29 July 2020

އަންހެނުން ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލީގައި އަނގޮޓި އެޅުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: އަންހެނުން އަނގޮޓި އެޅުމާއި ގުޅޭގޮތުން، އެކަނބަލުންގެ ޝަހާދަތް އިނގިލީގައި ނުވަތަ ބޮޑުވައި އިނގިލީގައި އަނގޮޓި އެޅުމަކީ ކާފިރުންނާ ވައްތަރުވުމުގެތެރެއިން ހިމެނޭ ކަމެއް ކަމުގައި ބައެއް ވާހަކަތައް ފެތުރިފައިވެއެވެ. މިކަމުގައި އޮތް ގޮތް އޮޅުންފިލުވައިދެއްވިދާނެތޯއެވެ؟ ޖަވާބު: އަންހެން ކަނބަލުން، އެކަނބަލުން ބޭނުން އިނގިއްޔެއްގައި އަނގޮޓި އެޅުމަކީ ހުއްދަ ކަމެކެވެ. الإمام النووي (رحمه الله) ވިދާޅުވެފައިވެއެވެ. “ސުންނަތަކީ ފިރިހެނުން އެ ބޭކަލުންގެ ކުޑަވައި އިނގިލީގައި އަނގޮޓި އެޅުމެވެ. ނަމަވެސް އަންހެން ކަނބަލުންނަށް ކޮންމެ އިނގިއްޔެއްގައިވެސް އަނގޮޓި އެޅިދާނެއެވެ.” (شرح النووي على مسلم ، وعون المعبود 11/286 والله أعلم 

 الإسلام سؤال وجواب الشيخ محمد صالح المنجد މިފަތުވާގެ އަޞްލު މި ލިންކަށް އޮބާލާށެވެ.

Blog Widget by LinkWithin

No comments:

Post a Comment