06 January 2021

ހުކުރު ދުވަހު ދަތުރު ދިޔުމުގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ސުވާލު: ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ.

ޖަވާބު:
الحمد لله
“އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރުނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު ނަމާދެއް ގެއްލިގެންދާތީއެވެ.”
اللجنة الدائمة للبحوث العلمية والإفتاء .
“فتاوى إسلامية” (1/417) .
والله أعلم .
މިއީ އިސްލާމްކިއުއޭ ގައިވާ މި ފަތުވާ އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

Blog Widget by LinkWithin

No comments:

Post a Comment