މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
އެ ޝަރުޠުތަކަކީ
1- ޠަހާރަތުގެ މަތީގައި ޚުއްފުލުން: އެއީ މުޣީރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘުގެ ސަބަބުންނެވެ. މުޣީރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
كُنتُ مَعَ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ فِي سَفَرٍ فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ فَقَالَ :((دَعْهُمَا فَإِنِّي أَدْخَلْتُهُمَا طَاهِرَتَينِ فَمَسَحَ عَلَيْهمَا)) [متفق عليه: أخرجه البخاري برقم (206) و مسلم برقم (274)] އަހުރެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔާއެކު ދަތުރެއްގެ މަތީގައި ވީމެވެ. ފަހެ، އަހުރެން، އެކަލޭގެފާނުގެ ޚުއްފު ބޭލުމައްޓަކައި އަވަސް އަވަހަށް ގުދުވިހިނދުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޚުއްފު ދޫކޮށްލާށެވެ! ތިމަންކަލޭގެފާނު އެދެޚުއްފު ތުރުކުރެއްވީ ޠާހިރުކަންމަތީގައެވެ.” (ވުޟޫކުރައްވައިގެންނެވެ.) ދެން އެކަލޭގެފާނު އެޚުއްފުމަތީގައި ފެން ފުއްސެވިއެވެ.
2- ދޮވުން ފަރުޟުވެގެންވާ ހިސާބު ފޮރުވޭ އެއްޗެއްކަމުގައި ވުން: އެއީ ފައިން ދޮވުން ފަރުޟުވެގެންވާ މިންވަރު ފޮރުވޭ އެއްޗެއްކަމުގައި ޚުއްފު ވާންޖެހޭނެއެވެ. ފައިން ދޮވުން ފަރުޟުވާ ހިސާބުގެ ތެރެއިން ބައެއް ފާޅުވާނަމަ އެ ޚުއްފުގައި ފުހުން ޞައްޙައެއް ނުވާނެއެވެ.
3- ޙަލާލު އެއްޗެއްކަމުގައި ވުން: އެ ޚުއްފަކީ ލުން ހުއްދަވެގެންވާ އެއްޗެއްކަމުގައި ވުމެވެ. ޣަސްބުން ފޭރިގެންފައިފާ ނުވަތަ ވަގަށް ނަގާފައިވާ ޚުއްފުގައި ނުވަތަ (ފިރިހެނުންނަށް) ފަށުވިން ހަދާފައިވާ ޚުއްފެއްގައި ފުހުން ހުއްދަވެގެންނުވެއެވެ. އެހެނީ އެފަދަ ޚުއްފު ލުމަކީވެސް ފާފައެކެވެ. އެއްވެސް ފާފައެއްގައި ލުއިފަސޭހަކަމެއް ހުއްދަވެގެންނުވެއެވެ.
4- ޚުއްފަކީ ޠާހިރުއެއްޗެއްކަމުގައި ވުން: ނަޖިހުގެ މަތީގައި ފުހުން ހުއްދަވެގެންނުވެއެވެ. މިސާލަކަށް ޙިމާރުގެ ހަމުން ހަދާފައިވާ ޚުއްފެވެ.
5- ޚުއްފުމަތީގައި ފުހޭ ފުހުމަކީ ޝަރުޢީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުހޭ ފުހުމެއް ކަމުގައިވުން: އެއީ ރަށުގައި ޙާޟިރުވެ ހުންނަ މީހަކަށް (މުޤީމަކަށް) ރެއަކާއި ދުވާލެކެވެ. (އެއްދުވަހެވެ) ދަތުރުވެރިއަކަށް ތިންރޭ ތިންދުވާލެވެ.
މި ފަސް ޝަރުޠަކީ މި ފަސް ޝަރުޠާއެކު ޚުއްފުމަތީގައި ފެންފުހުން ޞައްޙަވެގެންވާ ޝަރުޠުތައް ކަމަށް، ނަބަވީ ނައްޞުތަކުންނާއި ޢާއްމު ޤާއިދާތަކުން ޢިލްމުވެރިން އިސްތިންބާޠުކުރައްވާފައިވާ ޝަރުޠުތަކެވެ. ޚުއްފުގައި ފެންފުހެން ބޭނުންވާ ހިނދު މި ޝަރުޠުތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
(ނުނިމޭ)

No comments:
Post a Comment