09 December 2013

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 1

އައްޝައިޚް އިސްމާޢިލް މުޙައްމަދު

بسم الله الحمن الرحيم

نحمده ونصلي على رسول الكريم وبعد.

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙް ޢުޘައިމީން އެކުލަވާފައިވާ “عقيدة أهل السنة والجماعة”މިފޮތުގެ ދިވެހި ތަރުޖަމާ، ވިދާޅުވާ ބޭފުޅުންނަށް ހުށަހަޅާ ލަމެވެ. މުޞައްނިފު މިފޮތުގައި ޙަދީޘް ޖިބްރީލުގައި އެކުލެވިގެންވާ، އީމާންކަމުގެ ރުކުންތައް ޝަރަޙަ ކުރައްވައި ބަޔާންކުރައްވާ ފައިވެއެވެ. އެއާއެކު ޢަޤީދާ އާއި ގުޅޭ ގިނަ މަސްއަލަތައް ޘާބިތު ކުރައްވައި ލިޔުއްވާފައިވެއެވެ. ފޮތުގެ ޢިބާރާތްތައް އެކުލަވާފައިވަނީ ޢާއްމުންނަށް ވިސްނުމަށް ފަސޭހަ ގޮތެއްގެ މަތިންނެވެ. ﷲ ތަޢާލާ، މިފޮތް އެކަލާނގެ އަޅުތަކުންނަށް ތެދުމަގު ދެއްކެވުމަށްވާ ޛަރީޢާ އެއްކަމުގައިލައްވަވާށިއެވެ.


ފޮތް އެކުލަވާލެއްވި ފަރާތަށް ހެޔޮ ޖަޒާދެއްވަވައި އަހުރެމެން އެންމެހާ މުސްލިމު އަޚުންނަށް އާޚިރަތް ދުވަހަށްޓަކައި ރައްކާކުރައްވާފައިވާ ކަމެއް ކަމުގައި ލައްވަވާށިއެވެ! يَوْمَ لا يَنْفَعُ مالٌ وَلا بَنُونَ * إِلاَّ مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ- الشعراء: ٨٨ – ٨٩އެދުވަހަކީ ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް އަތުވެއްޖެ މީހަކަށް މެނުވީ މުދަލަކުން އަދި ދަރިންގެ ކިބައަކުން ފައިދާއެއް ލިބޭނެ ދުވަހެއް ނޫނެވެ.

يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ * وَأُمِّهِ وَأَبِيهِ * وَصَاحِبَتِهِ وَبَنِيهِ – عبس: ٣٤ – ٣٦އެދުވަހުގައި (ޤިޔާމަތް ދުވަހު) އިންސާނާ އޭނާގެ ދަރިންނާއި، އަނބިންނާއި، މައިންބަފައިންނާއި އަޚުންގެ ކިބައިން ދުވެ ފިލާނެއެވެ.

ﷲ ތަޢާލާ، މިފޮތް ކިޔާ އެއަށް ޢަމަލު ކުރާމީހުންނަށް ގިނަގުނަ އަޖުރާއި ޘަޥާބު ދެއްވާށިއެވެ. رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ-البقرة: ١٢٧

إسماعيل محمد

(ނުނިމޭ)

Blog Widget by LinkWithin

No comments:

Post a Comment