21 February 2014

އަހުރެމެންގެ ޢަޤީދާ- އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 5

އައްޝައިޚް އިސްމާޢީލް މުޙައްމަދު

އަހުރެމެން މިދަންނަވާ އާޔަތުގައިވާ ކަންތަކަށްވެސް އީމާންވަމެވެ.

هُوَ اللَّهُ الَّذِي لا إِلهَ إِلاَّ هُوَ الْمَلِكُ الْقُدُّوسُ السلام الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحانَ اللَّهِ عَمَّا يُشْرِكُونَ * هُوَ اللَّهُ الْخالِقُ الْبارِئُ الْمُصَوِّرُ لَهُ الْأَسْماءُ الْحُسْنى يُسَبِّحُ لَهُ ما فِي السَّماواتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ [الحشر: ٢٣ -٢٤ ]

މާނައީ: “އެއިލާހުއީ ﷲ ތަޢާލާއެވެ. އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ ހަމަ އެއްވެސް އިލާހަކު ނުވެއެވެ. ޣައިބު ގައްޔާއި ޙާޟިރުގައިވާ ކަންތައް ދެނެވޮޑިގެންވަނީ ހަމަ އެ އިލާހެވެ. އެ އިލާހުއީ ރަޙްމަތް ވަންތަ ރަޙީމް ވަންތަ އިލާހު އެވެ. އެ އިލާހުއީ ﷲ ތަޢާލާއެވެ. އެއިލާހު ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ހަމައެއްވެސް އިލާހަކު ނުވެއެވެ. އެއިލާހުއީ ޙަޤީޤީ ރަސްކަލާނގެއެވެ. ހުރިހާ ޢައިބުތަކުން ހުސްދުރުވެ ވޮޑިގެންވާ ސަލާމަތްކަން ދެއްވަވާ، އަމާންކަން ދެއްވަވާ ރައްކާތެރިކަން ދެއްވަވާ ޢިއްޒަތްތެރިވަންތަ ގަދަފަދަ ކިބުރިޔާ ވަންތަ ރަސްކަލާނގެއެވެ. (މީސްތަކުން) ޝަރީކުކުރާ ހުރިހާ ކަމަކުން އެ އިލާހު ހުސްދުރުވެ ވޮޑިގެންވެއެވެ. އީޖާދުކުރައްވާ ޞޫރަކުރައްވާ ރަސްކަލާނގެއެވެ. ހުރިހާ ރީތިނަންތައް ޚާއްޞަވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ބިމުގައި ވާހާ އެއްޗެއް އެކަލާނގެ ހުސް ޠާހިރު ވަންތަކަމުގެ މައްޗަށް ހެކިވެ އެކަލާނގެއީ ޢިއްޒަތްތެރި ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.”
އުޑުތަކާއި އަދި ބިމުގެ ވެރި ރަސްކަލާނގެއީ ﷲ ތަޢާލާ ކަމުގައި އަހުރެމެން އީމާން (ވަމުއެވެ.

يَخْلُقُ ما يَشاء يَهَبُ لِمَنْ يَشاء إِناثًا وَيَهَبُ لِمَنْ يَشاء الذُّكُورَ * أَوْ يُزَوِّجُهُمْ ذُكْرانًا وَإِناثًا وَيَجْعَلُ مَنْ يَشاء عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ [الشورى: ٤٩ - ٥٠] މާނައީ: “އެކަލާނގެ އިރާދަކުރައްވާ (ކޮންމެ) އެއްޗެއް (އެކަލާނގެ) ހަލްޤުކުރައްވައެވެ. އެދިވޮޑިގެންނެވި މީހަކަށް އަންހެން ދަރިން ދެއްވައެވެ. އެދިވޮޑިގަންނަވާ މީހަކަށް ފިރިހެން ދަރިން ދެއްވައެވެ. ނުވަތަ އެދިވޮޑިގަންނަވާ މީހަކަށް ފިރިހެން ދަރިންނާއި އަންހެން ދަރިން ދެއްވައެވެ. އަދި އެދިވޮޑިގަންނަވާ ނަމަ އެމީހަކީ ދަރިންނުލިބޭ މީހެއްކަމުގައި ހައްދަވައެވެ. ޝައްކެއްނެތެވެ. އެކަލާނގެއީ ދެނެވޮޑިގަންނަވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”
އަދި އަހުރެމެން މިދަންނަވާ އާޔަތުގައިވާ ކަންތައްތަކަށްވެސް އީމާން ވަމެވެ.

فاَطِرُ السَّماواتِ وَالْأَرْضِ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْواجًا وَمِنَ الْأَنْعامِ أَزْواجًا يَذْرَؤُكُمْ فِيهِ لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ * لَهُ مَقالِيدُ السَّماواتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَنْ يَشاءُ وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ [الشورى: ١١ - ١٢ ]

މާނައީ: “އެކަލާނގެއާއި އެއްފަދަ ހަމައެކައްޗެއްވެސް ނުވެއެވެ. އެކަލާނގެއީ ފުރިހަމައަށް އައްސަވާ ބައްލަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ ތަޅުދަނޑިތައްވަނީ ހަމަ އެކަލާނގެއަށެއެވެ. އެދިވޮޑިގަންނަވާ މީހަކަށް ތަނަވަސްކަމާއެކު ރިޒުޤު ދެއްވައެވެ. އަދި އެދިވޮޑިގަންނަވާ މީހަކަށް ރިޒުޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.”
(ނުނިމޭ)

Blog Widget by LinkWithin

No comments:

Post a Comment