28 February 2021

ﷲ ސުބްޙާނަހޫ ވަތަޢާލާއީ ފެށުމެއްނުވާ، ނިމުމެއް ނުވާ އިލާހެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

هُوَ الْأَوَّلُ وَالْآخِرُ (الحديد 3)


Read more...

10 February 2021

ހަތް ޙަރްފުން ކީރިތި ޤުރްއާން ބާވައިލެއްވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


އަލްއަޙްރުފުއް ސަބްޢަ

ޢަރަބި ބަހުގައި ޙަރްފުގެ މާނައަކީ އެއްޗެއްގެ ކޮޅު ނުވަތަ އަރިމަތި ނުވަތަ މިޔައެވެ.

އަޙްރުފްއަކީ ޙަރްފުގެ ޖަމްޢުއެވެ. ޙަރްފުގެ ލުޣަވީ މާނައަކީ އަކުރެވެ. އަދި ޙަރްފުގެ މާނަތަކުގެ ތެރޭގައި “ބަހުރުވަ” ނުވަތަ ލަހުޖާވެސް ހިމެނެއެވެ. ސަބްޢަގެ މާނަ އަކީ ހަތެކެވެ. އަޙްރުފުއް ސަބްޢައޭ މި ބުނެވެނީ ހަތް ބަހުރުވައަށެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ޙަތް ބަހުރުވައިންނެވެ. ނުވަތަ ޙަތް ޙަރްފުންނެވެ.


Read more...

09 February 2021

ނަޖިސް އަދި ނަޖިހުން ޠާހިރުވާނެ ގޮތް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ފުރަތަމައީ: ނަޖިހުގެ ތަޢާރަފާއި ނަޖިހުގެ ވައްތަރުތައް

ނަޖިހަކީ، ޝަރުޢުކުރެއްވި ފަރާތުން، އަހަރެމެން އެއިން ދުރުވުމަށް އަމުރުކުރައްވާފައިވާ ހަޑި ކޮންމެ އެއްޗެކެވެ.

އެއީ ދެ ބާވަތެކެވެ.


Read more...

ސަބަބުއް ނުޒޫލް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ސަބަބުއް ނުޒޫލްގެ މާނަ

ސަބަބުއް ނުޒޫލަކީ ކީރިތި ޤުރްއާނުގެ އާޔަތެއް، ނުވަތަ އާޔަތްތަކެއް ނުވަތަ ސޫރަތެއް ބާވައިލެއްވި ސަބަބެވެ.

ސަބަބާ ގުޅޭގޮތުން ކީރިތި ޤުރްއާން ބާވައިލެއްވުން ދެބަޔަކަށް ބެހެއެވެ.


Read more...

04 February 2021

ބަންގި ގޮވަން ފެށުމުން، ބަންގި ގޮވާ ނުނިމެނީސް ނަމާދުކުރަން ފެށިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ބަންގީގެ އަޑާއެކު، ރަވާތިބު ސުންނަތް ކުރަން ފެށިދާނެތޯ ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، ބަންގީގެ އަޑާއެކު، ފަރްޟު ނަމާދު ކުރަން ފެށިދާނެތޯ، ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، މިއީ ބައެއް ފަރާތްތަކުން ޖަވާބު އޮޅުން ފިލުވަން ބޭނުންވާ ސުވާލެކެވެ. އަދި އެފަދައިން ނަމާދުކޮށްފި ނަމަ އެ ނަމާދު ޞައްޙަވާނެތޯވެސް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

Read more...