އައްޝައިޚް އިސްމާޢީލް މުޙައްމަދު
އަހުރެމެންގެ އީމާނަކީ ﷲ ތަޢާލާ ޢަރުޝި މަތީގައި ވޮޑިގެންވުމާ އެކުވެސް އެންމެހައި މަޚްލޫޤު ތަކާއިއެކު އެކަލާނގެ ވާކަމެވެ. އެންމެންގެ ޙާލުތައް ދެނެވޮޑިގެންވެއެވެ. ދައްކާ ހުރިހާ ވާހަކައެއްވެސް އައްސަވާ ވޮޑިގެން ކުރާހުރިހާ ކަމެއް ދެކެވޮޑިގެންވެއެވެ. ހުރިހާކަމެއް ތަދުބީރު ކުރައްވާކަމެވެ. ފަޤީރުންނަށް ރިޒުޤު ދެއްވައެވެ. ހަކަތަނެތް ނިކަމެތިންނަށް ބާރުދެއްވައެވެ. އެދިވޮޑިގެންވާ މީހަކަށް ރަސްކަމާ ވެރިކަން ދެއްވައެވެ.
އެދިވޮޑިގެންވާ މީހަކަށް ޢިއްޒަތް ދެއްވައެވެ. އަދި އެދިވޮޑިގެންވާ މީހަކު ނިކަމެތި ކުރައްވައެވެ. ހުރިހާ ވައްތަރެއްގެ ހެއުކަންވަނީ އެ އިލާހު އަތްޕުޅުގައެވެ. ހުރިހާކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުން ވަންތައެވެ. އެމަތިވެރި ޛާތުފުޅުގެ ޝާނާއި ޝައުކަތަކީ މިއީކަމުގައި ވާއިރު އެންމެހާ މަޚްލޫޤު ތަކުންނަށްވުރެ އެކަލާނގެ މަތިވެރިވެ ވޮޑިގެންވާ ކަމާމެދު ޝައްކެއްނެތެވެ. ޢަރުޝި މަތީގައި އިސްތަޥާ ވޮޑިގެން ވުމާއެކުވެސް އެންމެހައި ޚަލްޤު ތަކުންނާއެކު ވޮޑިގެންވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ- الشورى: ١١
މާނައީ: “އެކަލާނގެއާ އެއްފަދަ ހަމައެކައްޗެއް ނުވެއެވެ. އެކަލާނގެއީ އެންމެ މޮޅަށް އައްސަވާ ވޮޑިގަންނަވާ އެންމެ މޮޅަށް ބައްލަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.
ޖަހްމިއްޔަތޭ ބުނެވޭ ޖަމާޢަތުގެ ތެރެއިން ޙުލޫލިއްޔަތު ޖަމާޢަތުގެ މީހުން ބުނާގޮތަށް އަހުރެމެން ނުބުނާނޫއެވެ. އެމީހުން ބުނެ އުޅެނި ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާއެކުވަނީ ބިންމަތީގައެވެ. އެފަދައިން ބުނާ ބަޔަކާ މެދު އަހަރެމެން ދެކެނީ އެއީ މަގުފުރެދިފައި ނުވަތަ ކާފިރު ވެފައިވާ ބައެއްކަމުގައެވެ. އެހެނީ އެފަދަ ބަޔަކީ ﷲ ތަޢާލާއަށް އުނިސިފަ ސާބިތުކުރާ ބައެއްކަމުގައި ވާތީއެވެ. އެފަދަ އެއްވެސް އުނިސިފައަކީ އެކަލާނގެ މަތިވެރި ޝާނާ ޝައުކަތަށް އެކަށޭނަ ކަމެއްނޫނެވެ. އަދި އަހުރެމެން ﷲ ތަޢާލާގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރައްވާފައިވާ މިދަންނަވާ ޙަދީޘް ފުޅަށްވެސް އީމާންވަމެވެ.
“يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ”.(متّفق عليه)
މާނައީ: “އަހުރެމެން ހައްދަވާ ބޮޑުކުރައްވާ ރަސްކަލާނގެ ދުނިޔޭގެ އުޑަށް ކޮންމެ ރެއެއްގެ ތިންބައިން ފަހުބައިގައި ނާޒިލުވެ ވޮޑިގަންނަވާ ބަސް ވަޙީކުރައްވައެވެ. ތިމަން ރަސްކަލާނގެ އަށް ދުޢާކޮށް ދަންނަވަނީ ކާކުހޭ؟ އެމީހަކަށް ތިމަންރަސްކަލާނގެ އިޖާބަދެއްވާ ހުށީމެވެ. ތިމަންރަސްކަލާނގެއަށް އެދި ސުވާލުކޮށް ދަންނަވަނީ ކާކުހޭ؟ ތިމަންރަސްކަލާނގެ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ތިމަން ރަސްކަލާނގެ އަށް ފާފަ ފުއްސެވުމަށް އެދި ދަންނަވަނީ ކާކުހޭ؟ އެމީހަކަށް ތިމަންރަސްކަލާނގެ ފާފަ ފުއްސަވާ ހުށީމެވެ.”
އަދި ޤިޔާމަތް ދުވަހުގަ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މެދުގައި ނިޔާކުރެއްވުމަށް ނާޒިލުވެވޮޑިގަންނަވާ ހުއްޓެވެ. ވަހީކުރެއްވިއެވެ.
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا* وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا- لفجر: ٢١ – ٢٢
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ. އަދި ކަލޭގެފާނުގެ ރައްބު އެހިނދު ވޮޑިގަންނަވާނެތެވެ. އަދި މަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެތެވެ
. (ނުނިމޭ)

No comments:
Post a Comment