29 June 2020

ފަރްޟު ނަމާދުތަކުގަޔާއި ސުންނަތް ނަމާދުތަކުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތެއް ކިޔެވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ފަރްޟު ނަމާދު ތަކުގަޔާއި ސުންނަތް ނަމާދު ތަކުގައި ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު، އޭގެ ފަހުގައި ކީރިތި ޤުރްއާނުގެ ސޫރަތެއް ނުވަތަ ކީރިތި ޤުރްއާނުގެ މިންވަރެއް ކިޔެވުމާމެދު ދަންނައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފަރްޟު ނަމާދުގައި ފާތިޙާ ސޫރަތަށްފަހު ސޫރަތެއް ނުވަތަ ޤުރްއާނުން މިންވަރެއް ކިޔެވުން އޮންނަކަމަށާއި ސުންނަތްނަމާދުތަކުގައި އެކަން އެގޮތަށް ނޯންނަކަމަށެވެ. އެހެންކަމުން މިކަން އޮންނަ ގޮތް ދަސްކުރަން އެބަޖެހެއެވެ. 

Read more...

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ފަސްވަނަ ބައި) : ބަރަހަނާ މަންޒަރުތައް ބެލުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
5- ޒިނޭއަށް މަގުފަހިވާ އެންމެ ބޮޑު އެއްކަމަކީ ޒިނޭއަށް މަގުފަހިވާފަދަ މަންޒަރުތައް ބެލުމެވެ. ބެލުންތިރި ކުރުމަށް ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. 

Read more...

26 June 2020

ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔެވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމަކީ ގަދަވެގެންވާ ސުންނަތެއްތޯއެވެ؟ -

Read more...

25 June 2020

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ހަތަރުވަނަ ބައި) : ފިރިހެނުން ޣީރަތްތެރިކަން ނެތުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
4- ފިރިހެނުންގެ ޣީރަތްތެރިކަމެއް ނެތުން:
ޣީރަތްތެރިކަމަކީ މީހަކު ދެކެލޯބިވާތީ އަދި އެމީހާ ޙިމާޔަތްކުރުމުގެގޮތުން ރުޅިއައިސްގެން ތިމާގެ ހިތުގައި ނުތަނަވަސްކަމާއި ނުރުހުން އުފެދުމެވެ. ތިމާގެ އަނބިދަރީން ފާފަކުރާއިރު، ހިލޭ މީހުންނާއެކު ގުޅުންތައް ހިންގާއިރު ތިބާ އެކަމަށް ރުހިގެން ނުހުރެ އެކަމަށް ރުޅިވެރިކަން ފާޅުކުރުމެވެ. މިއީ ވަރަށް މާތް މަތިވެރި ޞިފައެކެވެ. އަދި މިކަމަކީ ދީނުގައި ޠަޢުރީފުކުރެވޭ އެކަމަށް ޘަވާބު ލިބޭ ކަމެކެވެ. އަދި މި ބާވަތުގެ ރުޅިވެރިކަމަކީ އެ ރުޅިއަންނަ މީހާއަށާއި އެމީހަކާ ހެދި ރުޅި އާދެވޭ މީހާއަށްވެސް ފައިދާ ހުރި ރުޅިވެރިކަމެކެވެ. 

Read more...

24 June 2020

ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ދިގުކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ގާތުގައި އޭނާގެ ބޮލުގެ އިސްތަށިގަނޑު ގަތާދިނުމަށް އެދުނެވެ. އިސްލާމްދީނުގައި މިކަމުގައި ޙުކުމަކީ ކޮބައިތޯ އޭނާ އާ އަޅުގަނޑު ސުވާލުކުރީމެވެ. ބޮލުގެއިސްތަށިގަނޑު ގެތުމާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް އޭނާ ކިޔައިދިނެވެ. މިއީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ އަހަރެން މި ސުވާލު މިކުރަނީ އެވާހަކަ ޤަބޫލު ނުކުރާތީއެއް ނޫނެވެ. މިކަމުގައި ހުރި އެހެން ރައުޔުތަކަކީ ކޮބައިތޯ ބަލާށެވެ. އަދި މިއީ އަހަރެންނަށް ވަރަށް އާދަޔާ ޚިލާފު ކަމަކަށް ވާތީއެވެ.

Read more...

22 June 2020

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ތިންވަނަ ބައި) : ޙިޖާބުވުމުގައި ފަރުވާކުޑަކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޙިޖާބުވުމުގައި ފަރުވާކުޑަކުރުން: އިސްލާމީ ޝަރުޢީ ޙިޖާބަކީ ޒިނޭއިން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. އެހެނީ ޝަރުޢީ ޙިޖާބަކީ ޒިނޭއަށް މަގުފަހިކުރާ ލޯތަކުގެ ޚިޔާނާތްތެރި ވިހަބެލުންތަކުން ޢައުރަ ފޮރުވާ ރައްކާތެރިކޮށްދޭ އައްޑަނައެވެ. 

Read more...

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެއިލާހުގެ ކޮންމެ މަޚްލޫޤެއް އެއިލާހު އިރާދަކުރައްވާ ކޮންމެ ކަމަކަށް ބޭނުން ކުރެވިގެން ދެއެވެ. އެއީ އިދިކޮޅު ދެކަން ކަމުގައިވިޔަސް މެއެވެ. 

Read more...

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ދެވަނަ ބައި) : ދެޖިންސު މައްސުނިވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
2- ދެ ޖިންސު މައްސުނިވުން: ޒިނޭއަށް މަގުފަހި ކުރާ އެންމެ ބޮޑު ކަމަކީ ދެ ޖިންސު މައްސުނިވުމެވެ. ދިވެހިރާއްޖޭގައި ޒިނޭ ގިނަވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ. 

Read more...

20 June 2020

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ފުރަތަމަ ބައި) : ﷲ އަށް ބިރުވެތިނުވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ސުބްޙާނަހޫ ވަތަޢާލާ ފާފައެއް ޙަރާމް ކުރައްވައިފިނަމަ އެ ފާފައަށް މަގުފަހިކުރާ ހުރިހާ ކަންތައްތައް ނަހީކުރައްވައެވެ. އެއީ ފާފައަށް އަރައިގަތުމުގެ ދޮރުތައް ހުޅުއްވާފައި ފާފަ ޙަރާމްކުރައްވާނަމަ އިންސާނުންގެ ނަފްސުގެ ބަލިކަށިކަމާއެކު ނަފުސުތަކަށް ކޮންޓްރޯލްނުވެ ފާފައަށް ފަސޭހައިން އަރައިގަނެވޭނެތީއެވެ. ޒިނޭ ޙަރާމް ކުރައްވާފައިވެސް ޒިނޭއަށް މަގުފަހިކުރާ ހުރިހާ ކަންތައްތައް ނަހީކުރެއްވިއެވެ.

Read more...

ޞައްޙަ ޢަޤީދާގެ މުހިއްމުކަން 2

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޞައްޙަ ޢަޤީދާ އުނގެނޭންވީ އިންސާނާ ޝިރުކުން ސަލާމަތްވުމަށްޓަކައެވެ. ޝިރުކުން އިންސާނާ ސަލާމަތްކޮށްދޭ ހަމައެކަނިވަސީލަތަކީ ޞައްޙަ ޢަޤީދާ ދެނެގަތުމެވެ. ޞައްޙަ ޢަޤިދާ އަށް ޖާހިލުވުމަކީ އެންމެ ގިނަ ބަޔަކު ޝިރުކުގެ ވަޅުގަނޑުގެ ތެރެއަށް ވެއްޓިގެންދާ ސަބަބެވެ. 

Read more...

ޞައްޙަ ޢަޤީދާގެ މުހިއްމުކަން 1

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الحمد لله وحده،والصلاة والسلام على مَن لا نبيَّ بعده، وعلى آله وصحبه. 

ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލެވެ. އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިޔަތުކަމެއް ޢަޤީދާއަށް ދީފައިވެއެވެ. އިސްލާމްދީން ބިނާވެފައިވަނީ ޢަޤީދާއާއި ޢަމަލުގެ މައްޗަށެވެ. ޢަޤީދާއާ ނުލާ ޢަމަލު ޞައްޙަވެގެން ނުވެއެވެ. ޞައްޙަ ޢަޤީދާއާ ނުލާ އެއްވެސް ހެޔޮ ޢަމަލެއްގެ ފައިދާއެއް ނެތެވެ. އެހެންކަމުން ޞައްޙަ ޢަޤީދާގެ މުހިއްމުކަމާއި، ޞައްޙަ ޢަޤީދާ އުނގެނުމުގެ ފައިދާތައް އަހަރެމެންނަށް އެނގެން ޖެހެއެވެ.


Read more...

17 June 2020

ލޯގަނޑު ކުރިމަތީގައި ނަމާދުކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ސުވާލު: ލޯގަނޑުތައް ހުރި ކޮޓަރިއެއްގައި ނަމާދު އަދާކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ 


Read more...

12 June 2020

ބުރުގާ ނާޅާ ޤުރްއާން ކިޔެވިދާނެތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި ބުރުގާ އެޅުމަކީ އަންހެނާއަށް ލާޒިމުކަމެއް ނޫނެވެ. އެއީ ޤުރްއާން ކިޔެވުމަށްޓަކައި ބުރުގާ އެޅުމަށް ދަލާލަތު ކުރާނެ ދަލީލެއް ނެތީމައެވެ. 

Read more...

11 June 2020

ވަރިކޮށް ޢިއްދަ ހަމަވެފައިވާ ދެމީހަކު އެއްގެއެއްގައި ދިރިއުޅުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ވަރިކޮށް ޢިއްދަ ހަމަވެފައިވާ އަންހެންމީހާއަކީ ފިރިހެން މީހާގެ މައްޗަށް ހިލޭ މީހެއްގެ މަޤާމުގައިވާ މީހެކެވެ. އެހެންކަމުން އެ ދެމީހުން އެއްގެއެއްގައި ދިރިއުޅުމާއި އެއްތަނެއްގައި ނިދާ ކައިބޮއި ހެދުމަކީ އެއީ ހުއްދަކަމެއް ނޫނެވެ. 

Read more...

09 June 2020

ސުންނަތް ހިނެއިންތައް އަދި ހިނައިގަތުން ވާޖިބުވާ މީހާގެ މައްޗަށް ބިނާވާ ޙުކުމްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުންނަތްހިނެއިންތައް ވާޖިބު ހިނެއިންތައް ބަޔާންވެހިނގައްޖެއެވެ.
ސުންނަތްވެގެންވާ ނުވަތަ މުސްތަޙައްބު ވެގެންވާ ހިނެއިންތަކަކީ:

Read more...

08 June 2020

ޤަޟާ ޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލުމާއި ފުރަގަސްދިނުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ދެވަނަ ކަންތައް: ޤަޟާ ޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލުމާއި ފުރަގަސްދިނުން 

 ޞަޙަރާގައި (ޤިބުލައާ ޤަޟާ ޙާޖަތްކުރާ މީހާއާ ދެމެދު) ހުރަހެއް ނެތި ޤަޟާޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލައިގެން އިނދެ ނުވަތަ ޤިބުލައަށް ފުރަގަސްދީގެން އިނދެ ޤަޟާޙާޖަތްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

Read more...

ކުދީން ޤުރުއާން ހިތުދަސްކުރުވުމަށް ކުރެވިދާނެ ދިހަ ކަމެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މަންމަޔަކު ބައްޕަޔަކު ދަރިފުޅަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ، ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަރިފުޅަށް ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމެވެ. އެކަންކުރުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ތިރީގައި މި ލިޔެލަނީ މިކަމަށް ބާރުއެޅުމުގެ ގޮތުން ޢަމަލުކުރެވިދާނެ ގޮތެވެ.

Read more...

ފިރްޢައުނުގެ އަނބިމީހާގެ ވާހަކައިން ﷲ ތަޢާލާ ޖެއްސެވި މިސާލާމެދު ވިސްނާފިކުރުކޮށްލުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
އަންހެނަކު، އޭނާގެ ފިރިމީހާއަކީ ދުނިޔޭގައި ﷲ ލެއްވި އެންމެ ބޮޑު ޠާޣޫތުގެ އަނބިމީހާކަމުގައި ވީ ޙާލުވެސް، އޭނާގެ ދީނަށް ރައްކާތެރިވެ، ދީނަށްޓަކައި ބޮޑެތި އިމްތިޙާނުތައް ތަޙައްމަލުކުރިއެވެ.

Read more...

07 June 2020

ފުރަތަމަ އައްތަޙިއްޔާތަށް އިނދެ އޮޅިގެން ފަހު އައްތަޙިއްޔާތު ކިޔުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ނަމާދުގައި ފުރަތަމަ އައްތަޙިއްޔާތަށް އިނދެ އޮޅިގެން ފަހު އައްތަޙިއްޔާތު ކިޔައިފިނަމަ، އެކަމުގެ ސަބަބުން ނަމާދުގެ ޞައްޙަކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކުށު ސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ. 

Read more...

އެބޯޝަން ހެދުން ހުއްދަވާ އެއްވެސް ޙާލަތެއް ވޭތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ފުރާނަ އެޅުއްވުމަށްފަހު ބަނޑުގައި އޮންނަ ކުއްޖާ އެބޯރޓްކުރުން ޙަރާމްކަމުގެ މައްޗަށް ފިޤްހު ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. އެއީ ބަނޑުގައި ޣަރުބަގަތީއްސުރެ 120 ދުވަސް ވުމަށް ފަހުގައެވެ. ފުރާނަ އެޅުއްވުމަށްފަހު ކުއްޖާ އެބޯރޓްކުރެވޭނީ އެންމެ ޙާލަތެއްގައެވެ.

Read more...

04 June 2020

ޙަސަދަ އަދި އެސްފީނާއިން ރައްކާތެރިވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޙަސަދައަކީ ނުބައި ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. މީހާގެ ހިތަށް ޖެހޭ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ޙަސަދައާ ވީހާވެސް ދުރުގައި ހުރުމަށް މުއުމިނު އަޅާ އަބަދުވެސް ސަމާލުކަން ދޭންޖެހޭނެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}. މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”

Read more...

ސިނގިރޭޓު ވިއްކުމުގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: ސިނގިރޭޓު ކުންފުންޏެއްގެ ލައިސެންސްގެ ދަށުން ވިއްކާ ސިނގިރޭޓު ވިއްކުމުގެ ހުކުމަކީ ކޮބައިތޯއެވެ؟ ޖަވާބު: ޙަމްދު ހުރީ ﷲ އަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެކެވެ. 

ހަމަ އެފަދައިން ދުންފަތް ހެއްދުމާއި، ދުންފަތުގެ ވިޔަފާރި ކުރުމަކީވެސް ޙަރާމް ކަމެކެވެ. އެއީ އެއިން ލިއްބައިދޭ ގެއްލުމުގެ ބޮޑުކަމުންނެވެ. 

Read more...