10 November 2013

އާދަމުގެ ދަރީންނާއި ނަޢަމު ސޫފިތައް ބޮއެފައި ހުންނަ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

السُّؤْرُ އަކީ މީހަކު ނުވަތަ ޖަނަވާރެއް ފެން ބުއިމަށްފަހު ކަންވާރުގައި ބާކީ ހުންނަ ފެނެވެ. އާދަމުގެ ދަރީންނަކީ ޠާހިރުބައެކެވެ. އެހެންކަމުން އާދަމުގެ ދަރީން ބޮއިފައި ބާކީ ހުންނަފެނަކީ ޠާހިރުފެނެކެވެ. އެއީ މުސްލިމަކު ކަމުގައިވިޔަސް، ކާފިރަކު ކަމުގައިވިޔަސް، ޖުނުބުވެރިޔަކު ކަމުގައިވިޔަސް، ޙައިޟުވެރިޔަކު ކަމުގައިވިޔަސްމެއެވެ. އޭގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ((المؤمنُ لاَ يَنْجُسُ)) “މުއުމިނަކު ނަޖިހެއް ނުވާނެއެވެ.” [މުސްލިމް 371] އެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަމަނާ ޙައިޟުގެ ޙާލުކޮޅުގައި ވަނިކޮށް ކަންވާރުން ފެން ހިއްޕަވައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމަ އެކަންވާރު ނަންގަވާ އެކަންވާރުގައި އެކަމަނާ އަނގަޖެއްސެވިތާގައި އަންގަޖައްސަވާ ފެންފޮދު ހިއްޕަވަތެވެ. (ރަވާހު މުސްލިމް: 300)

ނަޢަމު ޞޫފީގެ ތެރެއިން އަދި އެނޫންވެސް މަސްކެއުން ޙަލާލު ހުރިހާ ޖަނަވާރެއްގެ ސުއުރު ނުވަތަ ބޮއިފައި ބާކީ ހުންނަފެން އެއީ ޠާހިރު އެއްޗެއްކަމުގައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. މަސްކެއުން ޙަރާމްވެގެންވާ ޖަނަވާރުތައް މިސާލަކަށް ފޭރާދަތް ހުންނަ ޖަނަވާރު(ސިބާޢުގެ ތެރޭގައި ހިމެނޭ ޖަނަވާރުތައް) އަދި ޙިމާރު ފަދަ އެހެނިހެން ޖަނަވާރުތައް ބޮއިފައި ބާކީހުންނަ ފެނުގެ ޠާހިރުކަމާމެދު ޢިލްމުވެރިން އިޚްތިލާފުވެފައިވެއެވެ. މި މައްސަލާގައި ޞައްޙަގޮތަކީމަސްކެއުން ޙަރާމްވެގެންވާ ޖަނަވާރުތައް މިސާލަކަށް ފޭރާދަތް ހުންނަ ޖަނަވާރު(ސިބާޢުގެ ތެރޭގައި ހިމެނޭ ޖަނަވާރުތައް) އަދި ޙިމާރު ފަދަ އެހެނިހެން ޖަނަވާރުތައް ބޮއިފައި ބާކީހުންނަ ފެނަކީ ޠާހިރުއެއްޗެއް ކަމެވެ. އެފަދަ ތަކެތި ފެން ބުއިމުގެ ސަބަބުން ބާކީ ހުންނަ ފެނަށް އޭގެ އަސަރެއް ނުކުރާނެއެވެ. ޚާއްޞަކޮށް އެފެނަކީ އެއީ ގިނަފެން ކަމުގައި ވާނަމައެވެ.

އެކަމަކު ފެނަކީ މަދު ފެން ކަމުގައި ވެފައި، ބުއިމުގެ ސަބަބުން ފެން ތަޣައްޔަރު ވެއްޖެނަމަ އެފެން ނަޖިސްވާނެއެވެ.

އޭގެ ދަލީލަކީ ކުރިން ބަޔާންވެދިޔަ ޙަދީޘެވެ. އެކި އެކި ދާއްބަތަކާއި ޖަނަވާރުތަކުގެ އަސަރު އެވަޅުގެ ފެނަށްކުރާ ވަޅަކާ ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު ((إِذَا بَلَغَ الماَءُ قُلَّتَيْنِ لَمْ يَحْمِلْ الْخَبَثَ)) [متفق عليه] “ފެނުގެ ދެޤުއްލަ ހަމަވެއްޖެނަމަ އެފެން ނަޖިހެއް ނުވާނެއެވެ.” އެވެ.އަދި ފެން ކަންވާރަކުން ފެންބުއި ބުޅަލަކާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި މި ބަސްފުޅެވެ.

((إِنَّهَا لَيْسَتْ بِنَجَسٍ إِنَّمَا هِيَ مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ)) [أخرجه أحمد والترمذي وصححه الألباني ف الإرواء]

“އެއީ ނަޖިސް އެއްޗެއް ނޫނެވެ. އެއީ ތިޔަބައިމީހުންގެ ގާތަށް ވަދެ ނުކުމެ އުޅޭ ފިރިހެން އަދި އަންހެން ޚާދިމުން ފަދައިން ވާ އެއްޗެކެވެ.”ޢާއްމު ގޮތެއްގައި އެފަދަ ތަކެތީން ރެކުމަކީ އުނދަގޫކަމެކެވެ. އެފަދަ ތަކެތި ބޮއެފައި ބާކީ ހުންނަ ފެނަކީ ނަޖިސްއެއްޗެއް ކަމުގައިވާނަމަ، އަދި އެފަދަ ކަންވާރުތައް ދޮވުން ވާޖިބުވާނަމަ އެއީ ބުރަކަމެއް ކަމުގައިވީހެވެ. ބުރަކަމަކީ މި އުއްމަތަށް އުފުލިގެންވާ ކަމެކެވެ.ކުއްތާ އާއި އޫރު ބޮއެފައި ހުންނަ ފެނަކީ ނަޖިސްފެނެކެވެ.

ކުއްތާ ބޮއެފަފައި ހުންނަ ފެން ނަޖިސްވާކަމުގެ ދަލީލަކީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

((طُهُوْرُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيْهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُوْلاَهُنَّ بِالتُّرَابِ)) [رواه مسلم وأحمد]

މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ކަންވާރުގެތެރެއަށް ކުއްތާއެއް ދޫ ލައިފިނަމަ އެކަންވާރު ޠާހިރުވާނީ ހަތްފަހަރު އެކަންވާރު ދޮވުމުންނެވެ. ފުރަތަމަފަހަރު ވެލިންނެވެ.”

އޫރު ބޮއިފައި ހުންނަ ފެން ނަޖިސްވަނީ އޭގެ ނަޖިސްކަމާއި މުޑުދާރުކަމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އޫރާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.

(فَإِنَّهُ رِجْسٌ) [الأنعام]

“ހަމަކަށަވަރުން އެއީ ނަޖިސްއެއްޗެކެވެ.”

ނޯޓް: ޤުއްލަ އަކީ ލީޓަރުން ބަލާނަމަ ގާތް ގަނޑަކަށް 160.5 ލީޓަރެވެ. އެހެންވީމާ ދެޤުއްލައަކީ ގާތްގަނޑަކަށް 321 ލީޓަރެވެ.

___________________________

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

أسهم في إعداد هذا الكتاب مجموعة من الأساتذة المتخصصين في الفقه، وهم:

1- الأستاذ الدكتور عبد العزيز مبروك الأحمدي.

2- الأستاذ الدكتور عبد الكريم بن صنيتان العمري.

3- الأستاذ الدكتور عبد الله بن فهد الشريف.

4- الأستاذ الدكتور فيحان بن شالي المطيري.

- قام بمراجعته: الأستاذ الدكتور علي بن محمد ناصر الفقيهي، والدكتور جمال بن محمد السيد.

- قدم له: معالي الشيخ صالح بن عبد العزيز آل الشيخ – حفظه الله -.

Blog Widget by LinkWithin

No comments:

Post a Comment