20 February 2014

ފާޚާނާއަށް ވަންނަމީހާ ކުރުން ސުންނަތްވެގެންވާ ކަންކަން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފާޚާނާއަށް ވަންނަ މީހާ ފާޚާނާއަށް ވަނުމުގެ ކުރިން ((بِسْمِ اللهِ اللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ)) ކިޔުމާއި ނިމިގެން ނުކުންނައިރު ((غُفْرَانَكَ)) ކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާޚާއަށް ވަންނައިރު ވައަތުފައި އިސްކުރުމާއި ނުކުންނައިރު ކަނާތުފައި އިސްކުރުންވެސް ސުންނަތްވެގެންވެއެވެ. އަދި ބިންގަނޑާ (ޤަޟާ ޙާޖަތްކުރާ ތަނާ) ކައިރިވެފައި މެނުވީ، ޢައުރަ ކަޝްފުނުކުރުންވެސް މެއެވެ.
ސަހަރާތެރޭގައި ނުވަތަ ހުސްތަނެއްގައި ޤަޟާ ޙާޖާތްކުރާނަމަ ވީހާވެސް ދުރަށް ދިޔުމާއި ފޮރުވިގެންވުން މުސްތަޙައްބުވެގެންވެއެވެ. އެއީ މީސްތަކުންނަށް ނުފެނުމަށްޓަކައެވެ. މިކަންކަމުގެ ދަލީލަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ.

((قَالَ خَرَجْنَا مَعَ رَسُولِ اللهِ ـ صَلىَّ اللهُ عَلَيْهِ وَسَلَّمَ ـ فِي سَفَرٍ وَكَانَ رَسُولُ اللَّهِ ـ صَلىَّ اللهُ عَلَيْهِ وَسَلَّمَ ـ لاَ يَأْتِي الْبَرَازَ حَتَّى يَتَغَيَّبَ فَلاَ يُرَى)) [رواه أبو داود برقم 2 وابن ماجه برقم 335 واللفظ له وإسناده صحيح. انظر صحيح ابن ماجة 1/60]

ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު ދަތުރެއްގައި ނުކުތީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް މީހަކަށް ނުފެންނަ ހިސާބަށް ދުރަށް ވަޑައިގެންފައިމެނުވީ ޤަޟާޙާޖަތް ނުކުރައްވައެވެ.”

އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ.

قَالَ رَسُولُ اللَّهِ ـ صَلىَ اللهُ عَلَيْهِ وَسَلَّمَ ـ ‏ ((‏ سِتْرُ مَا بَيْنَ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ الْخَلاَءَ أَنْ يَقُولَ بِسْمِ اللَّهِ ‏))‏ ‏[رواه ابن ماجه برقم 297 والترمذي برقم 606 وحسن أحمد شاكر في حاشية الترمذي وصححه الألباني. صحيح الجامع الصغير برقم 3611‏ ]

މާނައީ: “ފާޚާނާއަށް ވަދެއްޖެނަމަ ، ޖިންނިންނާއި އާދަމުގެ ދަރީންގެ ޢައުރަތަކާއި ދެމެދުގައިވާ ހުރަހަކީ [ފާޚާނާއަށް ވަނުމުގެ ކުރިން]އޭނާ بِسْمِ اللَّهِ ކިޔުމެވެ.”
އަދި އަނަސް ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ.

((كَانَ النَّبِيُّ ‏- صَلىَّ اللهُ عَلَيْهِ وَسَلَّمَ ‏-إِذَا دَخَلَ اَلْخَلَاءَ قَالَ: ((اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ اَلْخُبُثِ وَالْخَبَائِثِ ‏[متفق عليه- رواه البخاري (142)‏، ومسلم (375)‏ ] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއަށް ވަދެވަޑައިގަންނަވާކަމުގައިވާނަމަ މިފަދައިން ވިދާޅުވެއެވެ. بِسْمِ اللهِ اللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ “މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ. އޭ ﷲ! ނުބައިވެގެންވާ ފިރިހެންޝައިޠާނުންނާއި ނުބައިވެގެންވާ އަންހެންޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަﷲގެ ޙަޟުރަތަށް ދަންނަވަމެވެ.”
އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މި ޙަދީޘެވެ.

كَانَ صَلىَّ اللهُ عَلَيْهِ وَسَلَّمَ ‏- إِذَا خَرَجَ مِنْ الْخَلاَءِ قَالَ: “غُفْرَانَكَ” ‏[رواه أبو داود برقم 17 والترمذي برقم7 وقال حسن غريب وحسنه الألباني انظر صحيح الجامع الصغير برقم 4707‏ ]

“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއިން ނުކުމެވަޑައިގަންނަވަމުން “غُفْرَانَكَ”(އޭހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!) މިއަޅާ، އިބަﷲގެ ފާފަފުއްސެވުން އެދެމެވެ. މިފަދައިން ވިދާޅުވެއެވެ.”

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ މި ޙަދީޘެވެ.

أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ حَاجَةً لاَ يَرْفَعُ ثَوْبَهُ حَتَّى يَدْنُوَ مِنَ الأَرْضِ ‏[رواه أبو داود برقم 14 والترمذي برقم14 وصححه الألباني انظر صحيح الجامع الصغير برقم 4652‏ ]

“ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަޟާ ޙާޖަތްކުރައްވާނަމަ، އެކަލޭގެފާނު ބިންގަނޑާ ކައިރިވެއްޖައުމަށް ދަންދެން އެކަލޭގެފާނުގެ ފޭރާންކޮޅު ނުބާލުއްވަތެވެ.”

***********************************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Blog Widget by LinkWithin

No comments:

Post a Comment