އައްޝައިޚް އިސްމާޢީލް މުޙައްމަދު
އަދި ﷲ ތަޢާލާ އެދިވޮޑިގަންނަވާ ކޮންމެކަމެއް އެކަލާނގެ ކުރައްވާނެ ކަމާމެދުވެސް އަހުރެން އީމާންވަމުއެވެ. ވަޙީކުރައްވަނީ ﴿فَعَّالٌ لِمَا يُرِيدُ ﴾ [البروج: ١٦ ] މާނައީ: "އެކަލާނގެއީ އެދިވޮޑިގަންނަވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."
ﷲ ތަޢާލާ ކުރައްވާ އިރާދަ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިރާދާ ކައުނިއްޔާ އާއި އިރާދާ ޝަރުޢިއްޔާ އެވެ. އިރާދާ ކައުނިއްޔާގެ ދަށުން ހިނގާ ކޮންމެ ކަމަކީ އެކަލާނގެއަށް ލޯބިވެތިވެގެންވާކަމެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އަދި މިދެންނެވި އިރާދާ މަޝީއަތުގެ މާނައިގައިވެސް ބޭނުންކުރެވެއެވެ. ވަޙީކުރައްވަނީ ﴿وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَكِنَّ اللَّهَ يَفْعَلُ مَا يُرِيدُ﴾ [البقرة: ٢٥٣] މާނައީ: "ﷲ ތަޢާލާ އިރާދަކުރައްވައިފިނަމަ އެބައިމީހުން އެއްބަޔަކު އަނެއްބަޔަކު ޤަތުލުކޮށް ނުއުޅުނީހެވެ. އެކަމަކު އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ. އަދި ވަޙީކުރެއްވިއެވެ. ﴿وَلَا يَنْفَعُكُمْ نُصْحِي إِنْ أَرَدْتُ أَنْ أَنْصَحَ لَكُمْ إِنْ كَانَ اللَّهُ يُرِيدُ أَنْ يُغْوِيَكُمْ هُوَ رَبُّكُمْ﴾ [هود: ٣٤] މާނައީ: "ﷲ ތަޢާލާ ތިޔަބައިމީހުން މަގުފުރެދުމަށް އިރާދަ ކުރައްވައިފިނަމަ އަހުރެންގެ ނަޞީޙަތް ކަލޭމެނަށް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެއީ ތިޔަބައިމީހުން ހައްދަވާ ބޮޑުކުރައްވާ ރަސްކަލާނގެއެވެ."
އިރާދަތު ޝަރުޢިއްޔާ
އިރާދަތު ޝަރުޢިއްޔާ ގައިވާ ކަންތައް ވުމަކީ ކޮންމެހެން ލާޒިމް ކަމެއްނޫނެވެ. އެކަމަކު އިރާދަކުރައްވާ މިކަންތަކަކީ ﷲ ތަޢާލާއަށް ލޯބިވެތި އެދިވޮޑިގަންނަވާ ކަންކަމެވެ. ވަޙީކުރައްވަނީ ﴿ وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ﴾ [النساء: ٢٧] މާނައީ: "ﷲ ތަޢާލާ އިރާދަކުރައްވަނީ ތިޔަބައިމީހުންގެ ތައުބާ ޤަބޫލުކުރެއްވުމަށެވެ."
އަދި އަހުރެމެން އީމާންވަނީ ﷲ ތަޢާލާ އިރާދަފުޅުން ޝަރުޢީ ކަމެއްކަމުގައި ވިޔަސް އަދި ކައުނީ ކަމެއްކަމުގައި ވިޔަސް އެކަން ހިނގަނީ ﷲ ތަޢާލާ ޙިކުމަތުގެ ދަށުންކަމުގައެވެ. ﷲ ތަޢާލާ އެއްވެސް އެއްޗެއް އުފެއްދެވުމަށް ނިޔާކުރައްވާނަމަ ނުވަތަ ޝަރުޢީގޮތުން އެއްވެސް މަޚުލޫޤެއްގެ ކިބައިން އަޅުކަންކުރުމަށް ޙުކުމްކުރައްވާ ހިނދު އެކަމުގައި ކޮންމެވެސް ޙިކްމަތެއް ވާކަމާއިމެދަކު ޝައްކެއް ނުއޮންނާނެއެވެ. ވީމާ އެކަމެއްގެ ނިމުން ހަމަޖެހިގެން ދާހުށީ މިދެންނެވި ޙިކްމަތުގެ ދަށުންނެވެ. އެޙިކުމަތެއް އަހުރެމެނަށް ނޭނގުނަސް ނުވަތަ އެޙިކުމަތަކާ ހަމައަށް އަހުރެމެންގެ ބުއްދި ނުފޯރިނަމަވެސް މެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ ﴿أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ﴾ [التين: ٨ ] މާނައީ: "ﷲ ތަޢާލާ އަޙްކަމުލް ޙާކިމީން ކަމުގައި ނުވޭހެއްޔެވެ؟" (އެބަހީ ﷲ ތަޢާލާ ހުރިހާ ޙާކިމުންނަށްވުރެ ބޮޑު ޙާކިމެއްކަމުގައި ނުވޭހެއްޔެވެ؟) އަދި ވަޙީކުރައްވައެވެ. ﴿وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ﴾ [المائدة: ٥٠] މާނައީ: "ޔަޤީންކުރާ ޤައުމެއްގެ ބަޔަކަށް ﷲ ތަޢާލާއަށްވުރެ ރީތި (ޢަދުލުވެރި) ޙުކުމްކުރާ އެއްވެސް މީހަކު ވޭހެއްޔެވެ؟"
އަދި ﷲ ތަޢާލާ އެކަލާނގެ ވަލީވެރިން (އެބަހީ: އެކަލާނގެ އެންގެވިގޮތަށް އުޅޭ މީހުން) އެކަލާނގެއަށް ލޯބިވާކަމުގައި އަހުރެމެން އީމާންވަމެވެ. ވަޙީކުރައްވާފައިވަނީ ﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ﴾ [آل عمران: ٣١] މާނައީ: "އޭ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ތަޢާލާއަށް ލޯބިވާނަމަ ފަހެ ތިޔަބައިމީހުން ތިމަން ރަސޫލާއަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ލޯބިކުރައްވާނެތެވެ." އަދި ވަޙީކުރައްވާފައިވެއެވެ. ﴿فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ﴾ [المائدة: ٥٤] މާނައީ: "ފަހެ (ބަޔަކު މުރުތައްދު ވެއްޖެނަމަ) އެހާރުން ﷲ ތަޢާލާ ޤައުމެއްގެ ބަޔަކު ގެންނަވާނެއެވެ. އެމީހުންނަށް އެކަލާނގެ ލޯބިކުރައްވާނެއެވެ. އަދި އެމީހުން އެކަލާނގެއަށް ލޯބިކުރާނެއެވެ. އަދި ވަޙީކުރައްވާފައިވެއެވެ. ﴿وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾ [الحجرات: ٩] މާނައީ: "ޢަދުލު އިންޞާފުކުރާ މީހުންނަށް ލޯބިވެވޮޑިގަންނަވައެވެ."
އަދިވެސް ވަޙީ ބަސްފުޅުގައި ވެއެވެ. ﴿وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ﴾ [البقرة: ١٩٥ ] މާނައީ: "އަދި އިޙްސާންތެރިވާށެވެ. ހަމަކަށަވުރުން ﷲ ތަޢާލާ އިޙްސާންތެރިވާ މީހުންނަށް ލޯބިކުރައްވައެވެ."
އަދި އަހުރެމެންގެ އީމާނަކީ ﷲ ތަޢާލާ ކަނޑައަޅުއްވާ ކުރެއްވުމަށް އެންގެވި ކޮންމެ ކަމަކީ އެއީ ބަހާއި ޢަމަލު ކަމުގައި ވިޔަސް އެކަމަށް އެކަލާނގެ ރުހިވޮޑިގަންނަވާ އަދި ލޯބިވެވޮޑިގަންނަވާ އަދި މަނާކުރެއްވި ކަންތަކަކީ އެކަމަށް ރުހިވޮޑިނުގަންނަވާ ކަންތައްކަމެވެ. ވަޙީކުރެއްވިއެވެ. ﴿إِنْ تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنْكُمْ وَلَا يَرْضَى لِعِبَادِهِ الْكُفْرَ وَإِنْ تَشْكُرُوا يَرْضَهُ لَكُمْ﴾ [الزمر: ٧] މާނައީ: "ތިޔަބައިމީހުން ﷲ ތަޢާލާގެ ނިޢުމަތްތަކަށް އިންކާރުކުރަނީނަމަ އެކަލާނގެއަށް އެކަމަކުން ފަރުވާލެއްނެތެވެ. އަދި ނިޢުމަތްތަކަށް ފުރަގަސްދީ ކާފިރުވެގަތުމަކީ އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ރުހިވޮޑިގަންނަވާ ކަމެއްނޫނެވެ. އަދި ނިޢުމަތްތަކަށް ތިޔަބައިމީހުން ޝުކުރު އަދާކުރާނަމަ ތިޔަބައިމީހުންނަށް އެކަލާނގެ ރުހިވޮޑިގަންނަވައެވެ."
އަދި ވަޙީކުރެއްވިއެވެ. ﴿وَلَكِنْ كَرِهَ اللَّهُ انْبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ﴾ [التوبة: ٤٦] މާނައީ: "އެކަމަކު ﷲ ތަޢާލާ، އެމީހުންގެ ތެދުވުމާ (ނުކުތުމަށް ރުހިވޮޑިނުގަތެވެ. ވީމާ އެމީހުން ޙަރަކާތްތެރިވެ) ހެލިފެލިވެ އުޅުމަކަށް ތަނެއް ނުދެއްވިއެވެ. އަދި (އެމީހުންނަށް) ބުނެވުނެވެ. (ޢަދުލުވެރިން) އިށީނދެގެން ވާތަނުގައި އެމީހުންނާއެކު ތިޔަބައިމީހުންވެސް އިށީނދެ ތިބޭށެވެ." (ނުނިމޭ)

No comments:
Post a Comment