Showing posts with label ޚުއްފުގައި ފެންފުހުމުގެ މުއްދަތު. Show all posts
Showing posts with label ޚުއްފުގައި ފެންފުހުމުގެ މުއްދަތު. Show all posts

09 August 2014

ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތِِާއި ޖަބީރާ(ބެންޑޭޖު)، ފަގުޑި އަދި ބުރުގާ މަތީގައި ފެންފުހުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތު
ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭނީ ޚުއްފުލެއްވުމަށްފަހު ޙަދަޘްވެރިވާ (ވުޟޫގެއްލޭ) ވަޤުތުން ފެށިގެންނެވެ. މިސާލަކަށް މީހަކު ފަތިސްނަމާދަށް ވުޟޫކޮށް، ޚުއްފު ލެއްވުމަށްފަހު، އިރު އެރިފަހުން ވުޟޫގެއްލުނީއެވެ. ދެން އެއަށްފަހު ވުޟޫކުރީ މެންދުރު ނަމާދަށެވެ. ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތަކީ ވުޟޫގެއްލުނު ވަޤުތެވެ. އެއީ އިރުއެރިފަހުންނެވެ. ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި ޚުއްފުގައި ފެންފުހުމުގެ މުއްދަތު ގުނަންފަށާނީ ޚުއްފުގައި އެންމެފުރަތަމަ ފެންފުހޭ ވަގުތުން ފެށިގެންނެވެ. އެއީ މިބުނި މިސާލުގައިނަމަ މެންދުރުނަމާދަށް ވުޟޫކުރިވަޤުތެވެ.


Read more...

ޚުއްފުގައި ފެންފުހުމުގެ މުއްދަތާއި ފެންފުހުން ބާޠިލުވާ ކަންތައްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޚުއްފުގައި ފެންފުހުމުގެ މުއްދަތު
އެއީ ރަށުގައި ޤާއިވެގެން ހުންނަމީހާއަށް އަދި ނަމާދު ކުރުކުރުން ހުއްދަވެގެންނުވާ މިންވަރަށް ދަތުރުފަތުރު ކުރާ މީހާއަށް ދުވާލަކާއި ރެއެކެވެ. އަދި ނަމާދު ކުރުކުރުން ހުއްދަވެގެންވާ މިންވަރަށް ދަތުރުކުރާ މީހާއަށް ތިންދުވަހާއި ތިންރެއެވެ. އެއީ ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.


Read more...