21 July 2020

ނަމާދު ޖަމްޢުކުރުން ހުއްދަވާ ޙާލަތްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
1- ވާރޭވެހުމުގެ ސަބަބުން، ވައި ގަދަވުމާއި، ސުނޯ ފޭބުމާއި، ފެންބޮޑުވުމާއި، ތޫފާންތައް އެރުން ފަދަ މޫސުމީ ކަންކަން ދިމާވުން 2- ދަތުރުވެރިޔާ
3- ނަޖިސް ފިލުވާލަން އުނދަގޫވާފަދަ ބަލިމަޑުކަމެއް ދިމާވުން، ކޮންމެ ނަމާދަކަށް ނަޖިސްފިލުވާލަން ޖެހޭފަދަ ބަލިމަޑުކަމެއް ދިމާވުން 
4- ދަތި އުނދަގުލާއި ޙާލުދެރަކަން އިޙްސާސްކުރަން ޖެހޭ ބަލިމީހާ- ދަތި އުނދަގޫ އިޙްސާސް ކުރަންޖެހޭ މީހުންގެ ތެރޭގައި މުސްތަޙާޟާވެރިޔާވެސް ހިމެނެއެވެ.
 5- ކޮންމެ ނަމާދަކަށް ފެން ބޭނުން ކޮށްގެން ވުޟޫކުރުމަށް ކުޅަދާނަވެގެންނުވާ މީހާ – ކޮންމެ ނަމާދަކަށް ތަޔައްމުމު ކުރަން ކުޅަދާނަވެގެންނުވާ މީހާ
 6- ބިމުގައި ވަޅުލެވިފައިވާ ނުވަތަ ތާށިވެފައިވާ މީހާ، ނަމާދު ވަޤުތު ދެނެގަންނަން އުނދަގޫ މީހާ މިސާލަކަށް ލޯފަން މީހާ (އެހީތެރިޔަކު ނެތް ޙާލަތުގައި)
 7- މުސްތަޙާޟާވެރިޔާއާއި އޭނާގެ ޙުކުމުގައިވާ މީހުން މިސާލަކަށް، އަބަދު އަބަދު ހީސްލެވޭ މީހާ، އަބަދު އަބަދު މަޛްޔު ބޭރުވާ މީހާ
 8- ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ދޫކޮށްލުން ހުއްދަވެގެންވާ ފަދަ ޢުޛުރު ދިމާވެފައިވާ މީހާ (މިސާލަކަށް ޑޮކްޓަރުން ނަރުހުން ފަދަ ވަޒީފާތަކުގައި އުޅޭ މީހުން)، އަދި މީހާގެ ނަފްސަށް ނުވަތަ މުދަލަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ޙާލަތުގައި

 މަރްޖިޢު
 https://islamqa.info/ar/answers/147381

Blog Widget by LinkWithin

No comments:

Post a Comment