Showing posts with label ޒީނަތް. Show all posts
Showing posts with label ޒީނަތް. Show all posts

29 July 2020

އަންހެނުން ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލީގައި އަނގޮޓި އެޅުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: އަންހެނުން އަނގޮޓި އެޅުމާއި ގުޅޭގޮތުން، އެކަނބަލުންގެ ޝަހާދަތް އިނގިލީގައި ނުވަތަ ބޮޑުވައި އިނގިލީގައި އަނގޮޓި އެޅުމަކީ ކާފިރުންނާ ވައްތަރުވުމުގެތެރެއިން ހިމެނޭ ކަމެއް ކަމުގައި ބައެއް ވާހަކަތައް ފެތުރިފައިވެއެވެ. މިކަމުގައި އޮތް ގޮތް އޮޅުންފިލުވައިދެއްވިދާނެތޯއެވެ؟

Read more...

04 July 2020

ޓެޓޫ ޖަހައިގެން ހުރި މީހަކު ކުރާ ނަމާދު ޞައްޙަ ވާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޓެޓޫ ޖެހުމުގެ ޙުކުމް ޓެޓޫ ޖެހުމަކީ ޙަރާމް ކަމެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅެވެ. “لَعَنَ اللَّهُ الْوَاشِمَاتِ، وَالْمُسْتَوْشِمَاتِ، وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ” -متفق عليه- މާނައީ: "ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ."

Read more...