މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: ރަމަޟާންމަސް ވަނުމުން (އެއްބަޔަކު އަނެއްބަޔަކަށް) ތަހުނިޔާކިޔުމަކީ ހުއްދަ ކަމެއްތޯއެވެ؟ ނޫނީ އެއީ ބިދުޢައެއް ތޯއެވެ؟
ޖަވާބު: ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ.
ރަމަޟާންމަސް ވަނުމުން ތަހުނިޔާ ކިޔުމަކީ މައްސަލައެއް ނޫނެވެ. ރަމަޟާންމަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ރޯދަމަހުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ބާރުއަޅުއްވާ އުޅުއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، فِيهِ لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )) [رواه النسائي 4/129 ، وهو في صحيح الترغيب 1/490 .] މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވައްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ.”
= رسالة “سبعون مسألة في الصيام” .=

No comments:
Post a Comment