16 November 2020

ﷲގެ އަމުރުތަކަށް ކިޔަމަންވާ، މައިންބަފަންގެ އަމުރުތަކަށް ކިޔަމަންވާ ދަރީން ތަރުބިއްޔަތު ކުރެވޭނީ، މައިން ބަފައިން ގެ ހިތުގައި ﷲ އާމެދު އޮންނަ ޔަޤީންކަން ބޮޑުވެގެންނެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


آللهُ الَّذِيْ أَمَرَكَ بِهَذَا ؟ قَالَ : نَعَمْ ، قَالَتْ : إِذَنْ لَا يُضَيِّعْنَا " - رواه البخاري  3184  -

މިކަމަށް އަމުރު ކުރެއްވީ ﷲ ހެއްޔެވެ؟ އިބްރާހީމްގެފާނު ވިދާޅުވިއެވެ. "އާއެކެވެ." އެކަމަނާ ވިދާޅުވިއެވެ. "އެހެންވިއްޔާ ﷲ ތަޢާލާ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ"

މިފަދައިން ވިދާޅުވި ކަމަނާއަކީ، އަންނަނިވި ޢިބާރާތް ވިދާޅުވި ދަރިފުޅު، ތަރުބިއްޔަތު ކުރެއްވި ކަމަނާއެވެ.

يَا أَبَتِ افْعَلْ مَا تُؤْمَرُ  سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ - الصافات 102-

"އޭ ބައްޕާއެވެ. ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ"


Blog Widget by LinkWithin

No comments:

Post a Comment