31 May 2020

ޤަޟާ ރޯދަޔަށް ހުއްޓައި ފިރިމީހާ ޖިމާޢުވާން އެދެފިނަމަ ރޯދަ ދޫކޮށްލުން ހުއްދަތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޤަޟާ ރޯދައަކީ ސުންނަތް ރޯދަ ފަދަ ރޯދައެއް ނޫނެވެ. ޤަޟާ ރޯދައަށް ނިޔަތް ގަތުމަށް ފަހުގައި ޝަރުޢީ ޢުޛުރެއް މެދުވެރިވުމުން ނޫނީ ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ސުންނަތް ރޯދައަކަށް ހުންނަ މީހާ ޝަރުޢީ ޢުޛުރެއް މެދުވެރިނުވިޔަސް އޭނާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ.

Read more...

30 May 2020

ޝައްވާލުމަހުގެ ހަ ރޯދަޔާ އެއް ނިޔަތެއްގައި ބީޟުގެ ދުވަސްތަކުގެ ރޯދަ ހިފިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މި މައްސަލާގައި އެބަހީ ޝައްވާލު މަހުގެ 6 ރޯދަ ހިފާއިރު، އައްޔާމުލް ބީޟު (ކޮންމެ ހަނދުމަހެއްގައި ހިފުން ސުންނަތްވެގެންވާ 3 ދުވަހުގެ ރޯދަ) އާ އެއްނިޔަތެއްގައި ޝައްވާލުމަހުގެ 6 ދުވަހުގެ ތެރެއިން 3 ދުވަހުގެ ރޯދަ ހިފުމުން އެކަމުގެ ޘަވާބު ލިބޭނެތޯ، ޝައިޚް ބިން ބާޒް ރަޙިމަހުﷲ އާ ސުވާލު ކުރެވުމުން، ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވާ ކަމަށާއި އަދި އެކަމުގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ. 

Read more...

ޤަޟާ ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢުޛުރެއްގެ ސަބަބުން ފާއިތުވެގެންދާ ފަރުޟު ރޯދަ ހިފުމަކީ ވާޖިބެކެވެ. ވާޖިބު ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. ވާޖިބު ނޫން ރޯދަ ހިފާއިރު، ފިރިމީހާ ޙާޟިރުވެ ހުރިނަމަ ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެއެވެ.

Read more...

29 May 2020

ރޯދަޔަށް ހުރެ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ރޯދަވެރިޔާ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ. ޞައްޙަވެގެންވާ ބަހަކީ އެކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް ބުނާ ބަހެވެ. އެހެނީ އެއީ ކެއުމާއި ބުއިމުގެ މާނާގައިވާ ކަމެއް ނޫނެވެ.

Read more...

28 May 2020

ތަނބު ދޭތެރޭގައި ސަފުހެދުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މިސްކިތުގެ ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމާމެދު ނަހީ އައިސްފައިވެއެވެ. އެއީ އެކަމުގެ ސަބަބުން ސަފު މެދު ކެނޑޭތީއެވެ. 

عَنْ مُعَاوِيَةَ بْنِ قُرَّةَ عَنْ أَبِيهِ قَالَ : (كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنُطْرَدُ عَنْهَا طَرْدًا) رواه ابن ماجة (1002) صححه الألباني في “صحيح ابن ماجة”. މުޢާވިޔާ ބިން ޤުއްރަތު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުން އަހަރެމެންނަށް ނަހީކުރެވެއެވެ. އަދި ތަނބުތަކުގެ ދޭތެރެއިން ސަފުހެދުމުން އެތަނުން އެކީ އެކައްޗަކަށް ދުރުކުރެވެއެވެ.”

Read more...

27 May 2020

ރަމަޟާންމަސް ނޫން މަސްތަކުގައި ޢާއްމުގޮތެއްގައި ދަމުނަމަދު ޖަމާޢަތުގައި ކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ރަމަޟާން މަސް ނޫން މަސްތަކުގައި މިސްކިތުގައި ޖަމާޢަތުގައި ދަމުނަމާދު ކުރުން ވާނީ ބިދުޢައަކަށެވެ. އެކަމަކު ރަމަޟާން މަސް ނޫން މަސްތަކުގައި ބައެއްފަހަރު އެމީހެއްގެ ގޭގައި ޖަމާޢަތުގައި ދަމުނަމާދު ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަމު ނަމާދު އެގޮތަށް ބައެއްފަހަރު ކުރެއްވިކަން ޘާބިތުވާން އޮތީމައެވެ.

Read more...

26 May 2020

ހަތް ދުވަސް ގުނާނީ ކިހިނެއް؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ހަތް ދުވަސް ގުނާ ގޮތް ހަނދާނުގަ ބަހައްޓަން އެންމެ ފަސޭހަ ގޮތަކީ ހަފްތާގެ ހުރިހާ ދުވަހެއް އެކުއްޖާ އަށް ގުނަން ޖެހޭނެ ކަމަށް ހަނދާނުގައި ބެހެއްޓުމެވެ. 

Read more...

25 May 2020

ދަރިފުޅުގެ ނަން ބަދަލުކޮށްފިނަމަ އަލުން ޢަޤީޤާ ކަތިލަން ޖެހޭނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
 “ދަރިފުޅުގެ ނަން ބަދަލު ކުރުމަކީ އަލުން ޢަޤީޤާ ކަތިލަން ޖެހޭ ސަބަބެއް ނޫނެވެ. މާނަ ރަނގަޅު ނޫން ނަމެއް ކިޔިފައިވާނަމަ އެއަށް ވުރެ ރަނގަޅު ނަމަކަށް ނަން ބަދަލުކޮށްލުމަކީ ރަނގަޅުކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެފަދަ ބައެއް ނަންތައް ބަދަލުކުރެއްވި ބީދައިންނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން، މިގޮތަށް ނަން ބަދަލު ކުރުމަކީ އަލުން ޢަޤީޤާ ކަތިލަން ޖެހޭ ސަބަބެއް ނޫނެވެ.”  
” مجموع فتاوى ابن عثيمين ” (10/850)

 މަރްޖިޢު https://islamqa.info/ar/answers/196742

Read more...

24 May 2020

ޢީދު ނަމާދު ގޭގައި އެކަހެރިކޮށް ކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: އަހުރެންނަށް ޢީދުނަމާދު ގޭގައި އެކަނި ކުރެވިދާނެހެއްޔެވެ؟ ސިއްޙީ ސަބަބަކާހުރެ މިސްކިތަށް ދިޔުން އަހަރެންނަށް ކުޅަދާނަވެގެން ނުވެއެވެ.

Read more...

23 May 2020

ރަމަޟާން މަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ ރޯދަ ހިފިދާނެ ހެއްޔެވެ؟
މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ - رواه مسلم (1164) "ރަމަޟާން މަހު ރޯދަ ހިފާފަ، އޭގެ ފަހުގަ އެއާއި ވިދިގެން ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ." 


Read more...

ވިހެއުމުގެ ކުރިން އަންނަ ފެނާއި ލޭގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު:ވިހެއުމުގެދެދުވަސް ނުވަތަ ތިންދުވަސްކުރިން މާބަނޑު އަންހެނާގެފަރުޖުން ނުކުންނަ ދިޔާތަކެތީގެ ޙުކުމަކީ ކޮބައިހެއްޔެވެ؟އެއީ ފެން ގޮތަށް ހުންނަ އެއްޗެކެވެ. ބައެއް މީހުން އެއަށް [ ماء الجنين ]އެމްނިއޮޓިކް ފުލުއިޑް އޭވެސް ކިޔައެވެ. އެ އަންނަނަމަ އޭނާއަށް ނަމާދުކޮށް ރޯދަހިފިދާނެހެއްޔެވެ؟

Read more...

22 May 2020

ޙައިޟުވީ އިރުއޮއްސުމުގެ ކުރިންކަން ނުވަތަ ފަހުންކަން ނޭނގޭނަމަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުއާލު: ރަމަޟާން މަހުގެ ދުވަހެއްގައި ރޯދަ ވީލުމަށް ފަހު، ކުޑަ ވަޤުތު ކޮޅެއްގެ ފަހުން އަހަރެންނަށް ޙައިޟުގެ ލޭ ފެނުނެވެ. އަހަރެން ޙައިޟުވެރިވީ ރޯދަ ވީލުމުގެ ކުރިންކަމެއް ނޫނީ ރޯދަ ވީއްލުމުގެ ފަހުން ކަމެއް ނޭނގެއެވެ. ވީމާ އެދުވަހުގެ ރޯދަ އަޅުގަނޑަށް ލިބޭނެތޯއެވެ؟ ނޫނީ އެރޯދަ ޤަޟާ ކުރަން ޖެހޭނެ ތޯއެވެ؟ 

Read more...

21 May 2020

ނަމާދު ޤަޞްރުކުރުން ހުއްދަވާނީ ކިހާދުރުމިނެއްގެ ދަތުރެއްގައިތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުކުރުން ހުއްދަވާނީ ކިހާ ދުރުމިނެއްގެ ދަތުރެއްގައިތޯ، މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވާ މައްސަލައެކެވެ. އިޚްތިލާފުވި ސަބަބަކީ މި ދުރުމިނާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އާޔަތެއް އައިސްފައިނެތުމާއި، އެއްވެސް ޙަދީޘެއްގައިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަޞްރުކުރުމަށް ސީދާ ވަކި ދުރުމިނެއް ކަނޑައަޅުއްވާފައިނުވުމެވެ. ތިރީގައިމިވަނީ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ އިޚްތިލާފު ކުރުކޮށެވެ.

Read more...

ފިރިމީހާ އަނބިމީހާއަށް ޚަރަދުނުކުރާ ނަމަ އެއްދާންކުރުމުން ދުރުހެލިވެވިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު




ކައިވެންޏަށްފަހު، ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިމީހާ އަދާކުރަންޖެހޭ އަނބިމީހާގެ ޙައްޤެކެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. އެކަން ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. ފިރިމީހާ އަނބިމީހާގެ މައްޗަށް ވާ ޤައްވާމެއް (ބެލެހެއްޓުމުގެ ބާރު ލިބިގެންވާ މީހެއް) ކަމުގައި ވެފައިވާ އެއްސަބަބަކީވެސް އޭނާ އޭނާގެ ފައިސާއިން އަނބިމީހާގެ މައްޗަށް ހޭދަކުރުމެވެ.

Read more...

20 May 2020

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އާޔަތުލް ކުރުސީ ކިޔެވުން 
ދަލީލު: حديث أبي هريرة، وفيه قول الشيطان له: “إِذَا أَوَيْتَ إِلَى فِرَاشِكَ، فَاقْرَأْ آيَةَ الكُرْسِيِّ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ ، وَلَا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِح”. فقال النبي صلى الله عليه وسلم : ((أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ)). [رواه البخاري تعليقا (2311)] އަބޫ ހުރައިރާގެ މި ޙަދީޘް. ޝައިޠާނާ އަބޫހުރައިރާއަށް ބުނި ބަސްތައް “ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސީ ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރިކުރައްވާ މަލާއިކަތެއް ފަތިސްވަންދެން ހުންނާނެއެވެ. އަދި ތިބާއާ ޝައިޠާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައިޠާނާ ބުނި މި ބަސްތަކާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. “އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިޔަކަށް ވީކަމުގައިވިޔަސް މިފަހަރު އޭނާ ތިބާގާތުގައި އެބުނީ ތެދެކެވެ.” ފައިދާ: ޝައިޠާނާގެ ކިބައިން ރައްކާތެރިވުން.

Read more...

18 May 2020

ވުޟޫ ނެތި ޤުރްއާން ކިޔެވިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ވުޟޫ ނެތި ޤުރްއާން ކިޔެވުމަކީ ހުއްދަކަމެކެވެ. ބައެއް ޢިލްމުވެރިން އެކަމުގެ މައްޗަށް އިޖްމާޢުވެސް ނަޤްލުކުރައްވާފައިވެއެވެ. ކުޑަ ޙަދަޘްވެރި ވެފައިވާ މީހާ ވުޟޫނެތިވެސް ޤުރްއާން ކިޔެވިދާނެކަމަށް ދަލާލަތުކުރާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. 

Read more...

އާފުރުން އެއީ ކިހިނެއް ވާ ކަމެއް؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
އާ ފުރެން މެދުވެރިވަނޢާއްމުގޮތެއްގައި ދެ ސަބަބެއް މެދުވެރިވެގެންނެވެ. 

ފުރަތަމަ އަދި އެންމެ ޢާއްމު ސަބަބަކީ ހަށިގަނޑަށް ވަރުބަލިކަން ލިބި ފޫހިވުމެވެ. އަދި ފިކުރުބޮޑުވުން ފަދަ ސަބަބުތަކެވެ. 

Read more...

ނަމާދު ފަށާފަހުން އާދެވޭ މީހާ ޖަމާޢަތާ ގުޅޭނެ ގޮތް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިމާމު މީހާ ނަމާދު ފަށާފަހުން މިސްކިތަށް އާދެވޭ މީހާ، އިމާމު މީހާ ރުކޫޢުގައި ވަނިކޮށް ނުވަތަ ސަޖިދާގައިވަނިކޮށް ނުވަތަ ދެސަޖިދަ ދެމެދު އިންދާ މިފަދަ ޙަރަކާތެއްގައި އިންދާ މިސްކިތަށް އަންނަ މީހާ، އިމާމު މީހާއާ ގުޅެން ނުވަތަ ޖަމާޢަތާ ގުޅެން ހަދަންޖެހޭނީ ކިހިނެއްތޯ، ހަށަން ބަންނަން ޖެހޭނެތޯ މިއީ ވަރަށް ގިނަބަޔަކު ކުރާ ސުވާލެކެވެ. އެންމެ ފުރަތަމަ ކަމަކަށް، ނަމާދު ފަށާ ފަހުން މިސްކިތަށް އާދެވޭ މީހާއަށްވެސް ސުންނަތް ވެގެންވަނީ މަޑުމައިތިރިކަމާއެކު އަވަސްއަރައި ނުގަނެ މިސްކިތަށް ވަނުމެވެ. ނަމަވެސް ޖަމާޢަތް ފާއިތުވެދާނެ ކަމުގެ ބިރު ހީވާމީހާ، ޖަމާޢަތް ލިބިގަތުމަށްޓަކައި ކުޑަކޮށް އަވަސްވެގަނެވިދާނޭ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

Read more...