20 October 2012

ޝިރުކު މަޢުރިފާކުރުމުގެ އަހައްމިއްޔަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ހަމަކަށަވަރުން މުކައްލަފުގެ މައްޗަށްވާ ފުރަތަމަ ވާޖިބަކީ ތައުޙީދެވެ. އޭނާގެ މައްޗަށް އެ ކަމަކުން ދުރުހެލިވުން ވާޖިބުވެގެންވާ ފުރަތަމަ ކަމަކީ ޝިރުކެވެ. ޞަޙީޙައިންގައި މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ފަދައިންނެވެ.

އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުގެ މަތީގައި ސަވާރުވެގެން ވަނިކޮށް އަހަރެންނަށް ޙަދީޘްފުޅުކުރެއްވިއެވެ.


Read more...

14 October 2012

ދަރިޔަކު ލިބުމުން ކިޔާ ތަހުނިޔާ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ

“باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ”

“ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ. އަދި އެކުއްޖާ ޒުވާންއުމުރާ ހަމައަށް ފޯރާހުށިއެވެ! އަދި އެކުއްޖާ ހެޔޮކޮށްހިތުމުގެ ތައުފީޤު ތިބާއަށް ދެވޭހުށިއެވެ!”


Read more...

12 October 2012

ދުނިޔޭގައި ދަތި އުނދަގޫތަކުން މީސްތަކުން ސަލާމަތްކޮށްދިނުމަކީ އާޚީރަތުގެ ދަތި އުނދަގޫތަކުން ތިބާ ސަލާމަތްވާނޭކަމެއް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

الحمد الله رب العالمين ، والصلاة والسلام على سيد الأولين وعلى آله وأصحابه الذين ساروا على طريقه ومنهاجه، وعلى التابعين ومن تبعهم إلى يوم الدين.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ” - رواه مسلم ‘ﷲ ސުބްޙާނަހޫ ވަތަޢާލާ، ޤިޔާމަތްދުވަހުގެ ތުރާތަކުން ސަލާމަތްކޮށްދެވުމަށް އެދޭ މީހާ، ފަހެ ދަތިޙާލުގައި އުޅޭ މީހަކަށް އެހީތެރިވެ ފަސޭހަކޮށްދޭށެވެ. ނުވަތަ އެކަމެއް އެމީހަކާ ދުރުކޮށްދޭށެވެ’


Read more...

07 October 2012

އަޅުކަމާ ޝިރުކު މަސްހުނިކުރުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

މިދުނިޔޭގައި އިލާހީ ރިސާލަތު ފޯރުކޮށްދެވެން ފެށުނީއްސުރެ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތެދުވެރިގޮތުގައި އީމާންވެ އެއިލާހުގެ މަގުގައި ފައިތިލަ ސާބިތުކޮށްފައިވާ މީސްކޮޅަކީ ދާދި މަދުބައެކެވެ.

Read more...

06 October 2012

ނަމާދުގައި ކިޔާތަކެތި މާނައާއެކު -ކުޑަކުދިންނަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ހޮވާލާފައި މިވަނީ ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، ނަމާދުގައި ކިޔުމަށް ޞައްޙަގޮތުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން އެންމެ ކުރު ދުޢާތަކެވެ.

ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗަކަށްނުވާތީ ލިޔެފައިވާ ނިޔަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއް ނޫނެވެ. އެހެންކަމުން ނިޔަތް ގަންނާނީ ހިތުންނެވެ.


Read more...

04 October 2012

އައްޝައިޚް ޢުމަރު ސުލައިމާނު އަލްއަޝްޤަރު

ލިޔުންތެރިޔާ

އަލްޢައްލާމާ އައްޝައިޚް ޑޮކްޓަރ ޢުމަރު ސުލައިމާން އަލްއަޝްޤަރު 10 އޯގަސްޓް 2012 ވީ ހުކުރު ދުވަހު ޢުރުދުންގެ ވެރިރަށް ޢައްމާނުގައި އަވަހާރަވެއްޖެއެވެ. އަލާސްކަންފުޅާ އުޅުއްވުމަށްފަހު ޢުމުރުފުޅުން 72 އަހަރުގައި މިދުނިޔެ ދޫކުރެއްވި، އެބޭފުޅާއަކީ އިސްލާމީ ޢުއްމަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޢާލިމެކެވެ. އެބޭފުޅާ ގުނާލެވެނީ ފަލަސްޠީނުގެ އެންމެ އަރާހުންނެވި ޢިލްމުވެރިންގެ ތެރެއިންނެވެ. ފަލަސްޠީނުގެ ހަމާސްޖަމާޢަތުގެ އިސް މުއައްސިސުންގެ ތެރެއިންވެސް ހިމެނިވަޑައިގަންނަވައެވެ.

Read more...

03 October 2012

ބަލިވުމުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އެންމެ މުހިއްމުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ރުހުމެވެ. އެއިލާހުގެ ޤަޟާ ޤަދަރަށް ރުހި އީމާންވުމެވެ. އަދި ކެތްތެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާ އިމްތިޙާންކުރައްވަނީ ކަން ދެނެގަތުމެވެ. ތިބާއަކީ ކެތްތެރިންގެ ތެރެއިން ވާ މީހެއްތޯ އެއިލާހު ތިބާ އިމްތިޙާންކުރައްވަނީކަން ދެނެގަނެ، ކެތްތެރިކަމާއި އީމާންކަމުގެ މަތީގައި ތިބާ ޘާބިތުވެ ތިބާއަކީ ކެތްތެރީންގެ ތެރެއިން ވާ މީހެއްކަން ތިބާ ސާބިތުކޮށްދިނުމެވެ. އިޢުތިޤާދުންނާއި ބަހާއި ޢަމަލުންވެސް މެއެވެ. އެއިލާހުގެ ޤަޞާއަށް ނުރެހެވޭނަމަ ތިބާގެ އީމާންކަމުގެ ފައިދާ ތިބާއަށް ނުކުރެއެވެ.

Read more...

މުސްލިމުންގެ ސަލާމާއި ކާފިރުންގެ ސަލާމުގެ ތަފާތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ސަލާމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ދުނިޔޭގެ އެހެންދީންތަކާއި ފިލޯސަފީތަކުގައިވާ “ބާއްޖަވެރިކަމުގެ ހެޔޮއެދުންތަކާ” އިސްލާމުންގެ ސަލާމާ ވަރަށް ތަފާތެވެ.

އޭގެ އެންމެ ބޮޑު ތަފާތަކީ އިސްލާމުންގެ ސަލާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އީމާނުގެ އަހުލުވެރިންނަށްޓަކައި އިޚްތިޔާރުކުރައްވާފައިވާ ސަލާމެއްކަމެވެ. އިލާހީ ސަލާމެކެވެ. އިންސާނުން އަމިއްލައަށް ބަސްކޮށްފައިވާ ސަލާމެއް ނޫނެވެ. މިއާ ޚިލާފަށް ދުނިޔޭގައިވާ އެހެން ސަލާމްތަކަކީ އެބައިމީހުންގެ އަމިއްލަ އުފެއްދުންތަކެވެ.


Read more...