26 March 2012

ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ.

އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ ދެނެގަނެފައެވެ. ދަގަތްފާނުގައި ދަގަނޑު ތަތްލަވައެވެ. އެއަށް ދަމާބާރެއް ހުންނަކަން ހާމަވަނީ މިގޮތުންނެވެ. ބިމުގައި ހުރިހާއެއްޗެއް ހަރުލާފައިވުމާއި، މައްޗަށް އެއްލާތަކެތި ބިމަށް ވެއްޓުމުން ބިމަށް ދަމާ ގުރެވިޓީ ފޯސްއެއްއްވާކަން ދޭހަވެއެވެ. އަދި ހަމަ އެހެންމެ ރިހުމުގެ އަސަރުތަކާއި، ލޯތްބާއި، ކުލުނު އޭގެ އަސަރުތަކުން ދެނެގަނެވޭއިރު ޣައިބުގައި ބާރުވެރި އިލާހަކު ވާކަން މި ދުނިޔޭގައިވާ ކޮންމެ އެއްޗަކުން ދޭހަވެއެވެ. އަދި ހަމައެހެންމެ ބަލާލި ކޮންމެ ދިމާއަކުންވެސް މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. މިކަންކަމަށް ފުންކޮށް ވިސްނާލުމުން އެތަކެތި އުފެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި ހައިބަވަންތަކަން ހިތަށް ވަދެގެންދެއެވެ. އަދި އެއިލާހު އަހަރެމެންގެ ހަމަލޮލަށް ނުފެނުނުކަމުގައި ވިޔަސް އެއިލާހަށް އީމާންވުމަކީ ލާޒިމުކަމެއް ކަމުގެ ޝުޢޫރު ހިތުގައި ހިނގައެވެ. އަދި ޣައިބަކީ ޙަޤީޤަތެއްކަން ޤަބޫލުކުރުމަށް މަޖުބޫރުވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾
މާނައީ: "އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟"

Blog Widget by LinkWithin

2 comments:

  1. މިކަން ހުރިހާ އިންސާނުން ނަށްވެސް ވިސްނޭނެ ނަމަ ކިހާރަގަޅު

    ReplyDelete
  2. ހަގީގަތުގައި ވެސް ވަރަށް ރަގަޅު ވާހަކަ އެއް. ގިނަ މީހުނަށް މިކަން ނުވިސް ނެނީ. ރާއްޖޭގައި
    ވަރަށް ގިނަ މިހާރު އެތީސްޓުން

    ReplyDelete