25 May 2020

ދަރިފުޅުގެ ނަން ބަދަލުކޮށްފިނަމަ އަލުން ޢަޤީޤާ ކަތިލަން ޖެހޭނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
 “ދަރިފުޅުގެ ނަން ބަދަލު ކުރުމަކީ އަލުން ޢަޤީޤާ ކަތިލަން ޖެހޭ ސަބަބެއް ނޫނެވެ. މާނަ ރަނގަޅު ނޫން ނަމެއް ކިޔިފައިވާނަމަ އެއަށް ވުރެ ރަނގަޅު ނަމަކަށް ނަން ބަދަލުކޮށްލުމަކީ ރަނގަޅުކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެފަދަ ބައެއް ނަންތައް ބަދަލުކުރެއްވި ބީދައިންނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން، މިގޮތަށް ނަން ބަދަލު ކުރުމަކީ އަލުން ޢަޤީޤާ ކަތިލަން ޖެހޭ ސަބަބެއް ނޫނެވެ.”  
” مجموع فتاوى ابن عثيمين ” (10/850)

 މަރްޖިޢު https://islamqa.info/ar/answers/196742

Blog Widget by LinkWithin

No comments:

Post a Comment