07 June 2020

ފުރަތަމަ އައްތަޙިއްޔާތަށް އިނދެ އޮޅިގެން ފަހު އައްތަޙިއްޔާތު ކިޔުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ނަމާދުގައި ފުރަތަމަ އައްތަޙިއްޔާތަށް އިނދެ އޮޅިގެން ފަހު އައްތަޙިއްޔާތު ކިޔައިފިނަމަ، އެކަމުގެ ސަބަބުން ނަމާދުގެ ޞައްޙަކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކުށު ސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ. 

އެހެނީ، އޭނާ ކުޅަކަމަކީ، ފުރަތަމަ އައްތަޙިއްޔާތުގެ އިތުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކެއް (އޭގެ މަޙައްލު ނޫން ތަނެއްގައި) ކިޔުމެވެ. 

ފުރަތަމަ އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަމުގެ ޙުކުމާމެދު ޢިލްމުވެރިން އިޚްތިލާވެފައިވާ ކަމެކެވެ. އިމާމު ޝާފިޢީ ވިދާޅުވާގޮތުގައި ފުރަތަމަ އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވަން ޖެހޭނެއެވެ. 

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ފުރަތަމަ އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ނުޖެހޭނެއެވެ. އެހެންކަމުން ޞަލަވާތް އެގޮތަށް ކިޔެވުމަކުން ނަމާދުގެ ޞައްޙަކަމަކަށް ބަދަލެއް ނާންނާނެއެވެ.

 ދެން ބާކީ ހުރި ދުޢާތަކަކީ އެއީ ފަހު އައްތަޙިއްޔާތުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކެކެވެ. އެއީ ޞައްޙަގޮތުން ސުންނަތުން ޘާބިތުވާ ދުޢާތަކަކަށް ވެފައި، އެ ދުޢާތައް ކިޔުނީ އޭގެ މަޙައްލުގައި ނޫން ކަމަށްވިޔަސް އެކަމުގެ ސަބަބުން ނަމާދު ބާޠިލެއް ނުވާނެއެވެ. އަދި އެގޮތަށް ކިޔައިފިނަމަ ކުށު ސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ.
 ވަﷲ އަޢުލަމު
 މަރްޖިޢު
 https://islamqa.info/ar/answers/89871

Blog Widget by LinkWithin

No comments:

Post a Comment