15 October 2020

ކީރިތި ޤުރްއާން ބާވައިލެއްވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދު ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އުޑުން، ބިމަށް ކީރިތި ޤުރްއާން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމުގެ މަރްޙަލާ އަދި އޭގެ ޙިކުމަތްތައް

 1- ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ބާވައިލެއްވި ބާވައިލެއްވުން (މި ބާވައިލެއްވުން ބާވައިލެއްވުނީ އެއްފަހަރާއެވެ.)
 އެކުގައި ކީރިތި قرآنބާވައިލެއްވުމުގެ ޙިކުމަތްތައް.
 ހ- މާތްﷲގެ ކަށަކުޅަދުންވަންތަކަން ހާމަކުރެއްވުން.
 ށ- މަތްﷲއީ އެންމެހާ ކަންތައްތައް ހިނގާނޭމަގު، ދެނެވޮޑިގެންވާ އިލާހުކަން ހަމަކުރެއްވުން.
 ނ- އެހެންކަމުން މީސްތަކުން ކުރާނެ ޢަމަލުތައް އެޢަމަލެއް އުފަންވުމުގެމާކުރިން ދެނެވޮޑިގެންވެ، އެފަދަ ޢަމަލުތަކަށް ރައްދު ޙުކުމްތައްކަނޑައަޅުއްވާފައި ވެއެވެ.
 ރ- ކީރިތި ޤުރްއާންގެ މުޢުޖިޒާތް ވަންތަކަށް އިތުރަށް ހާމަވުން.
 ބ- ކޮންމެ އިންސާނަކީވެސް ޤުރްއާނުގެ ހިދާޔަތަށް ބޭނުންވާ މީހެއްކަން ހާމަ ކުރެއްވުން.

 2- ދުނިޔޭގެ އުޑުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވި ބާވައިލެއްވުން (މި ބާވައިލެއްވުން ބާވައިލެއްވުނީ ވަކިވަކީން އެކި ދުވަސްމަތީންނެވެ.) ކީރިތި ޤުރްއާން ވަކިވަކިން ބާވައިލެއްވުމާއި އޭގެ ޙިކުމަތްތައް
 1- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޘާބިތުކަން ދެއްވުން
 މޭފުޅު ތަނަވަސް ވުން
 ހިތު ދަސްކުރަން ފަސޭހަވުން
 ޢަދާވާތްތެރިކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އާޔަތެއް ބާވައިލެއްވުމުން ތަސައްލީ ހިތަށް ލިބުން

 2- ތަރުބަވީ ފައިދާތައް (އުންމަތް ތަރުބިއްޔަތު ކުރުން)
 ހިތުދަސްކުރަން ފަސޭހަވުން
 ފަހުމްވުމަށް ފަސޭހަވުން
 އެޖަސްޓުވުމަށް (އާދަވުމަށް) ފަސޭހަވުން،
 ދީނުގެ ޝިޢާރުތައް ބުރަ ނުވެ ފިޔަވަޅަކުން ފިޔަވަޅަކުން ޝަރްޢުވަމުން ދިޔުން ނަމާދު ރޯދަ ޒަކާތް ޖިހާދު 
ބާޠިލު ޢަޤީދާތައް ޠާހިރު ކުރެއްވުން ފިޔަވަޅަކުން ފިޔަވަޅަކުން

 3- ފާޅުވަމުންދާ ކަންކަމާ ގުލޭގޮތުން އިލާހީ އިރުޝާދު ލިބުން
 ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަހެޅޭ ސުވާލު ތަކުގެ ޖަވާބު ލިބުން
 ޙާދިޘާއެއް ކުރިމަތިވުމުން ވަގުތުން އެކަމުގެ ޙުކުމް ބަޔާންވުން
 މުޝްރިކުންނަށް ރައްދު ދެއްވުން – ޝުބުހަތަކަށް ފަހަރަކު ރައްދެއް 
މުސްލިމުންނަށް ކުރެވޭ ކުށްތައް ބަޔާންކުރެއްވުމާއި ރަނގަޅު ގޮތް ބަޔާންކުރެއްވުން 
މުނާފިޤުން ފާޅުކުރެއްވުން

 މަރްޖިޢު المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار المقدمات الأساسية في علوم القرآن عبد الله بن يوسف الجديع

Blog Widget by LinkWithin

No comments:

Post a Comment