20 February 2014

ސިވާކުގެ ޙުކުމް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ދަތް އުނގުޅުމާއި ފިޠުރަތުގެ ސުންނަތްތައް
ދަތް އުނގުޅުމަކީ ދަނޑިކޮޅެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ދަތް އަދި ހިރުގަނޑު ސާފުކުރުމެވެ. އެއީ އޭގައި ހަރުލާފައި ހުންނަ ކާއެއްޗިއްސާއި ވަސް ފިލުވާލުމަށްޓަކައެވެ.

ސިވާކުގެ ޙުކުމް
ހުރިހާ ވަގުތެއްގައިވެސް ދަތްއުނގުޅުމަކީ ސުންނަތްކަމެކެވެ. ރޯދަވެރިޔާ ރޯދަޔަށް ހުރެގެންވެސް އެއީ ދުވާލުގެ ކުރީކޮޅުކަމުގައި ވިޔަސް އަދި ދުވާލުގެ ފަހުކޮޅު ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޠުލަޤުގޮތެއްގައި ބާރުއަޅުއްވާފައިވާ ކަމެކެވެ. ވަކި ވަޤުތެއް ކަނޑަނާޅުއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ)) [أخرجه البخاري في كتاب الصوم 2/ 40 معلقاً بصيغة الجزم، ورواه أحمد (6/ 47)، والنسائي (1/ 10). وصححه الألباني في الإرواء (1/ 105).] މާނައީ: “ދަތްއުނގުޅުމަކީ އަނގައަށްވާ ޠާހިރުކަމެކެވެ. ﷲގެ ޙަޟުރަތުންވާ ރުއްސެވުމެކެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((لَوْلاَ أَنْ أَشُقَّ عَلَى أُمَّتِيْ َلأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ)) [متفق عليه: البخاري برقم (887)، ومسلم في كتاب الطهارة برقم (252).] މާނައީ:”ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބުރަކަމެއްކަމުގައި ނުވާނަމަ ނަމާދުކުރާ ކޮންމެ ފަހަރަކު ދަތްއުނގުޅުމަށް އެބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ.”

(ނުނިމޭ)

*********************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Blog Widget by LinkWithin

No comments:

Post a Comment