މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ހިނައިގަތުމުގެ ބާބު
ފުރަތަމައީ: ހިނައިގަތުމުގެ މާނައާއި، އޭގެ ޙުކުމާއި އޭގެ ދަލީލެވެ. އެއީ ޢަރަބި ބަހުގައި الغُسْلُ އެވެ. މި މަޞްދަރު ނެގިފައިވަނީ غَسَلَ- يَغْسِلُ އިންނެވެ.
ހިނައިގަތުމުގެ މާނަ: ލުޣަވީގޮތުން ހިނައިގަތުމުގެ މާނާއަކީ މުޅިހަށިގަނޑު އެއްކޮށް ދޮވުމެވެ.
ޝަރުޢީގޮތުން އޭގެ މާނަ: އަކީ މުޅި ހަށިގަނޑުގައި ފެން އޮހޮރުވައިލުމެވެ. ނުވަތަ ޠާޙިރު ފެން މުޅި ހަށިގަނޑުގައި، ޚާއްޞަ ވެގެންވާ ޞިފައެއްގައި، ﷲ އަށް އަޅުކަން އަދާކުރުމުގެ ގޮތުން، އިސްތިޢުމާލުކުރުމެވެ.
ދެވަނައީ: ހިނައިގަތުމުގެ ޙުކުމް
ހިނައިގަތުން ވާޖިބުވާފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ ހިނައިގަތުން ވާޖިބުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا [المائدة: ٦] މާނައީ: “އަދި ތިޔަބައިމީހުން ޖުނުބުވެރިވެއްޖެނަމަ ފަހެ ތިޔަބައިމީހުން ޠާހިރުވެގަންނަހުށިކަމެވެ.” ހިނައިތުމާބެހޭގޮތުން އައިސްފައިވާ ޙަދީޘުތަކާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނައިގެންނެވި ގޮތް ބައެއް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ރިވާޔަތްތައް އެކަމުގެ ވާޖިބުކަމަށް ދަލާލަތުކުރެއެވެ. އޭގެން ކޮންމެވެސް މިންވަރެއްގެ ފަހުން އަންނަހުއްޓެވެ. އިން ޝާ ﷲ.
ތިންވަނައީ: ހިނައިގަތުން ވާޖިބުވާ ކަންތައްތައް:
ތިރީގައިވާ ކަންތައްތަކުން ހިނައިގަތުން ވާޖިބުވާނެއެވެ.
1- މަނިބޭރުވުން: ޝަރުޠުވެގެންވަނީ އެދުންވެރިކަމާއެކު މަނިބޭރުވުމެވެ. މަނިބޭރުވީ ފިރިހެނެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އަންހެނެއްގެ ކިބައިންކަމުގައިވިޔަސްމެއެވެ. ދަލީލަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މިބަސްފުޅެވެ. وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا [المائدة: ٦] މާނައީ: “އަދި ތިޔަބައިމީހުން ޖުނުބުވެރިވެއްޖެނަމަ ފަހެ ތިޔަބައިމީހުން ޠާހިރުވެގަންނަހުށިކަމެވެ.” އަދި ޢަލީ ރަޟިޔަﷲ ޢަންހުއާ މުޚާޠަބުކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވި ބަސްފުޅު ((إِذَا فَضَخْتَ المَاءَ فَاغْتَسِلْ)) [رواه أبو داود برقم 206 وصححه الألباني في الإرواء برقم 125] މާނައީ: “ތިބާ، ބާރާއެކު މަނިބޭރުކޮށްލައިފިނަމަ ފަހެ ތިބާ ހިނައިގަންނަހުށިކަމެވެ.” ނިދާފައި އޮންނަ މީހާ، މަނިބޭރުވާއިރު އެދުންވެރިކަމާއެކު މަނިބޭރުވުން ޝަރުޠުވެގެންނުވެއެވެ. އެހެނީ ނިދާފައި އޮންނަމީހާ އަށް އެކަން އިޙްސާސްނުވާނެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ((هَلْ عَلَي المَرْأَةِ غُسْلٌ إِذَا احْتَمَلَتْ)) “ފަހެ އަންހެނާ އިޙްތިލާމުވެއްޖެނަމަ ހިނައިގަތުން އޭނާގެ މައްޗަށް ވާޖިބުވާނެތޯއެވެ؟” ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((نَعَمْ إِذَا رَأَتِ المَاءَ)) [رواه مسلم برقم 313] “އާއެކެވެ. އޭނާއަށް ފެން (މަނި) ބޭރުވެފައިވަނިކޮށް ފެނިއްޖެނަމައެވެ.” މިހުރިހާ ކަމަކީވެސް މިކަންކަމުގެ މައްޗަށް އިޖުމާޢުވެފައިވާ ކަންކަމެވެ.
2- ހިތާނުކުރީމާ ޛަކަރުން ފާޅުވާން އިންނަ ހިސާބު އެއްކޮށް ނުވަތަ އެހިސާބުގެ މިންވަރެއް ފަރުޖުގެ ތެރެއަށް ވެއްދުން، އެއީ މަނިބޭރުނުވިކަމުގައިވިޔަސްމެއެވެ. މީގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. (( إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ وَجَبَ الْغُسْلُ )) [رواه مسلم برقم 349] މާނައީ: ” އޭނާގެ (އަނބިމީހާގެ) ހަތަރެސްފައިގެ ދެމެދުގައި އިށީނދެ ޚިތާނު ޚިތާނާ ބައްދަލުވެއްޖެނަމަ (އެބަހީ ޛަކަރު ފަރުޖާ ބައްދަލުވެއްޖެނަމަ) ހިނައިގަތުން ވާޖިބުވެއްޖެއެވެ.”
3- ކާފިރަކު އިސްލާމްވުން- ނުވަތަ މުރުތައްދަކު އިސްލާމްދީނަށް އެނބުރިއައުން: އެހެނީ ޤައިސް ބިން ޢާޞިމް ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގަތުމުން އޭނާ ހިނައިގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ. [رواه أبو داود برقم 355 والنسائي 1/109 والترمذي برقم 605 و حسنه وصححه الألباني في الإرواء برقم 1/163- 164 ]
4- ޙައިޟު އަދި ނިފާސްގެ ލޭ ކެނޑުން: އެކަމުގެ ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ފާޠިމަތު ބިންތި އަބީޖައިޝްއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((إِذَا أَقْبَلَتِ الْحَيْضَةُ فَدَعِي الصَّلَاةَ وَإِذَا أَدْبَرَتْ فَاغْتَسِلِي وَصَلِّي )) [متفق عليه: رواه البخاري برقم 320 ومسلم برقم 333] މާނައީ “ޙައިޟުވުމުން ނަމާދު ދޫކޮށްލާށެވެ! އަދި ޙައިޟު ނިމިދިޔުމުން ހިނައިގަންނާށެވެ! އަދި ނަމާދުކުރަންފަށާށެވެ!” ފަހެ ނިފާސްވެރިކަމަކީވެސް ޙައިޟުގެ ޙުކުމުގައިވާ ކަމެކެވެ. މިއީ އިޖްމާޢުވެފައިވާކަމެކެވެ.
5- މަރުވުން: އެކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ޒައިނަބު ނިޔާވެގެން އެކަމަނާ ހިނެއުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވުމެވެ. ޙަދީޘުކުރެއްވިއެވެ. ((اِغْسِلْنَهَا)) [متفق عليه: رواه البخاري برقم 1253 ومسلم برقم 939] މާނައީ: “ތިޔަކަނބަލުން އެކަމަނާ ހިނަވާށެވެ.” އަދިވެސް އިޙްރާމް ބަނދެގެން ހުރެ މަރުވި މީހާއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވ ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((اِغْسِلُوهُ بِمَاءٍ وَسِدْرٍ)) [متفق عليه: رواه البخاري برقم 1266 كتاب الجنائز -ومسلم برقم 1206] މާނައީ: “ފެނުންނާއި ކުންނާރުފަތުފެނުން ތިޔަބައިމީހުން އޭނާ ހިނަވާށެވެ.” އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ގޮތުންނެވެ. އެހެނީ އެކަމަކީ ޙަދަޘްވެރިވުމުގެ ސަބަބުން ކުރަންއެންގި ކަމެއްނަމަ ޙަދަޘްވެރިވުމުގެ ސަބަބު ދެމިއޮތީތީ، ޙަދަޘްވެރިކަން ފިލާނުދެއެވެ.”
(ނުނިމޭ)
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية

No comments:
Post a Comment