Showing posts with label ފިޤްހު. Show all posts
Showing posts with label ފިޤްހު. Show all posts

19 May 2021

ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

Read more...

16 May 2021

ޖުނުބުވެރިޙާލުގައި ހުރެ ޛިކްރުކުރުމާއި ދުޢާކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


މީހަކު ޖުނުބުވެރިވެފައިވީކަމުގައި ވިޔަސް ދުޢާކުރުމާއި، ޛިކްރުކުރުން ހުއްދަވެގެންވެއެވެ. އެއީ ނިދުމުގެ ކުރީން ކިޔާ ޛިކްރުތަކާއި ދުޢާތައް ކަމުގައިވިޔަސް މެއެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ.

Read more...

ޖުނުބުވެރިޙާލުގައި ނިދުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޖުނުބުވެރި ވުމަކީ މަނިބޭރުވުމުގެ ސަބަބުން ނުވަތަ ޖިމާޢުވުމުގެ ސަބަބުން ހަށިގަނޑަށް ނުތާހިރުކަމެއް އައުމެވެ. ޖުނުބުވެރިވާހުށީ ދެގޮތަކަށެވެ. އެއްގޮތަކީ ހޭލާހުއްޓާ ނުވަތަ ނިދާފައިއޮއްވާ (ޖިންސީ އެދުންވެރިކަމާއެކު) މަނި ބޭރުވުމެވެ. އަނެއްގޮތަކީ މަނި ބޭރުނުވިކަމުގައި ވިޔަސް ދެ ޚިތާނު ބައްދަލުވުމެވެ.

Read more...

07 May 2021

ޖިނާޔާތުގެ ލުޣަވީ އަދި އިޞްޠިލާޙީ މާނަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


الجنايات އަކީ جناية ގެ جمع އެވެ. މިބަސް ފާފަކުރުމުގެ މާނައިގައި ބޭނުންކުރެވެއެވެ. އަދި ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށްވެސް جناية ކިޔެއެވެ.

Read more...

28 April 2021

ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ސުވާލު: ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟

Read more...

18 April 2021

ދަމު ނަމާދުގެ ވަޤުތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ދަމު ނަމާދުގެ ވަގުތަކީ ޢީޝާ ނަމާދުން ފޭބީއްސުރެ ފަތިސް ވަންދެނެވެ. އެހެންކަމުން މި ވަޤުތުގެ ތެރޭގައި ކޮންމެ ވަޤުތެއްގައި ދަމު ނަމާދު ކުރި ކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ.
ދަމު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ރޭގަނޑު ތިންބައި ކޮށްފައި އޭގެ ފަހުބައިގައެވެ.

Read more...

13 April 2021

ކައިވެނި ކުރުން ލަސްވާނަމަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޙަޔާތުގެ އެހެން ކަންކަމެކޭ އެއްފަދައިން ކައިވެންޏަކީވެސް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެކަމުގެ ވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ކައިވެނި ކުރުމަށް ޤަޞްދުކޮށް، އެކަމަށް މަސައްކަތްކޮށްވެސް ކައިވެނި ނުކުރެވިފައި ތިބޭ އަޚުންނާއި އުޚްތުން ޤަބޫލުކުރަންޖެހޭ ކަމަކީ އެކަމުގެ އެންމެ ހެޔޮ ވަޤުތުގައި ﷲ ތަޢާލާ އެކަން ހިންމަވައިދެއްވާނެކަމެވެ. ސަބަބުތަކުގައި ހިފުމަކީ ޝަރްޢީ ސަބަބުތަކުގައި ހިފުމެވެ. ފަހަރަކު މީހަކާ ޗެޓުކޮށް ވާހަކަ ދައްކާ، ނަހަމަ ގުޅުންތަކެއް ހިންގުމެއް ނޫނެވެ. އެއީ ﷲ ތަޢާލާ ނުރުއްސަވާ މަގެވެ. އެމަގުން ހިނގައިގެން ކައިވެނިކުރަން ނޫޅޭށެވެ.

Read more...

07 March 2021

ޤަމަތުގެ ބައެއް ލަފުޒުތައް ހަނދާންނެތި ދެވިއްޖެނަމަ، އަލުން ޤަމަތްދޭން ޖެހޭނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ބަންގި ނުވަތަ ޤަމަތުގެ ކަލިމަތަކުގެ ތެރެއިން ކަލިމައެއް ދޫކޮށްލައިފިމީހާ، ނުވަތަ ހަނދާންނެތިގެން ދޫވެއްޖެމީހާ، އޭނާ ހަނދާންވީ ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ނަމަ، ދޫކޮށްލި ނުވަތަ ހަނދާންނެތުނު ކަލިމަތަކުން ފަށައިގެން އޭގެ ފަހުބައި ފުރިހަމަކުރާނީއެވެ. އަދި އެކަން ހަނދާންވީ ވަރަށް ގިނަ ވަޤުތު ފާއިތުވީ ފަހުން ކަމުގައި ނުވަތަ ވަރަށް ލަހުން ކަމުގައިވަނީނަމަ، ބަންގި ނުވަތަ ޤަމަތް އަލުން ދޭނީއެވެ.

Read more...

09 February 2021

ނަޖިސް އަދި ނަޖިހުން ޠާހިރުވާނެ ގޮތް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ފުރަތަމައީ: ނަޖިހުގެ ތަޢާރަފާއި ނަޖިހުގެ ވައްތަރުތައް

ނަޖިހަކީ، ޝަރުޢުކުރެއްވި ފަރާތުން، އަހަރެމެން އެއިން ދުރުވުމަށް އަމުރުކުރައްވާފައިވާ ހަޑި ކޮންމެ އެއްޗެކެވެ.

އެއީ ދެ ބާވަތެކެވެ.


Read more...

04 February 2021

ބަންގި ގޮވަން ފެށުމުން، ބަންގި ގޮވާ ނުނިމެނީސް ނަމާދުކުރަން ފެށިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ބަންގީގެ އަޑާއެކު، ރަވާތިބު ސުންނަތް ކުރަން ފެށިދާނެތޯ ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، ބަންގީގެ އަޑާއެކު، ފަރްޟު ނަމާދު ކުރަން ފެށިދާނެތޯ، ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، މިއީ ބައެއް ފަރާތްތަކުން ޖަވާބު އޮޅުން ފިލުވަން ބޭނުންވާ ސުވާލެކެވެ. އަދި އެފަދައިން ނަމާދުކޮށްފި ނަމަ އެ ނަމާދު ޞައްޙަވާނެތޯވެސް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

Read more...

29 January 2021

ނަމާދުގެ ކުރީ ސަފުން ކުޑަކުދީން ބޭރުކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ކުޑަކުދިން ބާލިޣުވުމުގެ ކުރީންވެސް ނަމާދަށް ލޯބި ޖެއްސުމަށާއި ނަމާދު ކުރުވުމަށް ހޭނުވުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

Read more...

ބަންގިއާ ޤަމަތާދެމެދު ދުޢާ އިޖާބަކުރައްވާ ވަޤުތު އަންހެނުންނަށްވެސް ވޭތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ސުވާލު: އަންހެނުންނަށް ސުންނަތްވެގެންވަނީ ގޭގައި ނަމާދުކުރުން ކަމުގައިވާއިރު، އަދި ބަންގި ގޮވުމާއި ޤަމަތްދިނުމަކީވެސް އަންހެނުންނަށް ސުންނަތްކަމެއް ކަމުގައި ނުވާއިރު، ޙަދީޘްގައި އައިސްފައިވާ ދުޢާ އިޖާބަ ވާ ވަޤުތު ބަންގިއާއި ޤަމަތާދެމެދު ދުޢާކުރުން، އަންހެނުން ޙާޞިލްކުރާނީ ކިހިނެއްތޯއެވެ؟

Read more...

06 January 2021

ހުކުރު ދުވަހު ދަތުރު ދިޔުމުގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ސުވާލު: ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ.

Read more...

03 January 2021

ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ފާފައެއް ކުރަން ހިތަށް އަރައިފިނަމަ ނުވަތަ ފާފައެއް ކުރުމަށް ދަޢުވަތު ދެވުނު ނަމަ ކީރިތި ޤުރްއާނުގެ މި އާޔަތް ހަނދާންކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި ހިތަށް އެރުވުމަށްޓަކައި މި ދެ އާޔަތް ހިތުދަސްކޮށްލާށެވެ. މާނައާއެކުގައެވެ.

Read more...

29 November 2020

ނަމާދު އަޅާ މީހަކާ ދިމާލަށް މިހެން ބުނެބަލާށެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ނަމާދު އަޅާ މީހަކާ ދިމާލަށް މިހެން ބުނެބަލާށެވެ.

Read more...

14 November 2020

ނަމާދުކުރުން ނަހީ ވަޤުތުތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ނަމާދު ކުރުން ނަހީ ވަޤުތުތަކާ ބެހޭގޮތުން އަންނަނިވި ޙަދީޘް ވާރިދުވެގެންވެއެވެ.

عن عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ يَقُولُ : ( ثَلاثُ سَاعَاتٍ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا : حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ ). وروى مسلم (1373)

ޢުޤުބަތު ބިން އާމިރު އަލްޖުހަނީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިން ވަގުތެއްގައި ނަމާދު ކުރުމާއި މައްޔިތުން ވަޅުލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ނަހީކުރައްވާފައިވެއެވެ. އެއީ އިރު އަރަމުން ދާވަގުތު މައްޗަށް އިރު އުފުލިއްޖައުމަށް ދާންދެނެވެ. އަދި މެންދުރު އިރު މެދުޖެހޭ ވަގުތު އިރު މެދުން ފިލައްޖެއުމަށް ދާންދެނެވެ. އަދި އިރު އޮއްސުމަށްޓަކައި ތިރިވާ ވަގުތު ރަނގަޅަށް އޮއްސިއްޖެއުމަށް ދާންދެނެވެ."


Read more...

11 November 2020

ޙައިޟުވެރިޔާ ނިޔަފަތި ކެނޑުމާއި ގައިގެ އިސްތަށި ބޭލުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޙައިޟުވެފައި ހުންނައިރު، ނިޔަފަތި ކެނޑުމާއި، ގައިގެ އިސްތަށި ބޭލުމާއި، އަދި ގައިން ހަން ވަކި ކުރުން ފަދަ ކަންކަން ކުރަން ނުވާނެކަމުގައި ބުނާ މީހުން އުޅެއެވެ. އަދި އެބުނުން އެގޮތަށް ޤަބޫލުކުރާ ބައެއް މީހުން އުޅެއެވެ. އަދި އެފަދަ ބައެއް މީހުން ޤަބޫލު ކުރާގޮތުގައި އަންހެނާ ޙައިޟުވުމުން އޭނާ އެ ހުރީ ހިނައިގަންނަން ޖެހިފައެވެ.

Read more...

25 October 2020

ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

Read more...

23 October 2020

ބިރުވެތިކަމާއެކު ނަމާދު ޤާއިމްކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ

Read more...

20 October 2020

ފަރްޟު ނަމާދު ކުރެވެނުކަމާ މެދު ޝައްކުވެއްޖެ ނަމަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފަރްޟު ނަމާދެއް ކުރެވުނުތޯ ނުވަތަ ނުކުރެވޭތޯ ޝައްކު އުފެދިއްޖެމީހާ ޢަމަލު ކުރަންޖެހޭނީ ކޮން ގޮތަކަށްތޯ ސުވާލު ކުރެވުމުން، ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.

Read more...