މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވާފައިވަނީ ޖިންނީންނާއި އިންސީންގެ ގާތަށެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޢާއްމު ރިސާލަތެކެވެ. އެކަލޭގެފާނަށްފަހުގައި އައު ނަބިއްޔަކު ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّـهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّـهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ﴾ [الأعراف 158]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. އެއިލާހީ އުޑުތަކާއި ބިމުގެ ވެރިކަން އެއިލާހަށް މިލްކުވެގެންވާ އިލާހެވެ. އެއިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެއިލާހެވެ. ފަހެ، ﷲ އަށާއި އުއްމީ ނަބިއްޔާ ކަމުގައިވާ އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ ﷲ އަށާއި އެއިލާހުގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބާވާށެވެ! (އެއީ (ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”
ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވާފައިވަނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾ [الأنبياء١٠٧ ]
މާނައީ: “އަދި ޢާލަމްތަކަށް ރަޙުމަތެއްކަމުގައި މެނުވީ، ތިމަންއިލާހު، ކަލޭގެފާނު ނުފޮނުއްވަމެވެ.”
އަދި އެކަލޭގެފާނު ލެއްވިގެންވަނީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ބޭކަލެއްކަމުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ﴾ [ الأحزاب٤٠].
މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”
އެކަލޭގެފާނަށް ފަހުގައި އައު ނަބިއްޔަކު ނުވެއެވެ. އެކަލޭގެފާނު ހުރިހާ ހެޔޮކަމަކަށް ގޮވާލެއްވިއެވެ. އަދި ހުރިހާ ނުބައިކަމަކުން އިންޛާރުކުރެއްވިއެވެ. ޖިންނީންނަށާއި އިންސީންނަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا (45) وَدَاعِيًا إِلَى اللَّـهِ بِإِذْنِهِ وَسِرَاجًا مُّنِيرًا (46) وَبَشِّرِ الْمُؤْمِنِينَ بِأَنَّ لَهُم مِّنَ اللَّـهِ فَضْلًا كَبِيرًا (47) وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ وَدَعْ أَذَاهُمْ وَتَوَكَّلْ عَلَى اللَّـهِ ۚ وَكَفَىٰ بِاللَّـهِ وَكِيلًا (48) ﴾ [الأحزاب، الآيات: 45 – 48].
މާނައީ: “އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންއިލާހު، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި، (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. (45) އަދި ﷲ ގެ ދީނަށް، އެއިލާހުގެ އަމުރުފުޅާއެކު (މީސްތަކުންނަށް (ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. (46) އަދި ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުން ބޮޑުވެގެންވާ ފަޟްލުވަންތަކަން އެއުރެންނަށް ހުރިކަމަށް މުއުމިނުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ (47) އަދި ކާފިރުންނާއި މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި ﷲ އަށް ވަކީލުކުރައްވާށެވެ. އަދި ވަކީލަކު ކަމުގައި ﷲ ފުދެއެވެ.”(48)
ޙަވާލާ:
1- وجوب محبة النبي ونصرته وحكم منسبه، وعموم رسالته – سعيد بن علي بن وهف القحطاني

No comments:
Post a Comment