Read more...
16 May 2021
ޖުނުބުވެރިޙާލުގައި ހުރެ ޛިކްރުކުރުމާއި ދުޢާކުރުން
ޖުނުބުވެރިޙާލުގައި ނިދުން
14 May 2021
ތިބާ މަރުވުމާއެކު ތިބާގެ ފާފަތައްވެސް ތިބާއާއެކު މަރުވެދާ މީހުންގެ ތެރެއިން ތިބާވާށެވެ.
ތިބާ މަރުވުމާއެކު ތިބާގެ ފާފަތައްވެސް ތިބާއާއެކު މަރުވާ މީހުންގެ ތެރެއިން ތިބާވާށެވެ. މަރުވުމަށްފަހުގައިވެސް އެތައް އަހަރެއް ވަންދެން އެތައް ސަތޭކައަހަރެއް ވަންދެން ތިބާގެ ފާފަތައް ދެމިހުންނަ މީހުންގެ ތެރެއިން ތިބާނުވާށެވެ. އެ ފާފަތަކުގެ ސަބަބުން ކަށްވަޅުގައި ތިބާއަށް ޢަޛާބު ދެވޭނެއެވެ. އަދި އެފާފަތަކާމެދު ތިބާއާ ސުވާލުވެވޭނެއެވެ.
Read more...
12 May 2021
ﷲ އާ ކުއްތަންވުމަށްޓަކައި މާއިރާ ނިދުން
07 May 2021
03 May 2021
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު
29 April 2021
ހެޔޮކަމެއްގެ ސޫރާގައި ހުރިކަމުގައިވިޔަސް ނުބައި ނިޔަތެއްގައި އެކަމެއް ކުރުމަކީ ﷲ ތަޢާލާ ނުރުއްސަވާ ކަމެކެވެ.
28 April 2021
ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟
18 April 2021
ދަމު ނަމާދުގެ ވަޤުތު
14 April 2021
ގެދޮރު ސާފުތާހިރު ކުރާ އިރު ހިތްވެސް ސާފުތާހިރުވެގެންދާނެ ގޮތެއް
ދުނިޔޭގައި ދަތި އުނދަގޫތަކުން މީސްތަކުން ސަލާމަތްކޮށްދިނުމަކީ އާޚީރަތުގެ ދަތި އުނދަގޫތަކުން ތިބާ ސަލާމަތްވާނޭކަމެއް
الحمد الله رب العالمين ، والصلاة والسلام على سيد الأولين وعلى آله وأصحابه الذين ساروا على طريقه ومنهاجه، وعلى التابعين ومن تبعهم إلى يوم الدين.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ” – رواه مسلم ‘ޤިޔާމަތްދުވަހުގެ ތުރާތަކުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކު ސަލާމަތްކޮށްދެވުމަށް އެދޭ މީހާ، ފަހެ ދަތިޙާލުގައި އުޅޭ މީހަކަށް އެހީތެރިވެ ފަސޭހަކޮށްދޭށެވެ. ނުވަތަ އެކަމެއް އެމީހަކާ ދުރުކޮށްދޭށެވެ’
Read more...
އެހެންމީހުންނަށް ޢައިބު އެކީ އެމީހުންގެ ގައިގައި ޢައިބު ހުއްޓައެވެ.
13 April 2021
ކައިވެނި ކުރުން ލަސްވާނަމަ
ޙަޔާތުގެ އެހެން ކަންކަމެކޭ އެއްފަދައިން ކައިވެންޏަކީވެސް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެކަމުގެ ވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ކައިވެނި ކުރުމަށް ޤަޞްދުކޮށް، އެކަމަށް މަސައްކަތްކޮށްވެސް ކައިވެނި ނުކުރެވިފައި ތިބޭ އަޚުންނާއި އުޚްތުން ޤަބޫލުކުރަންޖެހޭ ކަމަކީ އެކަމުގެ އެންމެ ހެޔޮ ވަޤުތުގައި ﷲ ތަޢާލާ އެކަން ހިންމަވައިދެއްވާނެކަމެވެ. ސަބަބުތަކުގައި ހިފުމަކީ ޝަރްޢީ ސަބަބުތަކުގައި ހިފުމެވެ. ފަހަރަކު މީހަކާ ޗެޓުކޮށް ވާހަކަ ދައްކާ، ނަހަމަ ގުޅުންތަކެއް ހިންގުމެއް ނޫނެވެ. އެއީ ﷲ ތަޢާލާ ނުރުއްސަވާ މަގެވެ. އެމަގުން ހިނގައިގެން ކައިވެނިކުރަން ނޫޅޭށެވެ.
Read more...
07 March 2021
ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ބޮޑު ޝިރްކުގެ ޢަމަލެއްތަ؟
ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ނަހީވެގެންވާ ކަމެކެވެ. އެއީ ފާފައެކެވެ.
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: أَلاَ مَنْ كَانَ حَالِفًا فَلاَ يَحْلِفْ إِلَّا بِاللَّهِ، فَكَانَتْ قُرَيْشٌ تَحْلِفُ بِآبَائِهَا، فَقَالَ: لاَ تَحْلِفُوا بِآبَائِكُمْ رواه البخاري (3836) ومسلم (1646).
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ރިވާކުރެއްވިއެވެ. “ހުވާކުރާ މީހާ، ﷲ ގަންދީ މެނުވީ ހުވާނުކުރާހުށިކަމެވެ.” ޤުރައިޝުންގެ މީހުން އެބައިމީހުންގެ ކާބަފައިން ގަންދީ ހުވާކުރޫއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ކާބަފައިން ގަންދީ ތިޔަބައިމީހުން ހުވާނުކުރާށެވެ.”
Read more...
ޤަމަތުގެ ބައެއް ލަފުޒުތައް ހަނދާންނެތި ދެވިއްޖެނަމަ، އަލުން ޤަމަތްދޭން ޖެހޭނެތޯ؟
ބަންގި ނުވަތަ ޤަމަތުގެ ކަލިމަތަކުގެ ތެރެއިން ކަލިމައެއް ދޫކޮށްލައިފިމީހާ، ނުވަތަ ހަނދާންނެތިގެން ދޫވެއްޖެމީހާ، އޭނާ ހަނދާންވީ ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ނަމަ، ދޫކޮށްލި ނުވަތަ ހަނދާންނެތުނު ކަލިމަތަކުން ފަށައިގެން އޭގެ ފަހުބައި ފުރިހަމަކުރާނީއެވެ. އަދި އެކަން ހަނދާންވީ ވަރަށް ގިނަ ވަޤުތު ފާއިތުވީ ފަހުން ކަމުގައި ނުވަތަ ވަރަށް ލަހުން ކަމުގައިވަނީނަމަ، ބަންގި ނުވަތަ ޤަމަތް އަލުން ދޭނީއެވެ.
Read more...
02 March 2021
ޢަޤީދާ ފާސިދުވާ ސަބަބުތައް
28 February 2021
ﷲ ސުބްޙާނަހޫ ވަތަޢާލާއީ ފެށުމެއްނުވާ، ނިމުމެއް ނުވާ އިލާހެވެ.
10 February 2021
ހަތް ޙަރްފުން ކީރިތި ޤުރްއާން ބާވައިލެއްވުން
އަލްއަޙްރުފުއް ސަބްޢަ
ޢަރަބި ބަހުގައި ޙަރްފުގެ މާނައަކީ އެއްޗެއްގެ ކޮޅު ނުވަތަ އަރިމަތި ނުވަތަ މިޔައެވެ.
އަޙްރުފްއަކީ ޙަރްފުގެ ޖަމްޢުއެވެ. ޙަރްފުގެ ލުޣަވީ މާނައަކީ އަކުރެވެ. އަދި ޙަރްފުގެ މާނަތަކުގެ ތެރޭގައި “ބަހުރުވަ” ނުވަތަ ލަހުޖާވެސް ހިމެނެއެވެ. ސަބްޢަގެ މާނަ އަކީ ހަތެކެވެ. އަޙްރުފުއް ސަބްޢައޭ މި ބުނެވެނީ ހަތް ބަހުރުވައަށެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ޙަތް ބަހުރުވައިންނެވެ. ނުވަތަ ޙަތް ޙަރްފުންނެވެ.
Read more...
09 February 2021
ސަބަބުއް ނުޒޫލް
04 February 2021
ބަންގި ގޮވަން ފެށުމުން، ބަންގި ގޮވާ ނުނިމެނީސް ނަމާދުކުރަން ފެށިދާނެތޯ؟
ބަންގީގެ އަޑާއެކު، ރަވާތިބު ސުންނަތް ކުރަން ފެށިދާނެތޯ ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، ބަންގީގެ އަޑާއެކު، ފަރްޟު ނަމާދު ކުރަން ފެށިދާނެތޯ، ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، މިއީ ބައެއް ފަރާތްތަކުން ޖަވާބު އޮޅުން ފިލުވަން ބޭނުންވާ ސުވާލެކެވެ. އަދި އެފަދައިން ނަމާދުކޮށްފި ނަމަ އެ ނަމާދު ޞައްޙަވާނެތޯވެސް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.
Read more...
29 January 2021
ނަމާދުގެ ކުރީ ސަފުން ކުޑަކުދީން ބޭރުކުރުން
ބަންގިއާ ޤަމަތާދެމެދު ދުޢާ އިޖާބަކުރައްވާ ވަޤުތު އަންހެނުންނަށްވެސް ވޭތޯއެވެ؟
06 January 2021
ހުކުރު ދުވަހު ދަތުރު ދިޔުމުގެ ޙުކުމް
03 January 2021
ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ
19 December 2020
ނިދާގަޑީގައި ކީރިތި ޤުރްއާން ޖެހުން
ކީރިތި ޤުރްއާން އަޑުއެހުމާއި، ކީރިތި ޤުރްއާން ކިޔެވޭ ހިނދު ހަނުހިމޭންވެ ކަނުލާ އަޑުއެހުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ ވާޖިބެއްތޯ ނުވަތަ ނޫންތޯ އެއީ އެކަމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ބަސްފުޅަކީ އެއީ ވާޖިބެއް ނޫންކަމުގައި ބުނެވޭ ބަސްފުޅެވެ. ނަމާދުގައި ފިޔަވައެވެ. ނަމާދުގައި އިމާމު މީހާ ކީރިތި ޤުރްއާން ކިޔަވާ ހިނދު އަޑު އެހުމަކީ ވާޖިބެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
Read more...
29 November 2020
19 November 2020
އިސްލާމީ ޢަޤީދާ އަކީ ޤައުމާއި ދަރިފަސްކޮޅާއި ޢާއިލާއަށް ވުރެވެސް މަތިވެރި އެއްޗެކެވެ.
16 November 2020
14 November 2020
ނަމާދުކުރުން ނަހީ ވަޤުތުތައް
ނަމާދު ކުރުން ނަހީ ވަޤުތުތަކާ ބެހޭގޮތުން އަންނަނިވި ޙަދީޘް ވާރިދުވެގެންވެއެވެ.
عن عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ يَقُولُ : (
ثَلاثُ سَاعَاتٍ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا :
حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ
الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ
حَتَّى تَغْرُبَ ). وروى مسلم (1373)
ޢުޤުބަތު ބިން އާމިރު އަލްޖުހަނީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިން ވަގުތެއްގައި ނަމާދު ކުރުމާއި މައްޔިތުން ވަޅުލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ނަހީކުރައްވާފައިވެއެވެ. އެއީ އިރު އަރަމުން ދާވަގުތު މައްޗަށް އިރު އުފުލިއްޖައުމަށް ދާންދެނެވެ. އަދި މެންދުރު އިރު މެދުޖެހޭ ވަގުތު އިރު މެދުން ފިލައްޖެއުމަށް ދާންދެނެވެ. އަދި އިރު އޮއްސުމަށްޓަކައި ތިރިވާ ވަގުތު ރަނގަޅަށް އޮއްސިއްޖެއުމަށް ދާންދެނެވެ."
Read more...
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 11
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ- الأحقاف 15
އަޅުގެ ރައްބު! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި،އިބައިލާހު ރުހިވޮޑިގެންވާ ޞާލިޙު ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމްކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، މިއަޅާ އިބައިލާހަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.
Read more...
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 10
غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ- غافر3” (އެކަލާނގެއީ) ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ، ޢުޤޫބާތް ގަދަފަދަ، ނިޢުމަތްތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކުއަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”
Read more...
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 9
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ–القصص16
އަޅުގެ ރައްބު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެއިލާހު، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ.
Read more...
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 8
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَاماً * إِنَّهَا سَاءَتْ مُسْتَقَرّاً وَمُقَاماً-الفرقان65-66
އަޅަމެންގެ ރައްބު! ނަރަކައިގެ ޢަޛާބު، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. * ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.
Read more...
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 6
13 November 2020
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4
حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ – التوبة 129
ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެއިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. އެއިލާހީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރި އިލާހެވެ.
Read more...