އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
އެއްޗެއް ޠާހިރު ކުރުމަށްޓަކައި ނުވަތަ ޠާހިރުކަން ލިބިގަތުމަށްޓަކައި ޠާހިރުކުރާނެ އެއްޗަކަށް ބޭނުންވެއެވެ. އޭގެން ނަޖިސް ފިލުވާލައި އަދި ޙަދަޘް އެރިގަތުމަށެވެ. އެއީ ފެނެވެ. ފެނުގެ ތެރެއިން ޠަހާރަތު ޙާޞިލުކުރެވެނީ ޠަހޫރު ފެނުންނެވެ. އެއީ އޭގެ ޒާތުގައި ޠާހިރުފެނެވެ. އަދި އެހެނިހެން ތަކެތި ޠާހިރުކުރާ ފެނެވެ. އެއީ އެ ފެން އުފެއްދެވި ގޮތަށް ހުރި ނުވަތަ އޭގެ އަޞްލަށް ބަދަލު ނާންނަ ފެނެވެ. އެއީ ވާރޭފެން، ގަނޑުފެން އަދި ސްނޯ ފަދަ އުޑުން ވެހޭ ފެންކަމުގައިވިޔަސް އަދި ކޯރާއި އާރާއި ވަޅާއި ކަނޑުގެ ފެންފަދަ ބިމުން ނުކުންނަ ފެންކަމުގައިވިޔަސް މެއެވެ.
މިފަދަ ފެނުން ޠަހާރަތު ޙާޞިލުކުރެވޭ ކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގެ މި ލިޔާ ދެ އާޔަތެވެ.
وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ – الأنفال 11
އަދި އެއިލާހު ތިޔަބައިމީހުން ޠާހިރުކުރެއްވުމަށް، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިއެވެ.
وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا – الفرقان 48
އަދި ތިމަންއިލާހު އުޑުން ޠާހިރުވެގެންވާ ފެން ބާވައިލެއްވީމެވެ.
އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ޙަދީޘްފުޅެވެ.
اَللَّهُمَّ اغْسِلَنِيْ مِنْ خَطاَياَيَ, بِالثَّلْجِ وَالْماَءِ وَالْبَرَدِ – رواه البخاري ومسلم.
އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ސުނޯއާއި ފެނާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތައް ދޮވެދެއްވާނދޭވެ!”
هُوَ الطَّهُورُ مَاؤُهُ، الحِلُّ مَيْتَتُهُ – - رواه أبو داود وصححه الألباني
އެއީ އޭގެ ފެން ޠާހިރުވެގެންވާ އަދި އޭގައި މަރުވާތަކެތި ހުއްދަވެގެންވާ (ކަނޑެވެ)
އެއެއްޗަކީ ފެން ކޮންމެވެސް މިންވަރަކަށް އެކުލެވިފައި ހުންނަ އެއްޗެއް ކަމުގައިވިޔަސް މިސާލަކަށް ހުތް، ޕެޓްލޯލް، ޖޫސް އަދި ލުނބޯފަދަ ތަކެތީން ޠަހާރަތު ޙާޞިލެއްނުކުރެވޭނެއެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا- المائدة 6 “ފަހެ ތިޔަބައިމީހުންނަށް، ފެން ނުލިބިއްޖެއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ!”
އެފަދަ ތަކެތީން ޠަހާރަތު ޙާޞިލުކުރެވޭނަމަ، ފެނުގެ ބަދަލުގައި ވެލި ބޭނުންކުރުމަށް އަމުރު ނުކުރައްވާ، ފެން ކޮންމެވެސް ވަރަކަށް ހިމެނިފައިވާ އެފަދަ ތަކެތި ބޭނުންކުރެއްވުމަށް އަމުރުކުރެއްވީހެވެ.
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

No comments:
Post a Comment