27 April 2013

ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރެވެނީ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މަދަރުސީ ތަޢުލީމު ނިންމާ ދަރިވަރަކަށް ނަމާދުގައި ކިޔާތަކެތި ނޭނގެޔޭ، ހިނައިގަންނަން ނޭނގެޔޭ، ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭނގެޔޭ ބުނެފިނަމަ ތިބާ ޤަބޫލުކުރާނަން ހެއްޔެވެ؟ މިއީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެފަދަ އެތައް ކުދިންނެއް މިއަދުގެ މުޖްތަމަޢުން އެބަފެނެއެވެ. މުސްލިމަކަށްވީތީވެ ކޮންމެހެން އެނގެންޖެހޭ ވަރަށް ގިނަ އަސާސީ ދީނީ މައުލޫމާތުތައްވެސް ނޭނގޭ އެންމެ ކުޑަމިނުން ތިމާ ހެއްދެވި ފަރާތަށް އަޅުކަންކުރާނެ ގޮތްވެސް ނޭނގޭ އެތައް ދަރިވަރުންނެއް މިއަދު މަދަރުސާތައްދޫކޮށް އެބަނުކުމެވެ.

Read more...

24 April 2013

އިޚްލާޞްތެރިކަން ސަލަފުންގެ ދޫތަކުން

އަލްއަޚް މުޙައްމަދު ޝާފިޢު ޢަބްދިލްޣަފޫރު

قال سفيان الثوري: «إن العبد ليعمل العمل في السر فلا يزال به الشيطان حتى يتحدث به فينتقل من ديوان السر إلى ديوان العلانية».
ސުފްޔާނު އައްޘައުރީ ވިދާޅުވިއެވެ. ހަމަކަށަވަރުން އަޅާ ސިއްރިއްޔާތުގައި (ހެޔޮ) ޢަމަލުކުރެއެވެ. އެ ޢަމަލުގެ ވާހަކަ އޭނާ ދައްކައިފުމަށް ދަންދެން ޝައިޠާނާ (އޭނާއަށް ވަސްވާސް ދިނުމުގައި) ފިލާނުދެއެވެ. ދެންފަހެ ސިއްރުވެރިކަމުގެ ކިއްލާއިން ފާޅުވެރިކަމުގެ ކިއްލާއަށް އެވާހަކަ ނަޤުލުވެގެން ދެއެވެ.


Read more...

19 April 2013

ތަރުބަވީ ނަފްސާނީ ޢިލްމުގެ އަސާސްތަކުގައި އިސްލާމްދީނާ ހުޅަނގާ ދެމެދު ހުރި ފަރަޤު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު އަސާސްތައް

1- ތައުޙީދު

2- އިންސާނާގެ އަޞްލަކީ އާދަމް ޢަލައިހިއްސަލާމެވެ. އާދަމް ޢަލައިހިއްސަލާމް އުފެއްދެވުނީ ވެލިންނެވެ.

3- އިންސާނާއަކީ ކަރާމާތްތެރިކުރެވިގެންވާ މަޚްލޫޤެކެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ – الإسراء: ٧٠ މާނަ: “ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ.”


Read more...

17 April 2013

ނަފްސުގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ބަހުގެ ގޮތުން ބަލާއިރު ނަފްސު މިލަފްޒުގައި އެތައް ބައިވަރު މާނަތަކެއް އެކުލެވިގެންވެއެވެ.

1- ފުރާނަ، (ރޫޙު) – يُقَالُ خَرَجَتْ نَفْسُهُ ބުނެވެއެވެ. އޭނާގެ ނަފްސު ނުކުމެއްޖެއެވެ. މިތާނގައި ނަފްސުގެ މާނައަކީ ރޫޙެވެ. (ފުރާނަ އެވެ)

2- އަލްޢައިން – (އެސްފީނާ) – يُقَالُ أَصَابَهُ نَفْس ބުނެވެއެވެ. އޭނާއަށް އެސްފީނާ ޖެހިއްޖެއެވެ.

3- ނިޔަތް – يُقَالُ فِي نَفْسِ فُلاَنٍ كَذَا وَكَذَا ބުނެވެއެވެ. އެވެނި މީހެއްގެ ނިޔަތުގައި އެވެނި މިވެނި ކަމެއްވެއެވެ.

4- އިންސާނީ ޛާތު – މިއީ އިންސާނާގެ ނަފްސަށް ނިސްބަތްކުރުމެވެ. ތަރުބަވީ ނަފްސާނީ ޢިލްމުގައި ނަފްސު މާނަކުރަނީ މިމާނައިގައެވެ.


Read more...

16 April 2013

ތަރުބަވީ ނަފްސާނީ ޢިލްމު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ނަފްސާނީ ޢިލްމުގެ ތަޢާރަފު

ނަފްސާނީ ޢިލްމަކީ އިންސާނާގެ ސުލޫކު ދިރާސާކޮށް ދެނެގަތުމުގެ ޢިލްމެވެ. އެއީ އޭނާގެ ފެންނާންހުންނަ (ޡާހިރީ) ކަންތައްތަކާއި ފޮރުވިފައި ހުންނަ(ބާޠިނީ) ކަންތައްތައް ހިމެނޭގޮތުންނެވެ. ފެންނާން ހުންނަ ކަންތައްތަކުގެ މިސާލަކީ ވާހަކަދެއްކުމާއި، ޙަރަކާތްތެރިވުން ފަދަ ކަންތައްތަކެވެ. ފެންނާން ނުހުންނަ ކަންތައްތަކުގެ މިސާލަކީ ވިސްނުމާއި، ޚިޔާލުކުރުމާއި، ހަނދާންކުރުން ފަދަ ކަންތައްތަކެވެ.


Read more...

07 April 2013

އަޅުކަން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ

އަޅުކަން ނުވަތަ ޢިބާދާތު އޭ ބުނެވޭ ބަހުގެ މާނައީ؛ ނިކަމެތިވެ ދެރަވުމެވެ. ނުވަތަ އަދަބުވެރިވެ ބިރުވެތި ވުމެވެ.

Read more...