26 May 2020

ހަތް ދުވަސް ގުނާނީ ކިހިނެއް؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ހަތް ދުވަސް ގުނާ ގޮތް ހަނދާނުގަ ބަހައްޓަން އެންމެ ފަސޭހަ ގޮތަކީ ހަފްތާގެ ހުރިހާ ދުވަހެއް އެކުއްޖާ އަށް ގުނަން ޖެހޭނެ ކަމަށް ހަނދާނުގައި ބެހެއްޓުމެވެ. 

މިސާލަކަށް ހުކުރު ދުވަހުގައި ވިހައިފި ކުއްޖަކަށް 7 ދުވަސް ވާނީ ބުރާސްފަތި ދުވަހުއެވެ. ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިއްޔާ ބަލާނީ އެދުވަހު ވިހޭ ކުއްޖެއްކަމަށެވެ. އިރު އޮއްސޭ ފަހުން ވިހައިފިނަމަ ބަލާނީ ވިހެއީ އަނެއް ދުވަހު ކަމުގައެވެ. އެއީ އިސްލާމީ ޝަރީޢަތުގައި އިރު އޮއްސުމާއެކު އަނެއް ދުވަސް ފެށުނީއެވެ. 
މިސާލަކަށް : ހުކުރު ދުވަހުގެ މަޣްރިބް ކުރިން ވިހައިފިއްޔާ ބަލާނީ ހުކުރު ދުވަހު ވިހޭ ކުއްޖެއް ކަމަށެވެ. ހުކުރު ދުވަހު މަޣްރިބް ފަހުން ވިހައިފިއްޔާ ބަލާނީ އެއީ ހޮނިހިރު ދުވަހު ވިހޭ ކުއްޖެއް ކަމަށެވެ. 

ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ ބުރާސްފަތި ދުވަހުއެވެ. 
ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ ހުކުރު ދުވަހުއެވެ.
ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ ހުކުރު ދުވަހުއެވެ. 
ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ ހޮނިހިރު ދުވަހުއެވެ. 
އާދިއްތަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ ހޮނިހިރު ދުވަހުއެވެ. 
އާދިއްތަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ އާދިއްދަ ދުވަހުއެވެ. 
ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ އަދިއްތަ ދުވަހުއެވެ.
ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ ހޯމަ ދުވަހުއެވެ. 
އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ ހޯމަ ދުވަހުއެވެ. 
އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ އަންގާރަ ދުވަހުއެވެ. 
ބުދަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ އަންގާރަ ދުވަހުއެވެ. 
ބުދަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ ބުދަ ދުވަހުއެވެ. 
ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވިހައިފިނަމަ ހަތް ދުވަސްވާނީ ބުދަ ދުވަހުއެވެ. 
ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުގެ ފަހުން ވިހައިފިނަމަ ހަތް ދުވަސްވާނީ ބުރާސްފަތި ދުވަހުއެވެ.

 މަރްޖިޢު
"الشرح الممتع"(7/493)
 https://islamqa.info/ar/answers/171377/

Blog Widget by LinkWithin

No comments:

Post a Comment