04 June 2020

ސިނގިރޭޓު ވިއްކުމުގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: ސިނގިރޭޓު ކުންފުންޏެއްގެ ލައިސެންސްގެ ދަށުން ވިއްކާ ސިނގިރޭޓު ވިއްކުމުގެ ހުކުމަކީ ކޮބައިތޯއެވެ؟ ޖަވާބު: ޙަމްދު ހުރީ ﷲ އަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެކެވެ. 

ހަމަ އެފަދައިން ދުންފަތް ހެއްދުމާއި، ދުންފަތުގެ ވިޔަފާރި ކުރުމަކީވެސް ޙަރާމް ކަމެކެވެ. އެއީ އެއިން ލިއްބައިދޭ ގެއްލުމުގެ ބޮޑުކަމުންނެވެ. 

 ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. ( لَا ضَرَرَ وَلَا ضِرَارَ ) رواه أحمد وابن ماجه (2341) وصححه الألباني في صحيح ابن ماجه . “ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.” ހަމަ އެފަދައިން ދުންފަތުގެ އިސްތިޢުމާލު ކުރުން ވަނީ އަލް-ޚަބާއިޘްގެ (މުޑުދާރު ކަންތައްތައް/ތަކެތީގެ) ތެރެއިންނެވެ. 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. ( وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ ) الأعراف/157 “އަދި އެކަލޭގެފާނު ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ.” [އަލް-އަޢުރާފް 7:157] 

 އަދިވެސް މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ( يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ … ) المائدة/ 4 . “އެއުރެންނަށް ޙަލާލް ކުރެއްވީ ކޮން އެއްޗެއްތޯ އެކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލް ކުރެއްވިއެވެ.” [އަލް-މާއިދާ 5:4]

 ފަތާވާ އައް-ލަޖްނާ އައް-ދާއިމާ 31/13 من فتاوى اللجنة الدائمة ج13/31.

Blog Widget by LinkWithin

No comments:

Post a Comment