Showing posts with label މީޤާތު. Show all posts
Showing posts with label މީޤާތު. Show all posts

23 November 2014

މީޤާތުން ނިޔަތް ގަތުމުގައި ބައެއް ޙައްޖުވެރިންނަށް ހެދޭ ގޯސްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން އައްޞަޙީޙައިނިގައި ރިވާވެގެންވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާގެ އަހުލުވެރިންނަށް ޛުލް ޙުލައިފާ، ޝާމުގެ އަހުލުވެރިންނަށް އަލްޖުޙްފާ، ނަޖުދުގެ އަހުލުވެރިންނަށް ޤަރުނުލް މަނާޒިލް އަދި ޔަމަނުގެ އަހުލުވެރިންނަށް ޔަލަމްލަމް، މީޤާތުގެ ގޮތުގައި ކަނޑައެޅުއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((فَهُنَّ لَـهُنَّ وَلِـمَنْ أَتَى عَلَيْهِنَّ مِنْ غَيْرِ أَهْلِهِنَّ لِـمَنْ كَانَ يُرِيدُ الـحَجَّ وَالعُمْرَةَ)) [رواه البخاري ومسلم] މާނައީ: “ފަހެ އެ މީޤާތުތައް ވަނީ އެ މީޤާތުތަކުގެ އަހުލުވެރިންނަށެވެ. އަދި އެމީޤާތުތަކުގެ އަހުލުވެރީން ފިޔަވައި އެމީޤާތުތަކަށް އައި ބަޔަކަށެވެ. އެއީ ޙައްޖު އަދި ޢުމުރާ ވުމަށް ބޭނުންވާ މީހުންނަށެވެ.”

Read more...