Showing posts with label ޤުރްއާނުގެ ދުޢާ. Show all posts
Showing posts with label ޤުރްއާނުގެ ދުޢާ. Show all posts

14 November 2020

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 11

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ- الأحقاف 15

އަޅުގެ ރައްބު! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި،އިބައިލާހު ރުހިވޮޑިގެންވާ ޞާލިޙު ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމްކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، މިއަޅާ އިބައިލާހަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 10

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ- غافر3” (އެކަލާނގެއީ) ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ، ޢުޤޫބާތް ގަދަފަދަ، ނިޢުމަތްތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކުއަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 9

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُالقصص16

އަޅުގެ ރައްބު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެއިލާހު، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 8

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَاماً * إِنَّهَا سَاءَتْ مُسْتَقَرّاً وَمُقَاماً-الفرقان65-66

އަޅަމެންގެ ރައްބު! ނަރަކައިގެ ޢަޛާބު، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. * ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 7

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ -الأنبياء 83

ހަމަކަށަވަރުން، މިއަޅާޔަށް އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ، ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 6

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيراً– الإسراء 24

އަޅުގެ ރައްބު! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް      ރަޙްމަތްލައްވާދޭނވެ!


Read more...

13 November 2020

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 5

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


فَاللهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ – يوسف 64

ފަހެ، ﷲ އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ –  التوبة 129

ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެއިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. އެއިލާހީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރި އިލާހެވެ.


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيّاً وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيراً   (النساء75)

އަދި، އިބައިލާހުގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބައިލާހުގެ ޙަޟްރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!


Read more...

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


“رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ” (آل عمران8)

އަޅަމެންގެ ރައްބު! އަޅަމެންނަށް ތެދުމަގު ދެއްކުމަށްފަހު އަޅަމެންގެ ހިތްތައް އެމަގުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އިބައިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން (ނިޢުމަތް) ދެއްވާ އިލާހެވެ.


Read more...