މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
بِسْمِ اللهِ الرَّحْمَـنِ الرَّحِيمِ
إِنَّا أَنزَلْنَـاهُ فِى لَيْلَةِ الْقَدْرِ ﴿١﴾ وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِىَ حَتَّى مَطْلَعِ الْفَجْرِ﴿٥﴾
إِنَّا أَنزَلْنَـاهُ فِى لَيْلَةِ الْقَدْرِ ﴿١﴾
ހަމަކަށަވަރުން، ތިމަންއިލާހު ޤުރުއާން ބާވައިލެއްވީ ޤަދްރުވިލޭރޭގައެވެ.[1]
إِنَّا أَنْزَلْنَـاهُ ގެ ޟަމީރު (އެބަހީ إِنَّا) އިޢާދަވަނީ ﷲ އަށެވެ. އަދި أَنْزَلْنَـاهُ ގެ ޟަމީރު (އެބަހީ هُ) އިޢާދަވަނީ ކީރިތި ޤުރުއާނަށެވެ.
މި ސޫރަތްފެށޭތާގައި ﷲ ތަޢާލާ އެއިލާހު ޛިކުރުކުރައްވާފައިވަނީ މަތިވެރިކަމުގެ ސީޣާއިންނެވެ. އެއީ إِنَّا މިލަފުޒުންނެވެ. އެއީ އެއިލާހަށްވުރެ މަތިވެރި އެހެންފަރާތެއް ނުވާ، އެންމެ މަތިވެރި ފަރާތެވެ. އެހެން ބައެއް އާޔަތްތަކުގައި މަތިވެރިކަމުގެ މި ސީޣާއިން ﷲ ތަޢާލާ އެއިލާހު ޛިކުރުކުރައްވާފައިވެއެވެ. މި އާޔަތްތަކުގައި ވާ ފަދައިންނެވެ. ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [الحجر9] އަދި ﴿إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ﴾ [ يس 12] އަދި ބައެއްފަހަރު ޟަމީރުލް ވާޙިދު އިން ވެސް އެއިލާހު ޛިކުރުކުރައްވާފައިވެއެވެ. މި އާޔަތުގައި ވާފަދައިންނެވެ. ﴿ إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي﴾ [طه ١٤] އެއީ އެއިލާހީ އެއްކައުވަންތަ އަދި މަތިވެރިވަންތަފަރާތްކަމުގައި ވާތީއެވެ. ޞިފައިގެ މަޤާމުގައި ޟަމީރުލް ޢަޡަމަތި (إِنَّا) އައިސްފައިވެއެވެ. އަދި ވަޙުދާނިއްޔަތުގެ ނުވަތަ އެއްކައުވަންތަކަމުގެ މަޤާމުގައި ޟަމީރުލް ވާޙިދު (أَنَا) އައިސްފައިވެއެވެ.
ﷲ ތަޢާލާގެ ބަސްފުޅު إِنَّا أَنزَلْنَـاهُ ގައި މަފްޢޫލް ބިހީ(ރައްދުވާ) ގެ ޟަމީރު (އެބަހީ هُ) އިޢާދަވަނީ ކީރިތި ޤުރުއާނަށެވެ. އެއީ ކީރިތި ޤުރުއާނުގެ ވާހަކަ ކުރިން ޛިކުރުކުރެވިފައިނުވިނަމަވެސް ވެހެވެ. އެހެނީ ހަމަކަށަވަރުން އެއީ އެނގޭކަމެކެވެ. މިތަނުގައި އޭގެ މުރާދަކީ ކީރިތި ޤުރުއާން ބާވައިލެއްވުން ކަމާމެދު އެއްވެސްމީހަކު ޝައްކެއްނުކުރާނެއެވެ. ﷲ ތަޢާލާ ޤުރުއާން ބާވައިލެއްވީ ޤަދްރުވިލޭރޭގައެވެ. ޤަދްރުވިލޭރޭގައި ޤުރުއާން ބާވައިލެއްވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ޞައްޙަވެގެންވާ ބަހުގައި، އޭގެ މާނައަކީ އެރޭ ކީރިތި ޤުރުއާން ބާވާލައްވަން ފެއްޓެވުމެވެ. ޤަދްރުވިލޭރެއަކީ ރަމަޟާންމަހުގައި ހިމެނިގެންވާ ރެއެކެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥] މާނައީ: "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ."
މި އާޔަތާ އެބަހީ ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥] މި އާޔަތާއި އެބަހީ ﴿إِنَّا أَنزَلْنَـهُ فِى لَيْلَةِ الْقَدْرِ﴾ [القدر: ١] ޖަމާކޮށްފިނަމަ ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގައިކަން ބަޔާންވެއެވެ.
އެހެންކަމުން ބައެއް ޢާއްމުންގެ މެދުގައި ޤަދްރުވިލޭރޭގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަކީ އޭގައި އެއްވެސް އަޞްލެއް އަދި ޙަޤީޤަތެއް ނެތް ވާހަކައެއްކަން މީގެން އެނގިގެން ހިނގައްޖެއެވެ. ހަމަކަށަވަރުންވެސް ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގައެވެ. ޝަޢުބާންމަހުގެ ފަނަރަވިލޭރެއަކީ ރަޖަބު، ޖުމާދަލްއޫލާ، ޖުމާދަލްއާޚިރާ، ރަބީޢުލްއައްވަލު، ރަބީޢުލްއާޚިރު، ޞަފަރު އަދި މުޙައްރަމްމަހާއި އެނޫންވެސް މަސްތަކުގެ ފަނަރަވިލޭރޭ ފަދަ ރެއެކެވެ. އެއްވެސްކަމަކަށް ޚާއްޞަވެގެންވާ ރެއެއްނޫނެވެ.
ޝަޢުބާންމަހުގެ ފަނަރަވިލޭރޭގައި ރޭއަޅުކަންކުރުމުގެ މާތްކަމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘުތަކަކީ ޟަޢީފު ހަދީޘުތަކެކެވެ. އޭގެން ޙުއްޖަތް ޤާއިމްނުކުރެވޭ ޙަދީޘުތަކެކެވެ. އަދި ހަމައެފަދައިން އެދުވަހު ރޯދަހިފުމަށް ވާރިދުވެފައިވާ ޙަދީޘުތަކަކީވެސް ޟަޢީފު ޙަދީޘުތަކެކެވެ. އޭގެން ޙުއްޖަތް ޤާއިމްނުކުރެވޭ ޙަދީޘުތަކެކެވެ.
ބައެއް ޢިލްމުވެރިން (ރަޙިމަހުމުﷲ) ފަޟާއިލުގައި (މާތްކަން ބަޔާންކުރުމުގައި) ޟަޢީފު ޙަދީޘު ގެއްނެވުމުގައި ދޫދެއްވައެވެ. ޢަމަލުތަކުގެ މާތްކަން ބަޔާންކުރުމުގައި، އަދި މަސްތަކުގެ މާތްކަމާއި، ތަންތަނުގެ މާތްކަން ބަޔާންކުރައްވާފައިވާ ޙަދީޘުތައް ގެންނެވުމުގައެވެ. މިއީ ކުރުން އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ މާތްކަން ބަޔާންކުރާ ޙަދީޘެއް ގެނެސްފިނަމަ، އެ ޙަދީޘު އަޑުއަހާ މީހާ ޤަބޫލުކުރާގޮތުގައި އެއީ ޞައްޙަކަމެކެވެ. އަދި އެކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރެއެވެ. މިއީ ވަރަށް ބޮޑުކަމެކެވެ.
ކޮންމެއަކަސް، ޝަޢުބާންމަހުގެ ފަނަރަވަނަ ދުވަހާއި ފަނަރަވިލޭރެއަކީ އެހެނިހެން މަސްތަކުގެ ރޭތަކާއި ދުވަސްތައް ފަދައިން އެއްވެސް ޚާއްޞަކަމެއް ލިބިގެންވާ ދުވަހާއި ރެއެއް ނޫނެވެ. ފަނަރަވިލޭރޭ ރޭ އަޅުކަންކުރުމަށް ޚާއްޞަވެގެންނުވެއެވެ. އަދި ފަނަރަވިލޭރެއަކީ ޤަދްރުވިލޭރެއެއްނޫނެވެ. އަދި ފަނަރަވަނަ ދުވަހަކީ ރޯދަހިފުން ޚާއްޞަވެގެންވާ ދުވަހެއްނޫނެވެ.
ޝަޢުބާންމަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަގިނައިން ރޯދަހިއްޕެވިކަމަށް ޘާބިތުވެގެންވެއެވެ. އެމަހުގައި އެކަލޭގެފާނު ރޯދަނުހިއްޕަވާ ހުންނެވީ ވަރަށް މަދު ދުވަސްތަކެއްގައެވެ. [أخرجه البخاري- كتاب الصوم- باب صوم شعبان 1969- ومسلم كتاب الصيام- باب صيام النبي صلى الله عليه وسلم في رمضان وغيره واستحباب أن لا يخلي شهر من صوم 1165- 175-176] މިނޫންގޮތަކަށް (އެބަހީ ހަމައެކަނި 15 ވަނަދުވަހު ޚާއްޞަކޮށްގެން) އެކަލޭގެފާނު ރޯދަހިއްޕެވިކަމަށް ޘާބިތުވެފައެއް ނުވެއެވެ. އެހެނިހެން މަސްތަކުގައި ކޮންމެ މަހެއްގެ ތިންދުވަހުގައި، އެބަހީ ތޭރަވަނަ ދުވަހާއި ސާދަވަނަ ދުވަހާއި، ފަނަރަވަނަ ދުވަހުގެ ރޯދަފިޔަވައެވެ. އެއީ ބީޟުގެ ދުވަސްތަކުގެ ރޯދައެވެ.[أخرجه البخاري- كتاب الصوم- باب صيام البيض ثلاث عشر وأربع عشر وخمس عشر1971- ومسلم كتاب الصيام- باب استحباب صيام ثلاثة أيام من كل شهر 1160- 194]
ﷲ ތަޢާލާގެ ބަސްފުޅު فِى لَيْلَةِ الْقَدْرِ އާ ބެހޭގޮތުން ބައެއް ޢިލްމުވެރިން އެބަސްފުޅުގައި الْقَدْرُ ގެ މުރާދަކީ ޝަރަފުކަމުގައި ވިދާޅުވެފައިވެއެވެ. މިވެނި މީހަކީ ޤަދަރު މަތިވެރިވެގެންވާ މީހެކޭ، ނުވަތަ ޤަދަރު ބޮޑު މީހެކޭ، ބުނެވުމުން އޭގެ މާނައަކީ ޝަރަފުވެރިވެގެންވާ ނުވަތަ ޝަރަފުބޮޑު މީހެކޭއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި الْقَدْرُ ގެ މުރާދަކީ ތަޤްދީރުކުރެއްވުމެވެ. (މިންވަރުކުރެއްވުމެވެ.) އެއީ (މިންވަރު) ކަނޑައެޅުއްވުމެވެ. އެހެނީ މުޅި އަހަރުގައި ހިނގާނޭ ކަންކަން އެރޭގައި މިންވަރުކުރައްވާ ކަނޑައަޅުއްވައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ﴾ * ﴿فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾ [الدخان: 4-3] މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު ޤުރުއާން ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، ތިމަންއިލާހީ އިންޛާރުކުރައްވާ ކަލަކީމެވެ.[3] ކަނޑައެޅޭ ހުރިހާ ޙުކުމެއް އެ ރޭ ބަޔާންކުރެވެއެވެ.[4]" އޭގެ މާނައަކީ ތަފްޞީލްކުރައްވައި ބަޔާންކުރެއްވުމެވެ.
ޞައްޙަވެގެންވާ ބަހުގައި، الْقَدْرُ ގެ މާނާގައި އެ ދެކަންތައް ހިމެނިގެންވެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ޤަދްރުވިލޭއަކީ ޤަދަރުމަތިވެރިވެގެންވާ ރެއެވެ. ޝަރަފުވެރިވެގެންވާ ރެއެކެވެ. އަދި އެރޭ، އެއިލާހު، އަންނަ އަހަރުގައި މަރުވާނޭ މީހުންނާއި، ދިރުއްވާނޭމީހުންނާއި (އުފަންވާނޭމީހުން) ރިޒުޤު އަދި އެހެނިހެން ކަންކަން ކަނޑައަޅުއްވާ މިންވަރުކުރައްވައެވެ.
އޭގެ ފަހުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾
އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]
މި އާޔަތުގެ ސީޣާ ދަލާލަތުކޮށްދެނީ މާތްކަމާއި މަތިވެރިކަމަށެވެ. މި ސީޣާ ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. ﴿وَمَا أَدْرَاكَ مَا يَوْمُ الدِّينِ ﴾ ﴿ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ﴾ [الانفطار: 17-17] ﴿ الحَاقَّةُ ﴾ ﴿ مَا الحَاقَّةُ ﴾ ﴿ وَمَا أَدْرَاكَ مَا الحَاقَّةُ ﴾ [الحاقة: 1 ـ 3] ﴿ القَارِعَةُ ﴾ ﴿ مَا القَارِعَةُ ﴾ ﴿ وَمَا أَدْرَاكَ مَا القَارِعَةُ ﴾ [القارعة: 1 ـ 3] މިއީ މާތްކަމާއި މަތިވެރިކަމުގެ ސީޣާއެވެ. މިތަނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر: 2]
މާނައީ: "އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]" އޭގެ މާނައަކީ ޤަދްރުވިލޭރެއާއި އެރޭގެ ކަންތައްތަކާއި އެރޭގެ ޝަރަފާއި މަތިވެރިކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ (ކޮންކަމެއްތޯއެވެ)؟ އޭގެފަހުގައި ބަޔާންކުރައްވަނީ
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ މާނައީ: "ޤަދްރުވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.[3]"
މިޖުމުލަ މީ ކުރީގައި ކުރެވުނު ސުވާލުގެ ޖަވާބުފަދައެވެ. އެ ސުވާލަކީ ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر: 2] މާނައީ: "އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]" އެސުވާލުގެ ޖަވާބަކީ ﴿ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴾ [القدر: 3] މާނައީ: "ޤަދްރުވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އޭގެ މާނައަކީ ޤަދްރުވިލޭރޭ އެމަހެއްގައި ހިމެނިފައިނުވާ އެއްހާސް މަހަށްވުރެ އެރޭ ހެޔޮކަންބޮޑުވެގެންވާ ވާހަކައެވެ. މިތާގައި ހެޔޮކަމުގެ މާނައަކީ އެރޭ ހެޔޮޢަމަލުކުރުމުގެ ޘަވާބެވެ. އެރޭގައި ﷲ ތަޢާލާ މި އުންމަތުގެ މައްޗަށް ބާވާލައްވާ ހެޔޮކަމާއި، ބަރަކާތުގެ ވާހަކައެވެ. އެހެންކަމުން އެރޭގައި އީމާންވެހުރެ (އެރޭގެ މާތްކަމާއި މަތިވެރިކަން ޤަބޫލުކޮށް އެކަމަށް އީމާންވެހުރެ) ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ޙާލު ރޭއަޅުކަންކޮށްފި މީހެއްގެ ވޭތުވެދިޔަ ފާފަތައް ފުއްސަވާދެއްވާނެތެވެ. އޭގެ ފަހުގައި ﷲ ތަޢާލާ ޛިކުރުކުރައްވަނީ އެރޭގައި ހިނގާނޭ ކަންތައްތަކެވެ.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ ތަފްސީރު ސޫރަތުލް ޤަދްރިގެ ތަރުޖަމާއެވެ.
تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ މާނައީ: "މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ."
تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا "މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެރޭ ފައިބައިވަޑައިގަންނަވާނެތެވެ." މާނައަކީ މަޑުމަޑުން ފައިބާވަޑައިގަންނަވަމުން ފައިބާވަޑައިގަންވަމުން ދިޔުމެވެ. އެހެނީ އެބޭކަލުންނަކީ އުޑުގައި ދިރިއުޅުއްވާ ބޭކަލުންނެވެ. ހަތް އުޑުވެއެވެ. ބިން ފުރިއްޖައުމަށް ދަންދެން އެ އެއުޑުތަކުން މަލާއިކަތުން ފައިބާވަޑައިގަންވަމުން ދާނެއެވެ. މަލާއިކަތުން ބިމަށް ފައިބާވަޑައިގެންނެވުމަކީ ހެޔޮކަމާއި، ރަޙުމަތާއި ބަރަކާތުގެ ޢަލާމާތްތަކެވެ. އެހެންކަމުން މަލާއިކަތުން ތަނަކަށް ވެންނެވުމުން މަނާވެގެންފިނަމަ އޭގެ މާނައަކީ ވެންނެވުން މަނާވެގަތް ތަނަކީ ހެޔޮކަމާއި، ބަރަކާތުން އެއްކިބާވެގެންވާ ތަނެއްކަމެވެ. މިސާލަކަށް (ދިރޭތަކެތީގެ) ޞޫރަ ހުންނަ ތަންތަނެވެ. ހަމަކަށަވަރުން (ދިރޭތަކެތީގެ) ޞޫރަ ހުންނަ ތަންތަނަށް މަލާއިކަތުން ވަދެވަޑައިނުގަންނަވައެވެ. [أخرجه البخاري- كتاب اللباس- باب لا تدخل الملائكة بيتا فيه صورة 5960 - ومسلم كتاب اللباس والزينة- باب تحريم تصوير صورة الحيوان وأن الملائكة عليهم السلام لا يدخلون بيتا فيه صورة أو كلب 2106] އޭގެ މާނައަކީ ޙަރާމް ޞޫރައެވެ. އެހެނީ ޞޫރަ އެއީ ތަންމަތީގައި (ބެޑްޝީޓްފަދަ ތަކެތީގައި) ނުވަތަ ބާލީހުގައި ހުންނަ ޞޫރަ ނަމަ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައ އެ ހުއްދައެވެ. (އެއީ ޙަރާމްސޫރައެއް ނޫނެވެ.) އެހެންކަމުން އެފަދަ އެއްޗެއް ހުރި ތަނަކަށް މަލާއިކަތުން ވެންނެވުން މަނާވެގެންނުވެއެވެ. އެބޭކަލުން އެފަދަ ތަންތަނަށް ވެންނެވުން މަނާވެގެންވާނަމަ އެފަދަ ޞޫރަވެސް މަނާވީހެވެ.
ޤަދްރުވިލޭރޭ މަލާއިކަތުން ވަރަށް ގިނައިން ފައިބާވަޑައިގަންނަވައެވެ. އެބޭކަލުން ފައިބާވަޑައިގަތުމަކީ ހެޔޮކަމެކެވެ. އަދި ބަރަކާތެކެވެ.
الرُّوحُ އަކީ ޖިބްރީލު ޢަލައިހިއްސަލާމެވެ. އެކަލޭގެފާނުގެ ޛިކުރު މިތާގައި ޚާއްޞަކުރައްވާފައިއެވަނީ އެކަލޭގެފާނުގެ މާތްކަމާއި ޝަރަފަށްޓަކައެވެ.
ﷲ ތަޢާލާގެ ބަސްފުޅު بِإِذْنِ رَبِّهِم "އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު" ގެ މާނައަކީ އެއިލާހުގެ އަމުރުފުޅަށެވެ. މިތާނގައި އިޛުނައިގެ މުރާދަކީ ކައުނީ އިޛުނައެވެ. އެހެނީ ﷲ ތަޢާލާގެ އިޛުނަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ކައުނީ އިޛުނައާއި ޝަރުޢީ އިޛުނައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ [الشورى: 21]. ގައި "އެބައިމީހުންނަށް އިޛުނަ ދެވިގެން ނުވާ ކަންކަމޭ" ގެ މުރާދަކީ ޝަރުޢީގޮތުން އިޛުނަދެވިގެން ނުވާ ކަންކަމެވެ. ޤަދަރުގެ ގޮތުން އެއިލާހު އިޛުނަދެއްވާފައިވެއެވެ. ﷲގެ ޝަރީޢަތް ނޫން ޝަރީޢަތްތައް ޝަރުޢުކޮށްފައިވެސްވެއެވެ. އެކަމަކު އެއީ ﷲ ގެ ޝަރުޢީ އިޛުނަ ލިބިގެންނެއްނޫނެވެ. އެހެންކަމުން އެއީ ޤަދަރީ އިޛުނައެކެވެ. بِإِذْنِ رَبِّهِم މި އާޔަތުގައި ވާފަދައިންނެވެ. އެއީ ޤަދަރީ އަމުރެވެ.
ﷲ ތަޢާލާގެ ބަސްފުޅު مِن كُلِّ أَمْرٍ ގެ މުރާދުގައި ބުނެވެއެވެ. މިތަނުގައި مِن އަކީ بِ ގެމާނާގައި އައިސްފައިވާ ޙަރުފެކެވެ. އޭގެ މާނައަކީ "ﷲ ތަޢާލާ ކުރައްވާ ކޮންމެ އަމުރަކައިގެން" މިއެވެ. އެއީ ކޮން އަމުރެއްކަމެއް އެނގޭކަށް ނެތެވެ. ކޮންމެއަކަސް މަލާއިކަތުން ބިމަށް ފައިބާވަޑައިގެންނެވުމަކީ ހެޔޮކަމާއި ރަޙުމަތާއި ބަރަކާތުގެ ޢަލާމާތްތަކެވެ.
سَلَامٌ هِىَ حَتَّى مَطْلَعِ الْفَجْرِ﴿٥﴾ އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.[5]
سَلَامٌ هِىَ އެކުލެވިފައިވަނީ މުބުތަދާ އަދި ޚަބަރުންނެވެ. ޚަބަރު އެވަނީ ކުރީގައެވެ. އޭގެ ތަޤްދީރަކީ هِىَ سَلَامٌ އެވެ. އޭގެ މާނައަކީ މިރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. އެރޭ ﷲ ތަޢާލާ ސަލާމަތްކަން ލިބިގެންވާ ރެއެއްކަމުގައި ޞިފަކުރައްވާފައިއެވަނީ އެރޭ ޢިޤާބާއި ޢަޛާބުން ސަލާމަތްވުން ގިނަވެގެންވާކަމަށްޓަކައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [أخرجه البخاري -كتاب فضل ليلة القدر - باب فضل ليلة القدر (2014) ، ومسلم- كتاب صلاة المسافرين -باب الترغيب في قيام رمضان وهو التراويح (760-175)] މާނައީ: "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ޤަދްރުވިލޭރޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ"ފާފަ ފުއްސެވުމަކީ އެއްވެސް ޝައްކެއްނެތްގޮތުގައި ފާފައިގެ ވަބާއާއި ފާފައިގެ ޢުޤޫބާތުން ސަލާމަތްވުމެވެ.
حَتَّى مَطْلَعِ الْفَجْرِ "ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން" އެބަހީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ފަޖުރުގެ އަލިކަން ފާޅުވެއްޖެނަމަ ޤަދްރުވިލޭރޭ ނިމުނީއެވެ.
ތަންބީހު: ޤަދްރު ވިލޭރޭ ވަނީ ރަމަޟާންމަހުގައި ކަމަށް އިސްވެހިނގައްޖެއެވެ. އެރޭ ވަނީ ރަމަޟާންމަހުގެ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ފުރަތަމަ ކޮޅުގައި ހެއްޔެވެ؟ ނުވަތަ މެދުތެރޭގައި ހެއްޔެވެ؟ ނުވަތަ ފަހުކޮޅުގައި ހެއްޔެވެ؟
މިސުވާލުގެ ޖަވާބުގައި ބުނަމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފުރަތަމަ ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. އޭގެފަހުގައި މެދު ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. ޤަދްރުވިލޭރޭ ލިބުން އެދިވަޑައިގެންނެވެ. އޭގެފަހުގައި އެކަލޭގެފާނަށް ބަޔާންކޮށްދެއްވުނެވެ. ހަމަކަށަވަރުން އެރޭވަނީ ފަހުދިހައިގައެވެ. ފަހެ އެކަލޭގެފާނު ފަހު ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. [أخرجه البخاري -كتاب الأذان - باب السجود.. (713) ، ومسلم- كتاب الصيام -باب فضل ليلة القدر (1167-215)] އެހެންކަމުން ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގައެވެ.
ފަހުދިހައިގެ ރޭތަކުގެ ތެރެއިން ކޮން ރެއެއްގައި ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެރެއަކީ އެކާވީސްވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ ތިރީސްވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ މިދެމެދުގައިވާ އެހެން ރެއެކެވެ. އެރެއަކީ ކޮންރެއެއްކަން ކަނޑައެޅިގެން އެނގޭކަށްނެތެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެރެއަކީ އެކާވީސްވިލޭރޭކަމުގައި ދެއްކެވުނެވެ. އެކަލޭގެފާނު ހުވަފެނުގައި ދެކެވަޑައިގެންނެވިގޮތުގައި އެރޭގެ ހެނދުނު އެކަލޭގެފާނު މިސްކިތްކޮޅުގައި ކިސަޑުހެދިފައިވާ ތަނެއްގައި ސަޖިދަކުރައްވަނިކޮށް ދެކެވަޑައިގަތެވެ. އެރޭގައި ވާރޭ ވެހުނެވެ. އެކަލޭގެފާނު ނަމާދުކުރެއްވީ މިސްކިތުގައެވެ. މިސްކިތުގެ ފުރާޅު ކަދުރު ރުކުގެ ފަނުން ހެދިފައިހުރުމާއެކު އެ ފުރާޅުން ފެން ލީކުވެއެވެ. އެކަލޭގެފާނު ފަތިސްނަމާދު ކުރެއްވި އިރު ސަޖިދަކުރެއްވި ތާނގައި ކިސަޑު ހުއްޓެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅުގައި އެކަމުގެ އަސަރު (ކިސަޑުގެ އަސަރު) ހުރީތީ ޞަޙާބީން ދެކެވަޑައިގަތެވެ. [أخرجه البخاري -كتاب فضل ليلة القدر - باب التماس ليلة القدر في السبع الأواخر (2016) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1167-205)] މިތާގައި މި އިޝާރާތްކުރެވުނު ރެއަކީ އެކާވީސްވިލޭރެއެވެ.
އެކަމާއެކުވެސް އެކަލޭގެފާނު ޙަދީޘުކުރެއްވީ ((الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ)) [أخرجه البخاري -كتاب فضل ليلة القدر - باب تحري ليلة القدر من العشر الأواخر (2021) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-210)] މާނައީ: "ފަހުދިހައިގެ ރޭތަކުގައި ތިޔަބައިމީހުން އެރޭހޯދުމަށް މަސައްކަތް ކުރާށެވެ." މިފަދައިންނެވެ. އެހެން ރިވާޔަތެއްގައި ((فِي الوَتْرِ مِنَ الْعَشْرِ الأَوَاخِرِ)) [أخرجه البخاري -كتاب فضل ليلة القدر - باب تحري ليلة القدر من العشر الأواخر (2017) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-207)] "ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި" މިފަދައިންނެވެ. ބައެއް ޞަޙާބީން ދެކެވަޑައިގެންނެވި ގޮތުގައި ބައެއް އަހަރުތަކުގައި ޤަދްރުވިލޭރޭ ހިމެނިގެންވީ ފަހު ހަތްރޭގެ ތެރެއިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ )) [أخرجه البخاري -كتاب فضل ليلة القدر - باب التماس ليلة القدر في السبع الأواخر (2015) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-205)]މާނައީ: "ތިޔަބައިމީހުންގެ ހުވަފެން ދިމާވަނީ ފަހު ހަތްރޭއާ ކަމަށް ތިމަންކަލޭފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ އެރޭ ހޯދުމަށް މަސައްކަތްކުރާ މީހާ، ފަހު ހަތްރޭ އެރޭ ހޯދުމަށް މަސައްކަތްކުރާށެވެ." އޭގެ މާނައަކީ އެއަހަރުއެވެ. އެހެނިހެން އަހަރުތަކުގައި އެރޭ ހޯދުމަށް ހުރިހާ ދިހަރެއްގައި މަސައްކަތްކުރަންޖެހެއެވެ. ބަދަލުނުވާގޮތަށް ކަނޑައެޅިފައިވާ ރެއެއް ނޫނެވެ. އެކަމަކު އުއްމީދުކުރެވޭ ގޮތުގައި އެއީ ހަތާވީސްވިލޭރެއެވެ. ފަހަރެއްގައި މިއަހަރުގައި އެއީ ހަތާވީސްވިލޭރެއަށްވެސް ވެދާނެއެވެ. ޖެހިގެން އަންނައަހަރުގައި އެއީ އެކާވީސްވިލޭރެއަށްވެސް ވެދާނެއެވެ. އެއާ ޖެހުނު އަހަރުގައި އެއީ ތޭވީސްވިލޭރެއަށްވެސް ވެދާނެއެވެ. އަދި ފަންސަވީސްވިލޭރޭ ކަމުގައިވެސް ވެދާނެއެވެ. މިފަދައިންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެރޭ ވަންހަނާކުރައްވާފައިވަނީ ބޮޑުވެގެންވާ ދެފައިދާއަކަށްޓަކައެވެ.
ފުރަތަމަ ފައިދާއީ، އެރޭ ހޯދުމަށް މަސައްކަތްކުރުމުގައި އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތްކުރާ މީހާއާއި ކަންނެތްކަމާއެކު މަސައްކަތްކުރާ މީހާ ވަކިވެ އެނގުމެވެ. އެހެނީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު އެރޭ ހޯދުމަށް މަސައްކަތްކުރާ މީހާ، އެރޭ ހޯދުމަށްޓަކައި ފުރިހަމަ ދިހަރޭ ވަރުބަލިކަމުގައި ހޭދަކުރާނެއެވެ. ކަންނެތްމީހާ، އެއް ރޭ ހޯދުމަށްޓަކައި، އެންމެ ދިހަރޭ ރޭ އަޅުކަންކުރުމަކީ އޭނާގެ މައްޗަށް ބޮޑުކަމަކަށް ވެދެއެވެ.
ދެވަނަ ފައިދާއަކީ ގިނަ ހެޔޮ ޢަމަލު ކުރުމުގެ ސަބަބުން ގިނަ ޘަވާބު މުސްލިމުންނަށް ލިބިގެން ދިޔުމެވެ. އެހެނީ ހެޔޮ ޢަމަލު ގިނަވީ ވަރަކަށް ޘަވާބު އިތުރުވެގެންދެއެވެ.
މި ދަނޑިވަޅުގައި، މިހާރަކަށް އައިސް މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް ހެދޭ ގޯހެއް ސަމާލުކަމަށް ގެނައުމަށް ޤަޞްދުކުރަމެވެ. އެއީ ޤަދްރުވިލޭރޭ ހޯދުމަށް މަސައްކަތްކުރުމުގެ ގޮތުން ހަތާވީސްވިލޭރޭ ޢުމުރާގެ އަޅުކަން އަދާކުރުމެވެ. ހަތާވީސްވިލޭރޭ މަސްޖިދުލް ޙަރާމް މީސްތަކުންނައިގެން ފުރި ބާރުވެ ތޮއްޖެހިފައިވާތީ ތިބާއަށް ފެންނާނެއެވެ. ޢުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި ހަތާވީސްވިލޭރޭ ޚާއްޞަކުރުމަކީ ބިދުޢައެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމުރާ ކުރެއްވުމުގައި އެރޭ ޚާއްޞަކުރައްވާފައިނުވާތީއެވެ. އެކަލޭގެފާނުގެ ބަސްފުޅުންވެސް އެކަން އެނގޭކަށްނެތެވެ. ރަމަޟާންމަހުގެ ހަތާވީސްވިލޭރޭގައި އެކަލޭގެފާނު ޢުމުރާގެ އަޅުކަން އަދާކުރައްވާފައިނުވެއެވެ. އެކަލޭގެފާނު އެރޭ މައްކާގައި ހޭދަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އުންމަތަށް، އެރޭގައި ޢުމުރާގެ އަޅުކަން އަދާކުރުމުން އެރޭ ލިބިގަތުމަށް، އަންގަވާފައެއް ނުވެއެވެ. އެހެނެއްކަމަކު އެކަލޭގެފާނު އަމުރުކުރެއްވީ އެރޭ ރޭއަޅުކަންކުރުމަށެވެ. އެހެންކަމުން ޢުމުރާވުމަށްޓަކައި ރަމަޟާންމަހުގެ ހަތާވީސްވަނަ ރޭ ޢައްޔަންކުރުމަކީ މީސްތަކުން ކުރާ ކުށެއްކަން އެނގިގެން ހިނގައްޖެއެވެ. އަދި މީގެން އެނގޭގޮތުގައި ބައެއް މީހުން ދީން ނަގަނީ އެމީހުން ނަގާނެ ގޮތަކަށް ނަގާނެ މީހެއްގެ ފަރާތުންނެވެ. ޝަރުޢީ އެއްވެސް އަސާސެއް ނުވާގޮތުގައެވެ. ކަންތައްތަކުގެ ޢިލްމު އެނގިހުރެ ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ސަމާލުކަންދޭށެވެ. ﷲ ގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތުން ދަލީލު ލިބިގެންނެވެ. ނުވަތަ އެބޭކަލުންގެ ސުންނަތަށް ތަބާވުމަށް އަހަރެމެންނަށް އަމުރުވެވިގެންވީ ހަތަރު ޚަލީފާއިންގެ ޢަމަލުން ދަލީލުލިބިގެންނެވެ.
މި ސޫރަތުގައި ޤަދްރުވިލޭގެ މާތްކަން ބަޔާންވެފައިވެއެވެ. އެގޮތުން؛
ފުރަތަމައީ: މީސްތަކުންގެ ހިދާޔަތުގެ ގޮތުގައި އަދި ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމުގެ ގޮތުގައި ބާވާލައްވާފައިވާ ކީރިތި ޤުރުއާން ބާވައިލެއްވުނީ މިރޭގައެވެ.
ދެވަނައީ: ﷲ ތަޢާލާގެ ވަޙީބަސްފުޅު ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر2] އިން ދަލާލަތުކުރާ މާތްކަމާއި މަތިވެރިކަމެވެ.
ތިންވަނައީ: އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ.
ހަތަރުވަނައީ: އެރޭގައި މަލާއިކަތުން ފައިބާވަޑައިގަންނަވައެވެ. ހެޔޮކަމާއި ބަރަކާތާއި ރަޙުމަތާއެކު މެނުވީ އެބޭކަލުން ފައިބާވަޑައިނުގަންނަވައެވެ.
ފަސްވަނައީ: އެއީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުން އެރޭގައި ޢިޤާބާއި ޢަޛާބުން ސަލާމަތްވާ މީހުންގެ ގިނަކަމަށްޓަކައެވެ.
ހަވަނައީ: އެރޭގެ މަތިވެރިކަމާއި މާތްކަމާބެހޭގޮތުން ﷲ ތަޢާލާ، ޤިޔާމަތާ ހަމައަށް ކިޔެވޭގޮތުގައި، ސޫރަތެއް ބާވާލައްވާފައިވެއެވެ.
ޤަދްރުވިލޭރޭގެ މާތްކަމުގެ ތެރޭގައި އައްޞަޙީހައިނުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [أخرجه البخاري -كتاب فضل ليلة القدر - باب فضل ليلة القدر (2014) ، ومسلم- كتاب صلاة المسافرين -باب الترغيب في قيام رمضان وهو التراويح (760-175)] މާނައީ: "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ޤަދްރުވިލޭރޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ"
މި ޙަދީޘުގައި إِيمَانًا وَاحْتِسَابًا ގެ މުރާދަކީ ﷲ އަށް އީމާންވެހުރެ، އަދި އެރޭގައި ރޭ އަޅުކަންކުރާ މީހުންނަށްޓަކައި ﷲ ތަޢާލާ ތައްޔާރުކުރައްވާފައިވާ ޘަވާބު ޤަބޫލުކޮށް، އަޖުރާއި ޘަވާބު ލިބުމަށް އެދިގެން ކުރުމެވެ.
މިހާ ހިސާބުން ޤަދްރު ސޫރަތުގެ ތަފްސީރު ނިމުނީއެވެ.

No comments:
Post a Comment