ނިކަމެތިން ވަނީ އަނިޔާވެރިންގެ ޗާބޫކުތަކުގެ ދަށުގައެވެ. ޙައްޤަކީ ކޮންއެއްޗެއްކަމެއް ދަންނަނީ މަދުބައެކެވެ. ޢަދުލުއިންސާފެއްނެތެވެ. ލޭއޮހޮރުވުމާއި، މީހުންގެ މުދާތައް ނުޙައްޤުން ކެއުމާއި، ޚިޔާނާތް އޮތީ އިންތިހާއަށް ފެތުރިފައެވެ.

އަންހެންދަރީން ދިރިތިއްބާ ވަޅުލައެވެ. އަންހެނުންގެ ޙައްޤުތަކީ އޮތް އެއްޗެއްނޫނެވެ. ބަނގުރާއަކީ އެބައިމީހުންގެ އެންމެގާތް އެކުވެރިޔާއެވެ. ޒިނޭކުރުމާއި، ފާޙިޝްކަންތައްތަކުން މުޖުތަމަޢުތައްއޮތީ ގުގުމާލާފައެވެ. ދީލަތިކަމާއި، ވަޢުދަށް ވަފާތެރިވުމާއި، ގެފުޅަށްއަންނަ މީހުންނަށް ފެންދިނުމާއި، މިފަދަ މަދު ރީތި އާދަތަކެއް މެނުވީ ނެތެވެ.

މާތްވެގެންވާ ކަޢުބާގައި އެތައްސަތޭކަ ބުދު ބެހެއްޓިފައިހުއްޓެވެ. ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް ބޭނުންވެފައެވެ. ތެދުވެރި މުޞްލިޙަކަށް އެދިއެދިއެވެ. ޝާއިރުންނާއި، ޙަކީމުންނާއި، ރާހިބުންގެ ދުލުން ނަބިއްޔެއްގެ ޚަބަރުތައް އަންނަމުންދިޔައެވެ. އިންތިޒާރުތައް ކުރެވުނެވެ. މާގިނަ ދުވަސްތަކެއްނުވަނީސް ޤުރައިޝު ވަންހައިގެ ސާހިބާ މާތް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީކަމާއިގެން ފޮނުއްވައިފިއެވެ.

އެކަލޭގެފާނު މިޝަރީޢަތް އިޢުލާންކުރެއްވިއެވެ. ވަރަށް މަތިވެރި ނިދާއަކުންނެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އެދޭނަމަ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތަށް ތަބާވުމަށް ގޮވާލެއްވިއެވެ.

މިހެންކަމުން އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނާގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމާއި، އުޚުރަވީ ޙަޔާތުގެ ފަލާޙަށް މަގުދައްކާ ނޫރެއްގެ ގޮތުގައިވެސްމެއެވެ. އަދި އެމަތިވެރި ޝަރީޢަތަކީ ވަކި ޖަމާޢަތަކަށް، ނުވަތަ ވަކި ޤައުމަކަށް، ނުވަތަ ވަކި ޖިންސަކަށް ބާވާލެއްވުނު ޝަރީޢަތެއް ނޫނެވެ.

އެއީ އެންމެހައި އިންސާނުންނަށާ، އަދި ކިއެއްތޯ ޖިންނީން ވެސް ޝާމިލްވާ ގޮތަށް ބާވާލެއްވުނު މާތްވެގެންވާ ހިދާޔަތުގެ ނޫރެވެ. އަލިގަދަ ދަންމަރެވެ.


ﷲ ވަޙީކުރައްވާފައިވެއެވެ: ﴿ يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ ﴾ ( يونس 57 ) މާނައީ : [ އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.]

މިފަދަ މަތިވެރި ނިދާއަކުން އިންސާނިއްޔަތާ މުޚާޠަބު ކުރެއްވައި ﷲ އެކަލާނގެ ޝަރީޢަތް އިޢުލާންކުރެއްވިއެވެ.

Read more...

28 September 2010

މީހުން މެރުން ހުއްޓުވޭނީ މަރަށް މަރުހިފައިގެން

ލިއުނީ :- ޔޫސުފް
މަރަށް މަރުހިފުމަކީ އިންސާނީ ހަޔާތުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޢަމަލު ކުރެވެމުން އައިސްފައިވާ ވަރަށް ޤަދީދީ އުޤޫބާތެކެވެ.

އެހެންކަމުން މަރަށް މަރުހުފުމަކީ އެހާމެ ހައިބަތު ބޮޑު ކަމެކެވެ. މީހުން މެރުމާއި މިފަދަ ޖަރީމާތައް ހުއްޓުވުމަށް ހަމައެކަނި އޮތް މަގުކަމުގައި ދުނިޔޭގެ ތާރީޚް ދުށް ކޮންމެދުވަސްވަރެއް މިކަމަށް ހެކިދެއެވެ. އެހެނަސް ފަހަކަށް މިއައި ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ވަނީ މަރަށް މަރުހިފުން ބައެއް ޤައުމުތަކުން ހުއްޓާލާފައެވެ. މިގޮތަށް މިކަން ހުއްޓާލުމުގައި އެމިނިސްޓީ އިންޓަނޭޝަނަލް ގެ ދައުރު ވަރަށް ބޮޑަށް ކުޅެފައިވެއެވެ. އެމިނިސްޓީ އިންޓަރނޭޝަނަލް އިން މިގޮތުން މަރަށް މަރު ހިފުން ހުއްޓާލި ޤައުމުތައް 4 ބަޔަކަށް ބަހައެވެ. އެއީ

މަރަށް މަރުހިފުން ތަންފީޒު ނުކުރާ ޤައުމުތަކާއި
އެއްވެސް ޒާތެއްގެ ކުށަކަށް މަރަށް މަރު ނުހިފާ ޤައުމުތަކާއި
މީގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރިކަންތަކަށް އެ ހުކުމް ތަންފީޒު ނުކުރާ ޤައުމުތަކާއި
މަރުހުކުމް ކޮށް އެ ހުކުން ތަންފީޒު ނުކުރާތާ 10 އަހަރު ވެފައިވާ ޤައުމުތައް

2008 ވަނަ އަހަރުގައި25 ޤައުމަކަން 2،390 ކުށްވެރިންނަށް ވަނީ މަރުގެ އަދަބުދީ ހުކުން ތަންފީޒުކޮށްފައެވެ. ކަޒަކިސްތާނާއި ޓޯގޯ ގައިވަނީ މަށްމަރުހިފުން 2009 ވަނަ އަހަރު ހުއްޓާލާފައެވެ.

އެންމެ ފަހުން މަރުގެ އަދަބު ދެވިފައިވަނީ 8 އޮކްޓޯބަރ 2009 ގައި އަލަބާމާ އަވަށުގައެވެ. އެމެރިކާގައި މަރުގެ އަދަބާއި ނުލާ ހަމަޖެހުމެއް ނޯންނާނެ ކަމަށް އެތާނގެ ރައްޔިތުން ޤަބޫލުކުރެއެވެ. އެމެރިކާ ގެ ނިވްޔޯކް ގައި ސިކުންތަކު 90 ޖަރީމާ ހިނގަމުން ދިޔަ ކަޅުދުވަސްތަކަށް އަލިވިލުމެއް ގެނެވުނީ މަރުގެ އަދަބާއި އެހެނިހެން އަދަބުތައް ތަންފީޒު ކުރަންފެށުމުންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މީހުން މެރުމުގެ ޖަރީމާ ދިވެހިރާއްޖޭގައި އިތުރުވެގެން ގޮސްފައެވެ. މީހުން މަރާމީހުންނަށް އިސްލާމްދީނުގައި އޮންނަނީ މަރަށްމަރު ނުވަތަ މަރުގެ ދިޔަ (ބްލަޑްމަނީ) އެވެ. މަރުގެ ދިޔަ ނުވަތަ މަރުގެ އަދަބު ދިނުމަށް ނިންމަނީ މަރުވިމީހާގެ ޢާއިލާއިންނެވެ.

އެމެރިކާގައި މަރުގެ އަދަބު ދެވެނީ އިންޖެކްޝަނަކުންނެވެ. އިރާނު އަދި އަފްޤާނިސްތާންގައި މަރުގެ އަދަބު ދެވެނީ އިސްލާމީ ޝަރީޢަތުގައި އެކަން އޮންނަ ގޮތަށެވެ. އެއީ ޒިނޭކުރުމުން ރަޖަމްކުރުމެވެ. މީހުން މެރުމުން ދަންޖައްސާ މެރެއެވެ. އެއްޖިންސުން ގުޅުން ހިންގުމުން މިޤައުމުތަކުގައި މަރުގެ އަދަބުދެވެއެވެ. އިނގިރޭސިވިލާތާއި އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގުމަށްޓަކައި އެއްޖިންސުން ކާވެނިކޮށްދެވެއެވެ. ދިވެހިރާއްޖޭގައި މިކަމަށް އެކިފަހަރަށް ދެވެނީ އެކިއަދަބެވެ.

Read more...

02 October 2009

މިއުޒިކުގެ ސަބަބުން ހިތާއި ފުރާނައަށް

ހަމަ ޙަޤީޤަތުގައިވެސް މިއުޒިކަކީ އޭގެ ސަބަބުން ހިތް ހަމަޖެހުން ލިބޭ އެއްޗެއްބާ؟ މިއުޒިކު އަޑުނާހާ މީހުންގެ ހިތްތައް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުން މަޙްރޫމްވެފައިބާ؟ މިއުޒިކުގައި އާދަޔާ ޚިލާފު "ގެއްލުންތަކެއް" އެކުލެވޭބާ؟

އިބުނު ޤައްޔުމު ރަޙިމަހުﷲ ވިދާޅުވިއެވެ. "ތިމާގެ ބުއްދިއާއި،ޢިލްމާއި، ދީނުގެ ގޮތުން އުނިވެފައިވާ؛ ބާޠިލު، ޖާހިލުންގެ ހިތްތައް ޝިކާރަކުރުމަށް ޓަކައި ﷲގެ ޢަދުއްވުގެ މަކަރާއި ހީލަތުގެ ތެރޭގައި ހޯއްގޮވުމާއި ތުބުންފުމުން، އަދި އަތްތިލަބަޑިއާއި، ލަވަޔާއި މިޔުޒިކު އަޑު އިއްވުން ހިމެނެއެވެ. އެއީ ހިތްތައް ކީރިތި ޤުރުއާން ކިޔެވުމުން މަނާކުރުވައި، އަދި އޭނާ ހަޑިހުތުރު ކަންކަމާއި އުރެދުމުގެ މަތީގައި ބައިންދާ އެއްޗެކެވެ. ފަހެ އެއީ ޝައިޠޯނާގެ ޤުރުއާނެވެ. އަދި ރަހުމާނުވަންތަ ރަސްކަލާނގެ ޙަޞުރަތާއި އޭނާއާއި ދެމެދުގައި ވާ ބޯ ފަރުދާއެވެ. އަދި އެއީ ލިވާޠާއި ޒިނޭގެ މެތުރުމެވެ. އަދި ފާސިގު ޢާޝިގުން އެއުރެންގެ މަޢުޝޫގުންގެ ގާތުން ކޮޅުނެއްކޮޅަށް ކަންތައްތައް ލިބިގަންނަނީ އޭގެ ޛަރިއްޔާއިންނެވެ. އަދި ބާޠިލު ހިތްތަކާއި ޝައިތޯނާ ގާތްވަނީ އޭގެ ސަބަބުންނެވެ. އަދި ހިތްމޮޅުކަމާއި ކިބުރުވެރި ކަން އެކުލެވޭގޮތަށް އެހިތްތަކަށް އެކަން ރީތިކޮށްދެއެވެ. އަދި ބާޠިލު ކަންކަން އެހިތްތަކަށް ރީތި އެއްޗެއްގެ ގޮތުގައި ވަސްވާސް ކުރެއެވެ. ދެން އޭނަގެ އެވަސްވާސްތައް ޤަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ޤުރުއާނާއި އަޅައި ނުލައި އެ ދޫކޮށްލައެވެ. ފަހެ އެ އަޑުއެހުމުގައި ވަނިކޮށް ކަލޭ އެތަން ފެންނާނެނަމައެވެ! އެބައިމީހުންގެ އަޑުމަޑުވެ، ޙަރަކާތްތައް މަޑުވެ، އެބައިމީހުންގެ ހިތްތައް އެކުގައި އޭގެމައްޗަށް ހުއްޓި، އެކަތިގަނޑެއްހެން އެއާއި ދިމާއަށް ގަނޑުވެފައި ވަނިކޮށް ދެކޭނެއެވެ. ފަހެ އެބައިމީހުން އެއާއި ދިމާއަށް ލެނބިފައި ވެއެވެ. އެއީ ނަޝްވާނުން ލެނބިގެންވާ ފަދައަކުން ނޫނެވެ. އަދި އެއުރެން އެމީހުންގެ ހަރަކާތްތަކުގަޔާއި ނެށުމުގައި މުގުރެމުން ބިނދެމުން ދާނެއެވެ. މުޚަންނިސުން(ޚުންސާއިން) ނާއި ނަޝްވާނުންގެ ބިނދުންތައްކަލޭ ދެކުނިންހެއްޔެވެ! އަދި އެއީ އެމީހުނަށް ހައްގުވެގެންވާ ގޮތެވެ. އެހެނީ އެއުރެންގެ މަސްތު އެމީހުންގެ ނަފްސުތަކާއި އެކުވެފައި ވެއެވެ. ފަހެ އެމީހުން އެކަމުގައި [حُميَّا الكُئُوس] ކުރާ އެއްމެ ބޮޑެތި ކަންތައްތައް ކުރެއެވެ. ޣައިރުﷲ އަށެވެ. އަދި ކިޔެއް ޝައިތޯނާ އަށެވެ. ހިތްތައް އެތަނުގައި ވީދެއެވެ. ﷲގެ އުރެދުމުގައި މުދާތައް އެތަނުގައި ހޭދަކުރެވެއެވެ. އެބައިމީހުން އެއުރެންގެ ޙަޔާތް ލައްޛަތާއި މިޔުޒިކުގައި ހޭދަކުރެއެވެ.

އަދި އެބައިމީހުން ކުޅިވަރާއި މަޖަލަކީ އެމީހުންގެ ދީންކަމުގައި ހަދައެވެ. ޤުރުއާނުގެ ސޫރަތެއް އަޑުއެހުމަށްވުރެ ޝައިތޯނާގެ މިޒްމާރު އެހުން އެމީހުންގެ ގާތުގައި މާ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި އެއިން މީހަކު ޤުރުއާން ފަށައިގެން ނިމެންދެން އަޑުއެހި ނަމަވެސް އެއިން އެއްމެ ކެހެރިއެއްވެސް ނުގުޑާހުއްޓެވެ. [ولا أزعج له قاطنا] ޝައިތޯނާގެ ޤުރުއާން އޭނާގެ މައްޗަށް ކިޔެވި އޭނާގެ ކަންފަތަށް ޝައިތޯނާގެ މިޒްމާރުގެ އަޑު ވަދެއްޖައުމަށް ދާންދެން .. އެހިސާބުން އޭނާގެ ހިތުން ވަޖިދުގެ އާރުތައް ފަޅައިގެން ގޮސް ލޮލުގެމަތިންނާއި ދެފައިގެމަތިން ހިނގައި ނެށެންފަށައެވެ. އަދި ދެއަތްތިލައިގެމަތިން ހިނގައި އަތްތިލަބަޑި ޖެހެން ފަށައެވެ. އަދި އޭނާގެ ހުރިހައި ގުނަވަނެއްގެމަތިން ހިނގައި އެތަންތަން ތަޅުވައި ނަށަން ފަށައެވެ. އަދި އޭނާގެ ނޭވައިގައި ހިނގަންފެށުމުން އެއުފުލެން ފަށައެވެ.

އޭ މިހިރަ ފިތުނަވެރި ކުރާ، ފިތުނަވެރިވެފައިވާ މީހާއެވެ! ތިމާއަށް މާތް ﷲގެ ޙަޟުރަތުން ލިބިފައިވާ ނަޞީބުކޮޅު ޝައިތޯނާގެ ބަޔަށް ވިއްކައިލައި އަތްމަތި ހުސްވެ ގެއްލުންވެފައިވާ މީހާއެވެ! ކީރިތި ޤުރުއާން އަޑުއަހާއިރު ކަލޭއަށް ތިޔަ ޝައުގުވެރިކަން ނާންނަނީ ކީއްވެގެން ހެއްޔެވެ؟! ތިޔަ ހުރިހައި ޛައުގަކާއި ވަޖިދެއް ކީރިތިޤުރުއާން ކިޔަވާއިރު ވެއެވެ؟ އެކަމަކު ކޮންމެ މީހަކުވެސް ދަނީ އެމީހަކާއި މުނާސަބު އެއްޗަކާއި ދިމާއަށެވެ. އަދި ލެނބެނީ އެމީހަކާއި ވައްތަރު އެއްޗަކާއި ދިމާއަށެވެ".
____________________
(އިޣާސަތުއްލަހުފާނު މިން މަކާޔީދިއްޝައިތޯނު ފޮތުން ކުރުކޮށް).

Read more...