01 May 2013

ޖިނާޔާތުގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

الجنايات އަކީ جناية ގެ جمع އެވެ. މިބަސް ފާފަކުރުމުގެ މާނައިގައި ބޭނުންކުރެވެއެވެ. އަދި ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށްވެސް جناية ކިޔެއެވެ.

فقه ވެރިންގެ إصطلاح ގައި جناية އަކީ ހަށިގަނޑަށް އަނިޔާވެރިވުމުގެ ގޮތުން قصاص ހިފުން ނުވަތަ ދިޔަ ދިނުން ލާޒިމުވާފަދަ ކުށެވެ.

އެހެންކަމުން ބަހުގެ ގޮތުން جناية ގެ މާނަކުރެވޭ ގޮތަށްވުރެ فقه ވެރިންގެ إصطلاح ގައި جناية މާނަކުރެވޭގޮތް މާ خاص ވެގެންވެއެވެ. فقه ވެރިން جناية ހަމައެކަނި ހަށިގަނޑަށް އަނިޔާވެރިވުމަށް ބޭނުންކުރާއިރު ބަހުގެ ގޮތުން ހަށިގަނޑާއި މުދަލާއި އަބުރަށް އަރައިގަތުމަށް جناية ބޭނުންކުރެވެއެވެ.

Blog Widget by LinkWithin

No comments:

Post a Comment