28 November 2013

ޙައްޤުތައް ހޯދުމުގައި ރިވެތި އަޚުލާޤު ބޭނުންކުރުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީނުގައި އިއްވޭ ނިޔަތަކާއި މަތިވެރި އަޚްލާޤު ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ކުރެވޭ ދަޢްވާއެއްގައި ދެ ޚަޞްމުންކުރެ ޚަޞްމެއްގެ މޮޅުވާހަކަ ދެއްކުމުންނާއި ދިފާޢުވުމުގެ ކުޅަދާނަކަމުން އެމީހަކަށް ލިބެންނުވާ ޙައްޤެއް ލިބުމަކީ އިންޞާފުވެރި ގޮތެއްކަމަކަށް އިސްލާމްދީން ނުދެކެއެވެ.

Read more...

25 November 2013

ސުންނަތާ އެއްގޮތަށް ކެއުމާއި ބުއިން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

* ކެއުމުގެ ކުރިން
1- ދެއަތްތިލަ ރަނގަޅަށް ދޮވުން
2- ކާއެއްޗަކީ ޙަލާލު އެއްޗެއްތޯ ޔަޤީންކުރުން - يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ- البقرة 172- "އޭ އީމާންވީ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުކުރެއްވި (ދެއްވި) ޙަލާލުތަކެތިން ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ!"


Read more...

24 November 2013

އައިނު އަޅައިގެން ނުވަތަ ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ކުރާ ނަމާދު ރަނގަޅުވާނޭ ހެއްޔެވެ؟

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޖަވާބު: އައިނު އަޅައިގެން އަދި ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ސަޖިދަކުރާ ވަޤުތު ސާޖިދަކުރާ މީހާގެ ނޭފަތާއި ނިތްކުރި ސަޖިދަކުރާ ތަނުގައި ރަނގަޅަށް ޖެހުން އޭގެ ސަބަބުން މަނާ ނުކުރާނަމައެވެ. އެގޮތަށް މެދުވެރިވާނަމަ، ނަމާދުގެ ކުރިން ޢައިނު ނެގުން ލާޒިމުވާނެއެވެ. ނުވަތަ ސަޖިދައަށް ދިޔުމުގެ ކުރިން ނެގުން ލާޒިމުވާނެއެވެ.

Read more...

23 November 2013

فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފުރަތަމަ ފަޞްލު

އިސްލާމްދީނަކީ ﷲ ތަޢާލާ ޤަބޫލުކުރައްވާ ހަމައެކަނި ދީނެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން އިންސިއެއްގެ ކިބައިން އަދި ޖިންނިއެއްގެ ކިބައިންވެސް އެނޫން ދީނެއް ޤަބޫލުނުކުރައްވަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ- آل عمران: ٨٥މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ،އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދިއާޚިރަތުގައި އޭނާ ވާނީގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.” إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ -آل عمران:١٩މާނައީ: “ހަމަކަށަވަރުން،ﷲގެ ޙަޟްރަތުގައި،ދީނަކީއިސްލާމްއެވެ. (އިސްލާމްދީނެވެ.)”.


Read more...

ތިބާގެ ނަފްސަށް އާމަންކަން ލިބޭ ކަމެއް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ މަންހަޖުގެ މަތީގައި ޤާއިމްވެފައިވާ ތަރުބިއްޔަތަކީ ނަފުސުގެ އަމާންކަމާއި ހަމަޖެހުމަށް ވަރަށް ގިނަ ކަންތައްތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. އެއީ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ މީހަކަށް އެހެން އެއްވެސް މީހަކަށް ނުލިބޭ ހިތުގެ ހަމަޖެހުން ލިބޭނެއެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއިލާހު ދެނެގަތުމަށާއި އެއިލާހަށް ތައުބާވުމަށާއި، އެއިލާހު ދެކެ ލޯބިވުމަށާއި އެއިލާހަށް އިޚްލާޞްތެރިވުމަށެވެ. ހިތްތަކުގެ ހަމަޖެހުން ވަނީ އެއިލާހު ހަނދުމަކުރުމުގައެވެ. ނަފުސުތަކުގެ ހަމަޖެހުންވަނީ އެއިލާހު ހަނދުމަކުރުމުގައެވެ.

Read more...

ކީރިތި ޤުރުއާނުގެ ބައެއް ނަންތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ޤުރުއާން: މިއީ ކީރިތި ޤުރުއާނަށް ކިޔޭ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. ޠާހިރު އިބްނު ޢާޝޫރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވި ވަޙީއަށް ކިޔޭ ނަމެކެވެ.

Read more...

އިސްލާމީ އަޚުލާޤު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެކަނި މާއްދިއްޔަތަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި، އިންސާނީ ތާރީޚަކީ ކާބޯތަކެތި ހޯދުމުގެ ތާރީޚެކެވެ. އާދެ ޝަހުވަތުގެ ތާރީޚެވެ. މާއްދީ އަދި އިޤުތިޞާދީ ބާރަކީ އިންސާނާގެ ޙަޔާތުގެ މިޞްރާބު ޢައްޔަން ކޮށްދޭ އަދި ފިކުރުތަކާ ޢަޤީދާތައް އޭގެ މަތީގައި ބިނާވެފައިވާ ބާރެކެވެ. އެފަދަ މުޖުތަމަޢެއްގައި ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ އިންސާނާގެ މާއްދީ ޝަހުވަތު ފުއްދުމުގެ މައްޗަށެވެ. ޙަލާލެއް ޙަރާމެއް، ގޮތެއް ފޮތެއް ބެލުމެއް ނެތިއެވެ. މީހެއްގެ ޙައްޤެއް ބެލުމެއް ނެތިއެވެ. އަޚްލާޤުގެ ކަންފުޅެއްވެސް ނެތިއެވެ.

Read more...

ފަރުދުންނަށް ތަރުބިއްޔަތުގެ މުހިއްމުކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފަރުދުންގެ ޙަޔާތުގައި ތަރުބިއްޔަތުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެއީ ﷲ ތަޢާލާގެ ގޮވާލެއްވުމަށް ދެވޭ އިޖާބައެކެވެ. އަދި ﷲ ތަޢާލާއަށް ކުރެވޭ އަޅުކަމެކެވެ. އަދި ނަފުސަށް ދެވޭ ރާޙަތަކާއި ހިތްހަމަޖެހުމެކެވެ. އަދި ފަރުދުގެ ޙަޔާތުގައި އަދި އޭނާ މަރުވުމަށްފަހުގައިވެސް އޭނާއަށް ލިބޭ ވަރަށް މަތިވެރި ޢިއްޒަތްތެރިކަމަކާއި ކަރާމާތްތެރިކަމެކެވެ.

Read more...

ކީރިތި ޤުރުއާނުގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޤުރުއާނުގެ ލުޣަވީ މާނަ: ޤުރުއާން މި ބަސް ނެގިފައިވަނީ ޤަރައަ ޔަޤްރައު މި ބަހުންނެވެ. ޤުރުއާން އޭގެ މާނައަކީ މަޤްރޫއުއެވެ. އެއީ ކިޔެވޭއެތި މިގޮތަށެވެ. އޭގެ ދެވަނަ މާނައަކީ އަލްޖާމިޢުއެވެ. އެއީ ޖަމާވެގެންވުމެވެ. އެއީ އެފޮތުގައި ޚަބަރުތަކާއި ޙުކުމްތައް ޖަމާވެގެންވާކަމަށްޓަކައެވެ.

Read more...

13 November 2013

ތާބިޢީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވެއެވެ. އެބޭކަލުންނަކީ ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމުގައި އަރާހުންނެވި ބޭބޭކަލުންނަށް ދަރިވަރުވެވަޑައިގެންނެވި ބޭކަލުންނެވެ. އެގޮތުން ތާބިޢީންގެ ތެރެއިން މަޝްހޫރު ތަފްސީރު ޢިލްމުވެރިންނަކީ:

Read more...

12 November 2013

އަނބި ދަރިންނާއި ފައިސާއަށްވުރެ ބޮޑަށް ނަބިއްޔާ ދެކެ ލޯބިވާންޖެހޭ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މާތް ﷲގެ ލޯބި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަހަރެމެން ތަބަޢަވެގެން ނޫނީ އަހަރެމެންނަށް ނުލިބޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللهُ غَفُورٌ رَحِيمٌ([1])މިއާޔަތުގެ މާނައީ : “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ﷲދެކެ ލޯބިވާ ބަޔަކު ކަމުގައި ވަނީނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އެއިރުން ﷲ ތަޢާލާ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ފުއްސަވައި ދެއްވަވާނެއެވެ. އަދި ﷲއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.”

Read more...

11 November 2013

ޝިރުކުގެ ބާވަތްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޝިރުކު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކެވެ. އަހަރެމެންކައިރީގައި މިވެނި ކަމަކީ ބޮޑު ޝިރުކުގެ ތެރޭގައި ހިމެނޭކަމެއް ނުވަތަ މިވެނިކަމަކީ ކުޑަޝިރުކުގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނެވޭ ހިނދު އެކަން އެނގިފައި އޮތުމަށްޓަކައި އަދި އެ ދެ ބާވަތުގެ ޝިރުކުގެ ފަރަޤު އޮޅުންފިލުވުމަށްޓަކައި މި ދެބާވަތުގެ ޝިރުކު އަޅާކިޔާލަން އެބަޖެހެއެވެ.

Read more...

10 November 2013

ތަރުބިއްޔަތައިގެން މަސައްކަތްކުރުމުގެ މުހިއްމުކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފަރުދުންގެ ޙައްޤުގައި ތަރުބިއްޔަތައިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދަރީންނާއި އަދި އެނޫންވެސް ތަރުބިއްޔަތަށް ބޭނުންޖެހިފައިވާ ކޮންމެ ފަރުދެއްގެ ޙައްޤުގައި މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެބައެއްގެ ދަށުގައި ބަޔަކު ލައްވާފައިވާ ކޮންމެ ބަޔަކާ ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ މައްސޫލިއްޔަތެކެވެ.

Read more...

އާދަމުގެ ދަރީންނާއި ނަޢަމު ސޫފިތައް ބޮއެފައި ހުންނަ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

السُّؤْرُ އަކީ މީހަކު ނުވަތަ ޖަނަވާރެއް ފެން ބުއިމަށްފަހު ކަންވާރުގައި ބާކީ ހުންނަ ފެނެވެ. އާދަމުގެ ދަރީންނަކީ ޠާހިރުބައެކެވެ. އެހެންކަމުން އާދަމުގެ ދަރީން ބޮއިފައި ބާކީ ހުންނަފެނަކީ ޠާހިރުފެނެކެވެ. އެއީ މުސްލިމަކު ކަމުގައިވިޔަސް، ކާފިރަކު ކަމުގައިވިޔަސް، ޖުނުބުވެރިޔަކު ކަމުގައިވިޔަސް، ޙައިޟުވެރިޔަކު ކަމުގައިވިޔަސްމެއެވެ. އޭގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ((المؤمنُ لاَ يَنْجُسُ)) “މުއުމިނަކު ނަޖިހެއް ނުވާނެއެވެ.” [މުސްލިމް 371] އެވެ.

Read more...

ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ހަތަރު ޚަލީފާއިން ރަޟިޔަﷲ ޢަންހުމް

2- ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު

3- ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ


Read more...

ތަފްސީރު ބެހޭ ބައިތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަފްސީރު ބެހެނީ ދެބަޔަކަށެވެ. އެއީ

1: އައްތަފްސީރު ބިލްމައުޘޫރި (ބިއް ރިވާޔާ)

2- އައްތަފްސީރު ބިއްރައުޔި (ބިއް ދިރާޔާ)

ތަފްސީރު ބިލް މައުޘޫރި: އެއީ ކީރިތި ޤުރުއާނުގެ ތަފްސީރު ހަމަ ކީރިތި ޤުރުއާނުން ބަލައިގެންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ނަޤުލުވެފައިވާ ޙަދީޘްތަކަށް އިސްކަންދީގެން އަދި މާތް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށްގެން، ﷲ ތަޢާލާގެ އެ ބަސްފުޅުތަކުގެ މުރާދު ތާބިޢީ ބޭކަލުން ބަޔާންކުރެއްވި ކުރެއްވުމަށްވެސް ސަމާލުކަން ދީގެން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ.


Read more...

ތަފްސީރުގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ތަފްސީރުގެ ލުޣަވީ މާނަ: އެއީ ބަޔާންކޮށް ދިނުން ނުވަތަ ހާމަކޮށްދިނުން ނުވަތަ ފާޅުކޮށްދިނުން ނުވަތަ ކަޝްފުކޮށްދިނުމެވެ.

Read more...

ތަރުބިއްޔަތުގެ ޢިލްމުގެ މުހިއްމުކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިންސާނާގެ ކަންތައްތައް ހޯދައި ދެނެގަތުމަކީ އޭނާއާ މުޢާމަލާތު ކުރުމަށާއި އޭނާގެ މައްޗަށް އަސަރުކުރުވުމަށްޓަކައި އެހީތެރިވެދޭކަމެކެވެ. ހަމައެގޮތަށް ތަރުބިއްޔަތު ކުރަންޖެހޭ ކުދިންގެ ޢުމުރާއި އެމީހުންގެ ދެނެގަތުމުގެ ފެންވަރު ދެނެގަތުމަކީ އެކުދިންނާ އެކަށޭނަ މަންހަޖެއް ކަނޑައެޅުމަށްޓަކައި އެހީތެރިވެދޭ ކަމެކެވެ. އަދި ތަރުބިއްޔަތުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދެއެވެ. އަދި ހަމަ އެހެންމެ ތަރުބިއްޔަތުގައި ބޭނުންކުރާނޭ މުނާސަބު ތަރުބަވީ ވަސީލަތްތައް ދެނެގަތުމަކީވެސް ތަރުބިއްޔަތު ޢަމަލީގޮތުން ކުރުމުގައި އަދި އަވަހަށް ތަރުބިއްޔަތުގެ އަސަރު ކުރުވުމުގައި އެހީތެރިވާ ކަމެކެވެ.

Read more...

02 November 2013

އިސްތިޢުމާލު ކޮށްފައިވާ ފެން ޠަހާރަތުގައި ބޭނުންކުރުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މި މައްސަލައަކީ ޢިލްމުވެރިން އިޚްތިލާފުވެފައިވާ މައްސަލައެކެވެ. މި މައްސަލާގައި ޞައްޙަގޮތަކީ ޠަހާރަތުގައި އިސްތިޢުމާލުކޮށްފައިވާ ފެން މިސާލަކަށް ވުޟޫކުރުމުގައި ގުނަވަންތަކުން ނުވަތަ ހިނައިގަންނަ މީހާގެ ގުނަވަންތަކުން ވަކިވެގެން ފައިބާ ފެނަކީ ޠާހިރުފެނެކެވެ. އަދި އެހެން އެއްޗިހި ޠާހިރުކުރާ ފެނެކެވެ. އެފެނުން ޙަދަޘް އެރިގަނެވިދާނެއެވެ. އަދި ނަޖިސް ފިލުވައިލެވިދާނެއެވެ. އެކަމަކު އެއީ އޭގެ ތިން ސިފަކަމުގައިވާ ވަހާއި ކުލައާއި ރަހަ ބަދަލުނުވާނަމައެވެ.

Read more...